ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް ތިލަފުށިން 50 ބިިމެއް ކުއްޔަށް ދިނުމަށް ހުޅުވާލިއިރު ދިވެހިންނަށް ބިން މިލްކު ކުރެވޭނެ ކަމަށާއި ނަމަވެސް ބިދޭސީންނަށް ބިން ދެނީ ކުއްޔަށް ކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނާ ގޮތުން ހަ ބާވަތެއްގެ ބިން ސިނާއީ ބޭނުމަށް ކުއްޔަށް ދޫކުރަން ވަނީ ނިންމާފައެވެ. އެގޮތުން 99 އަހަރަށް ތިލަފުށިން ދޫކުރާ 50 ބިިމަށް އެދި ބިދޭސީންނަށްވެސް ހުށަހެޅިދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި ބިން މިލްކު ކުރަން ބޭނުންވާ ދިވެހިންނަށް އެފުރުސަތުވެސް އެބައޮތެވެ.

ތިލަފުށިން ކުުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ 2،500 އަކަފޫޓާއި 35،000 އަކަފޫޓާ ދެމެދުގެ ބިންތަކެވެ. އެންމެ ކުޑަ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 1،700ރ. ދައްކަން ޖެހޭނެކަމަށް އެކުންފުނިން ބުނެއެވެ.

ސިނާއި މަސައްކަތަށް ދޫކުރާ ބާވަތުގެ ބިންތަކަކީ:

  • 2،500-4،999 އަކަފޫޓް ބިންތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 150،000ރ. ހުށަހަޅަން ޖެހޭ
  • 5،000- 9،999 އަކަފޫޓް ބިންތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 3 ލައްކަ ރުފިޔާ ހުށަހަޅަން ޖެހޭ
  • 10،000- 14،999 އަކަފޫޓް ބިންތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 5 ލައްކަ ރުފިޔާ ހުށަހަޅަން ޖެހޭ
  • 15،000- 19،999 އަކަފޫޓް ބިންތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 7 ލައްކަ ރުފިޔާ ހުށަހަޅަން ޖެހޭ
  • 20،000-29،999 އަކަފޫޓް ބިންތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 1 މިލިޔަން ރުފިޔާ ހުށަހަޅަން ޖެހޭ
  • 30،000-35،000 އަކަފޫޓް ބިންތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ހުށަހަޅަން ޖެހޭ

އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްްގެ ޕްލޮޓް ދޫކުރަނީ ޓައިޕް ދެއަކުންނެވެ. އެ ސައިޒުގެ 20 ބިމާއި ޓައިޕް 1 ގެ 14 ބިމާއި ޓައިޕް 3 އަދި 4 ގެ ހަތް ބިމާއި ޓައިޕް 5 އާއި ޓައިޕް 6 ގެ އެއް ބިން ދޫކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނި ގޮތުގައި، ބީލަމުގެ އުސޫލުން ބިން ވިއްކާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ޖެހޭނީ ޝައުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅާށެވެ. ދެވަނަ މަރުހަލާއަކީ އީއޯއައި ހުށަހަޅާފައިވާ ބިމަށް ބީލަން ހުށަހެޅުމެވެ.

މިކަމަށް ހާއްސަ ޕޯޓަލްއެއް އަންނަ ހަފްތާ އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށާއި މި ބިންތަކަށް ބިޑް ހުށަހަޅަން ޖެހެނީ މިމަހުގެ 13 ވަނަ ދުވަހު އޮންލައިންކޮށ އެޗްޑީސީން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަބްދޫ

    ބިދޭސީންނަށް 99 އަހަރަށް ކުއްޔަށް ދިނުމުން ރާއްޖޭގަ މިހާރު އޮތް ޖީލާއި ޖެހިގެން އޮތް ޖީލު ނެތިގެން ދާއިރު ތިބޭނީ އިންޑިޔާގެ ވަޒަންވެރިނަ ސްރީލަންކާގަ ޖެހުނު މައްސަލަ ނުނިކުމެ ނުދާނެ. ބޭރު މީހުނަށް ވިއްކައިގެންވެސް ކުއްޔަށް ދީގެންވެސް ނުވާނެ. ތިލަ ފުއްޓަކީ އެޗްޑީސީގެ މިލްކެއްނޫން. 99 އަހަރަށް ކުއްޔަށް ދިނަސް މިސަރުކާރު ބަދަލު ވުމާއެކު އެތަންނަން އެމީހުންގެ އަތުން އަތުލެވޭނެ. ބަދަލު ދޭންޖެހިއްޖެ ނަމަ ސާލިހު އާއ ސާލިހުގެ އައުވާނު ބަދަލުދޭން ތައްޔާރުވެ ތިބޭތި ސަލާން.

    26
    1
  2. އހ

    99 އަހަރަކީ މިލްކު ކުރެވެން.
    މީގެ 99 އަހަރުފަހުން މިހާރު ތިބި މީހުންގެ ކިތައް މީހުންތޯ ދުނިޔޭގަ ތިބޭނީ

    19
    1
    • ޢަލީ

      މިއަދު ވިހާ ކުއްޖާގެ ބޮޑުވެ މުސްކުޅިވެ 99 އަހަރު އުމުރުންވާއިރު އެބުނާ ކުލީގެ އެގުރީމަންޓު ނިމޭނީ.

      13
    • ހަސަނު

      ދެން ބުނަންވީނުން..99 އަހަރަށް ދުނިޔެ އޮންނާނެ ހޭ ...ދައްކާ އޮލަވާހަކަ

      2
      4
  3. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ކޮން ބޭރު މީހުންނެކޭ ކިޔާކަށް ހެއްޔެވެ؟ ފުރަމަވެސް އިންޑިއާ މީހުންނޭ ކީ ނަމަ މާ ރީތިވާނެއެވެ. މުޅި "އޮޑީގައި ޙަސަނު ގެ ދެފައެމޭ" ބުނާ ގޮތަށް ހުރިހާ ކަންކޮޅެއްގައި އިންޑިއާ މީހުންނެވެ. 99 އަހަރަށް ކުއްޔަށް ހިފާފައި، ސިފައިން ބޭތިއްބިއަސް އަހަރުމެން ޖެހޭނީ އަނގަ ހުޅުވައިގެން ތިބޭށެވެ. ވަރިހަމަ ތާ އެވެ. އިބޫ އަށާއި މާރިޔާ އަށާއި ޝާހިދު އަށް "ކަޓު" ލިބޭނެ ތާ އެވެ. ވައްކަން ކުރާ ކަމަށް ޔާމީނު ގެ ބޮލުގައި ނަން އަޅުވަނީ މި މީހުން ކުރާ ބޮޑެތި ވައްކަމުގައި މަތި ޖަހާށެވެ. މިއަށް ކިޔަނީ ދެބޯ ގެރި ދުއްވުމެވެ. ދެބޯ ގެރި ދެން ދުއްވޭނީ އިރާދަފުޅުން ދެތިން ދުވަހަކުއެވެ. އިބޫ އެއްކިބާ ކުރާނަމެވެ. އާމީން.

  4. ބަރޯ

    900 ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަހަރަށް ކުއްޔަށް ދިނަސް ހަމަ ކުއްޔައްދޯ އެ ދެވެނީ. ކަލޭމެންނަށް 900 އަހަރުން ދައްކާ ހަލާސްކުރާގޮތަށް ދިވެހިންނަށް މިލްކު ކުރެވެޔޭ ތިކިޔާ ބިމުގެ ކުލި ބަހާކެވިދާނެތަ. ގައުމުވިއްކާ ކައިފި. 99 އަހަރު ފަހުން ކުއްޔަށްދިން ޖީލުވެސް އޮންނާނެބާ

    8
    1
  5. އިބްރާހިމް

    ކުއްޔަށޭކިޔަނީ ހީލަތްތެރި ރޭވުމަކުން.

    10
  6. އަލީ

    މިއޮތީ ދިވެހިން ގެ ގައުމުގައި ދިވެހިންނާ ބިދޭސީން ބިމަށް ވާދަ ކުރަންޖެހިފައި. ދިވެހިންގެ މިނިވަން ކަން ގެއްލިއްޖެ.

  7. ހުސެން

    ފުރާނީ ފެންވަރައިގެންނޭ ނޫނީ ފުރާނީ ފެންވަރައިގެން ތި ކިޔަނީ ކޮސް ނުކިޔާ. 99 އަހަރަކީ މީހެއްގެ އުމުރަށް ވުރެ ވެސް ދިގު މުއްދަތެއް ،ގަރުނެކޭ 1 އަހަރަށް މަދީ.ދިވެހިން ގުނބޯ ނުހައްދާ ޟާހިދު އިބޫ ނަޟީދު .ފާފޭ ކިޔާ ފުފުނު އެއްޗެހިން މިއަދު މިކިޔަނީ ފަޅޮލޭތަ.ދިވެހިން ހޭއަރާކަށް ނުވޭތަ

  8. ޢަލީ

    ދައުލަތަށް އެންމެ ފައިދާވާނީ ލީސް ރެންޓު ބޮޑުކޮއްފަ ކުއްޔައްދިނީމަ. އަދި ފެން ނަރުދަމާ ކަރަންޓު ޚިދުމަތް ދީފަ މަގުތަށް ޕޭވްކުރީމަ.

  9. ނާޒް

    ހިނގާ މާލެއާއި ހުޅުމާލެ އިންޑިޔާއަށް 99 އަހަރަށް ކުއްޔައްދޭން.

  10. މީތި ކަޑައޭ

    މީ ވަރައް ދެރަ މަސްސަލޭ. މި ސަރުކާރަ ވޯޓެއް ނުދާނަން.

  11. ޝޮކްތެރަޕީ

    އިންޑިޔާ އެމްބަސީން ރާއްޖެ ހިންގަނީ. ދެރަ

  12. ފަލަސްތީން

    އިންޑިޔާ ސިފައިން މުޅި ރާއްޖޭގަ ދިވެހިންނޭ ވިސްނަވާ

  13. Anonymous

    އެޗްޑީސީއިން ކުރާކޮންމެކަމެއްގަވެސް މިއޮންނަނީ ހީލަތްތެރި ރޭވުމެއް ހުޅުމާލޭއަތިރިމަތިން ވޯޓަރސްޕޯޓްސް އައް ދޫކުރި ހަޓުތަކުގަ އިކޮނަމިކް މިނިސްޓްރީ އަދި ހެޗްޕީއޭގެ ހުއްދައަކާނުލާ ބާރުގަދަބަޔަކު ކާބޯތަކެތީގެ ވިޔަފާރިފެށުން ކިހިނެއް ހިންގާކަމެއްތޯ ބަލާލިއިރު އެޗްޑީސީގެ ހުއްދައާއިއެކުކަމައްބުނަނީ ވަކިބަޔަކުކުރަންވީމަ ވިޔަފާރި ހުއްދަ އާއި އެޗްޕީއޭގެ ހުއްދަ އެއްވެސް ނަގާކައްނުޖެހޭ

  14. އަދާލަތު ބޭބެ

    މިފަދަ ހީލަތްތެރި ނިންމުންތައް ނިންމި ވެރިންނާ ދައުވާ ކުރެވެން ޖެހޭނެ. ރައްޔިތުންގެ މުދާ ރައްޔިތުންނަށް ގެއްލުން ހުރި ގޮތްގޮތަށް ކޮރަޕްޝަންގެ މަގުން ދޫ ކުރުމަކީ އަބަދުވެސް ކުށެއް.

  15. ކޮސް ވާހަކަ

    ހުއްދަ ނޫންގޮތަކައް ފައިސާހޯދައިގެން އާއިލާއަށް ކާންދޭން ހިނގަހިނގާ ހުރި ނުބައިކަމެއް ނުހުއްޓޭނެ !!!! ސަބަބަކީ ދިރިއުޅުން ހުންނާނީ އެލިބޭ ފައިސާޔާ ގުޅި ލާމެހިފަ އެއާނުލާ ގެ ނުހިގާނެ. !!!!!ތިލަފުށި ކީއްކުރަން ރާއްޖެ އެއްކޮއް ކުލީގެ ނަމުގަ ވިއްކާ ދޭނެތަނެއް ނެތި ހުސްވިޔަސް ނުކެރޭނެ ހުއްޓާކައް.!!!