ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ގެނެވުނު ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް މިހާރު "ލިމިޓްލެސް" މީސް މީޑިއާ ޑޭޓާ، އެސްއެމްއެސް އަދި ކޯލްސް ލިބޭނެއެވެ.

އަޕްގްރޭޑްކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަކީ:

ޕޯސްޓްޕެއިޑް 1000:

40 ޖީބީ ކޯރ ޑޭޓާ + "ލިމިޓްލެސް" މީސް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާ ލެވޭނެއެވެ.

ޕޯސްޓްޕެއިޑް 1700:

100 ޖީބީ ކޯރ ޑޭޓާ + "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާލެވޭނެއެވެ.

ދިރާގުގެ މެނޭޖަރ ކަސްޓަމަރ ވެލިއު މެނޭޖްމެންޓް، އައިޝަތު އިޝާނާ ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭ، ގިނަ އޮޕްޝަންތަކެއް ލިއްބައިދޭ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފަރުމާކުރުމަށް ކަމަށެވެ. އަދި މިގޮތުން ގެނުވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލާ ގިނަ ޑޭޓާ ލިބި އަދި އެފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މަގުފަހިކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޕްގްރޭޑް ކުރަން ބޭނުންވާ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑް ކޮށްލެވޭނެއެވެ.

ދިރާގުން މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގު ފަހިކޮށްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު