މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ޖީއެސްޓީއަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކުން ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ޖެހޭނެ ކަމަށް ބަޔާންކޮށް ކޮތަޅުން ފީ ނެގުމުގައި ޢަމަލުކުރާނެ އުސޫލުތައް މީރާ އިން ކަނޑައަޅައިފިއެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ވިޔަފާރި ހަރަކާތުން ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި -/2 ރުފިޔާ ނަގަން ޖެހޭނެއެވެ.

މީރާ އިން އާއްމުކުރި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު ޕްްލާސްޓިކް ކޮތަޅުގެ ފީ ނަގަން ފަށާނީ 18 އެޕްރީލް 2023 ގެ 00:00 އިން ފެށިގެންނެވެ.

ޤަވައިދުގައި ބުނެފައިވާ ގޮތުގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލެއް ފޯރުކޮށްދިނުމުގައި އަދި އެ ޤާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖީއެސްޓީ ނެގުމުން އިސްތިސްނާކޮށްފައިވާ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށް ދިނުމުގައި ޕްލާސްޓިކް ކޮތަޅެއް ފޯރުކޮށްދިންނަމަވެސް، އެ ކޮތަޅުން ފީ ނަގަން ޖެހޭނެއެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގައިފައިވާ އަދަދު ޖީއެސްޓީ ބަޔާނުގައި ހިމަނާނީ ދިވެހި ރުފިޔާއިން ކަމަށާއި ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ޕްލާސްޓިކް ކޮތަޅުގެ ފީ މީރާއަށް ދެއްކުމަކީ އެވިޔަފާރި ހަރާކާތް ހިންގާ ފަރާތުގެ ގޮތުގައި މީރާގައި ޖީއެސްޓީ އަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީގެ މަޢުލޫމާތު ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން، ޖީއެސްޓީ ބަޔާނުގައި ހިމަނައިގެން މޯރާއަށް ހުށަނާޅާނަމަ ނުވަތަ ފޯރުކޮށް ނުދޭނަމަ، އެ ކުށުގެ މަދަނީ އަދަބަކީ، ޓެކްސް ނެގުމާބެހޭ އިދާރ ޤާނޫނުގެ ދަށުން، ފީ ނެގޭ މުއްދަތުގައި ދައްކަންޖެހޭ ފީގެ އަދަދުގެ %0.5 އިން ޖޫރިމަނާކުރުމާއި، މަޢުލޫމާތު ފޯރުކޮށް ނުދީ ހިނގާ ކޮންމެ ދުވަހަކަށް -/50 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން މީރާއަށް ދައްކަންޖެހޭ ސުންގަޑީގެ ނިޔަލަށް ނުދައްކައިފިނަމަ، އެ ކުށުގެ މަދަނީ އަދަބަކީ ޓެކްސް ނެގުމާބެހޭ އިދާރ ޤާނޫނުގެ ދަށުން ފީގެ އަދަދު ދައްކަންޖެހޭ ދުވަހުން ފެށިގެން ވޭތުވަމުންދާ ކޮންމެ ދުވަހަކަށް، ނުދައްކައި އޮތް އަދަދުގެ %0.5 އިން އެ ފަރާތެއް ޖޫރިމަނާކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހްމަދު

    އަނެއްކާ ކުދިވިޔަފާރިތައް ފުނޑާލަންވީ

  2. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

    • މަޒް

      އޭ ތިވަރަށް ކިއީމާ އިބޫ އެއޮތީ އިސްތިއުފާ ދީފައި ގޭގައި

      2
      1
  3. މަޒް

    ތިމާވެށީގެ ނަމުގައި ބޮޑު ވިޔަފާރި ގަނޑެއް.. ތިހާ ތިމާވެއްޓަށް ލޯބި ހުރީއްޔާ ޕްލާސްޓިކް ކޮތަޅު މުޅިން މަނާ ކުރީމާ ވީނުން.. އޭއްޗެކޭ މީއްޗެކޭ ކިޔާފައި ލާރި ބޭނުންވަނީ..

  4. އަހުމަދު

    ފޭރޭ މީރާ. އެމީހަކު ޖެހުނު ދިމާލަކުން ރައްޔިތުން ފޭރެނީ.

  5. އައިމަން

    ކުރިޔަށް އޮތީ މާލީ ގޮތުން ރައްޔިތުމީހާއަށް ވަރަ ބުރަބޮޑު ދުވަސްވަރެއްވީމާ ހޭލުންތެރިވުމަށް ނަޞޭހަތްތެރިވަން... ވިޔަފާރީގައި މަކަރުހަދާ މީހުންނަށް ގިޔާމަތް ދުވަހުން އެކަންފެންނާނެ... ބިރުވެތިވޭ