އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް"އިން މާލެ ސަރަހައްދުގައި ގެސްޓްހައުސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ހާއްސަ ނެޓްވަރކިންގ އިވެންޓަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މާފުށީގައެވެ. "ގެސްޓް ހައުސް ނެޓްވަރކިންގ ލައިންޗިއަން"ގެ ނަމުގައި މިއަދު ކުރިޔަށްގެންދިޔަ މިއިވެންޓުގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

އަޔާދީ ތަކާފުލްގެ ގެސްޓްހައުސް ނެޓްވަރކިންގ އިވެންޓްގެ ތެރެއިން - ފޮޓޯ: އަޔާދީ ތަކަފުލް

އެގޮތުން މި އިވެންޓްގައި ގެސްޓްހައުސްތަކާއި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް އެފަރާތްތަކަށް އިންޝުއަރަންސްގެ ފައިދާ ލިބިގަނެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް ހިޔާލު ހޯދާފައި ވެއެވެ.

އަޔާދީ ތަކާފުލްގެ ގެސްޓްހައުސް ނެޓްވަރކިންގ އިވެންޓްގެ ތެރެއިން - ފޮޓޯ: އަޔާދީ ތަކަފުލް

އަޔާދީއިން ވަނީ މިއިވެންޓަށް ދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް މިހަރަކާތަށް ވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.

އަޔާދީއިން ފާހަގަކުރި ގޮތުގައި، ކުރިޔަށް އޮތްތަނުގައި، ޕްރޮޑަކްޓްތައް ތަރައްގީކުރުމުގައި މިއަދު ލިބިގެންދިޔަ ހިޔާލުތަކަށް ބިނާކޮށް ހައްލު ހޯދޭނެ އުސޫލުތަކަށް އިސްކަންދޭނެ އެވެ.

އެލައިޑް އިސްލާމިކް ވިންޑޯ، އަޔާދީން ދަނީ މިހާރުވެސް "ގެސްޓްހައުސް ތަކާފުލް"ގެ ނަމުގައި ގިނަ ގުނަ ކަވަރޭޖްތަކެއް ހިމެނޭ ޕްލޭންތަކެއް ފޯރުކޮށްދެމުންނެވެ. ތިން ގިންތިއަކަށް ބަހާލައިގެން ދެމުންގެންދާ މިހިދުމަތް ފަރުމާ ކުރެވިފައިވަނީ އަގުގެ ގޮތުންނާއި ކަވަރޭޖްގެ ގޮތުން ކޮންމެ ވިޔަފަރާރިވެރިއަކަށްވެސް މިރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށެވެ.އެގޮތުން ގެސްޓްހައުސް ތަކާފުލް ހިދުމަތުގެ ތެރެއިން ކަވަރޭޖް ލިބޭ ހާލަތްތަކުގެ ތެރޭގައި ގުދުރަތީ ހާދިސާތަކުން ލިބޭ ގިނަ ގެއްލުންތަކާއި، އެޑް-އޮންސް އަދި އެކްސްޓެންޝަންސް މެދުވެރިކޮށް ޕްލޭން ޕަރސަނަލައިޒް ކުރުމުގެ ފުރުސަތުވެސް ފަހިވެފައިވާ ކަމުގައި އަޔާދީއިން ފާހަގަކުރެއެވެ.

އަޔާދީ ތަކާފުލްގެ ގެސްޓްހައުސް ނެޓްވަރކިންގ އިވެންޓްގެ ތެރެއިން - ފޮޓޯ: އަޔާދީ ތަކަފުލް

"ގެސްޓހައުސް ނެޓްވަރކިންގ ލައިންޗިއަން"ގެ ތެރެއިން ކުރިޔަށް ދިޔަ އިތުރު ހަރަކާތްތަކުގެ ތެރޭގައި ސޯޝަލް މީޑިޔާގެ ދުނިޔޭގައި ގެސްޓްހައުސް ވިޔަފާރި ޕްރޮމޯޓުކޮށް، އިތުރު ދޮރުތައް ހުޅުވޭނެ އުކުޅުތަކާއި ބެހޭގޮތުން އެލައިޑް އިންޝުއަރަންސް ކުންފުނީގެ ސީސީއޯ ޔޫލިއަނާ ރުސޭއި ވަނީ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. އަދި މި ނެޓްވަރކިންގ އިވެންޓް ނިންމާލާފައިވަނީ ހަރަކާތުގައި ބައިވެރިވި އެންމެހާ މެމްބަރުންނަށް އެރުވި ހާއްސަ ކެއުމަކުންނެވެ.

އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީޢާގެ އާސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ