ޓެކްސް އިންސްޕެކްޓަރސް ވިތައުޓް ބޯޑަރސް (ޓީ.އައި.ޑަބްލިއު.ބީ) ގެ ފުރަތަމަ މިޝަން މީރާގައި ފަށައިފިއެވެ. މިގޮތުން، މި މިޝަންގެ ކޯޕަރޭޝަން އެގްރިމަންޓުގައި މީރާއާއި ޓީ.އައި.ޑަބްލިއު.ބީ އިން ވަނީ މި ހަފްތާގައި ސޮއިކޮށްފައެވެ.

ޓީ.އައި.ޑަބްލިއު.ބީ އަކީ އޯ.އީ.ސީ.ޑީ އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ޓެކުހާ ގުޅޭ އޮޑިޓްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޢިލްމާއި ހުނަރު، ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފައްޓާފައިވާ ހަރާކާތެކެވެ.

މިގޮތުން ޓީ.އައި.ޑަބްލިއު.ބީގެ ފަރާތުން މީރާގައި މަސައްކަތް ކުރާ ޓެކްސް އޮޑިޓަރުންގެ ފެންވަރު ރަނގަޅުކުރުމަށާއި، ބައިނަލްއަޤްވާމީގޮތުން ކުރާ ވިޔަފާރި މުއާމަލާތްތައް އޮޑިޓްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން ވަނީ ޓެކްނިކަލް އެސިސްޓަންސް ޕްރޮޖެކްޓެއް ފައްޓާފައެވެ.

މި ޕްރޮޖެކްޓް ފެއްޓުމުގެ ގޮތުން ޓީ.އައި.ޑަބްލިއު.ބީގެ ޕްރޮޖެކްޓް މެނޭޖަރ، އާމްނާ ޚަލީފާއާއި، މި ޕްރޮޖެކްޓް ފަންޑުކޮށްފައިވާ ޔޫ.އެން.ޑީ.ޕީގެ ފަރާތުން ޓީ.އައި.ޑަބްލިއު.ބީއަށް ކަނޑައަޅައިފައިވާ ޕްރޮޖެކްޓް އެޑްވައިޒަރ، ރާދާ ކުލްކަރްނީ އަދި މި ޕްރޮޖެކްޓްގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮވައިފައިވާ ޓްރާންސްފަރ ޕްރައިޒިން އެކްސްޕަރޓް، ސިލްވިއާ ކަރެލޯވާ ވަނީ ރާއްޖެ ވަޑައިގެން ޕްރޮޖެކްޓް ރަސްމީ ގޮތުން ފައްޓަވާދެއްވައި، މީރާގެ އޮޑިޓް ޓީމްތަކާއި ބައްދަލުކުރައްވާފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން މީރާގެ ޓެކްސް އޮޑިޓަރުން ޓެކުހުގެ މައިދާނުގައި ފެންނަމުންދާ ޓްރާންސްފަރ ޕްރައިޒިންގ ގެ މައްސަލަތައް އޮޑިޓްކުރުމަށް ތަމްރީނުކުރެވިގެންދާނެއެވެ.

މި ޕްރޮޖެކްޓަކީ 2 އަހަރު ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަސީހް

    މާތްކަލާކޯ. މީރާ އޮޑިޓަރުން މިހާރަށްވުރެ ފެންވަރު ރަނގަޅު ނުކުރޭ. އޭރުން ދެން މި ގައުމުގަ ނޫޅެވޭނެ. މީހަރުވެސް ރަށްރަށަށް ގޮސް ކުދި ފިހާރަތަށް މުޅިން އިނދަޖައްސަނީ. ގުދުބިންދައިންގެން ކުރާ މަސައްކަތުން ދަރައިގެން މިވަނީ ތިޔަ އޮޑިޓަރުންނަށް ފައިސާދައްކާހާ. 3 ލައްކައިން ޖުރުމަނާކުރާއިރު އެއީ އަހަރަކު ޖުމްލަ ނުވެސް ވަންނަ ވަރެއް ފިހާރައަށް. ދެން ކުރާކަމަކީ ތަނުގެ ވަތްގަނޑުގައި ތިބޭމީހުނަށް ވަގަށްވެސް ގޮވަނީ. މިވެނިމީހަކު ނަގާފާނެ ނޫންހޭ.ކިޔައިގެން. ސައިޒްކުރަން ވެފަ އޮތްތަނެއް ތިޔައީ. ބުނާތީ އިވޭ ހޯދާ ފައިސާއިން ޕަސެންޓް ލިބޭ ބައެކޭ. އެހެން ވިއްޔާ ދަތުރުން 2 ލައްކަ ޓާގެޓް ކޮއްފިއްޔާ ވީހާގިނަ ފިހާރަ ޖުރުމަނާކުރާނެތާ.

  2. ހައި

    މަހީކުރީ މީރާގައި އުޅޭނީ ވަރަށް ޕާފެކްޓް މީހުންކަމަށް. އިތުރަށް ތަމްރީނެއް ލިބެންޖެހޭ ބައެއް ނޫންކަމަށް. 24 ގަޑިއިރު މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ސުޕަރ ހިއުމަން ޓީމްއެއް ކަމަށް. ހެހެހެ.