ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންސޫރު އައްޔަންކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ކައްދޫ އެއާޕޯޓް ހިންގާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ޒަކަރިއްޔާ މަންސޫރު އައްޔަންކޮށްފައިވާކަމަށެވެ.
އެ ބަޔާނުގައި ވިދާޅުވީ އެ މަޤާމަށް ޒަކަރިއްޔާ އައްޔަންކުރައްވާފައިވަނީ ދަޢުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުންކަމަށެވެ. އޭނާއަކީ އެ ކުންފުނީގެ އެންމެ ފުރަތަަމަ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ޒަކަރިއްޔާ މަންސޫރު ވަނީ ސިފައިންގެ ހިދުމަތުގައި 39 އަހަރު އަހަރު ހިދުމަތްކުރައްވާފައެވެ. އޭނާ ވަނީ ގައުމީ ދިފާއީ ބާރުގެ ލީޑަޝިޕްގެ ގިނަ މަގާމުތަކެއް އަދާކުރައްވާފައެވެ. އޭނާ މިހާރު ފުރުއްވަމުން ގެންދަވަނީ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލްގެ މަގާމެވެ.
ކައްދޫ އެއާޕޯޓް ކޮމްޕެނީ އަކީ 2012 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. ކުންފުނީގެ ބޯޑުގައި އަބަދުވެސް ގިނައީ ސިފައިންނެވެ. ގެއްލުމުގައި ހިންގަމުން އަންނަ ކައްދޫ އެއާޕޯޓް ކޮމްޕެނީ އަށް އަބަދުވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަންނަނީ ކުރެވެމުންނެވެ. އަދި ކައްދޫ އެއާޕޯޓްގެ ހާލަތު ދުވަހަކަށްވުރެ ދުވަހަކު ދަށަށް ދިއުމުގެ ޝަކުވާ ވެސް އިންތިހާއަށް ބޮޑެވެ.
އިންޑިޔާ ޕަޕެޓް. އެނޫން މީހަކަށް ނުލިބޭނެ. ލ.އަތޮޅަކީ އިންޑިޔާގެ ޖާސޫސީ ކިއްލާ. ރެސްޓޯރަންޓް ތަކުން ފެށިގެން....... މީ ވަރަށް ވާހކ
މައުމޫނު ޒަމާނުގަވެސް އަދި މިހާރުވެސް ގައުމު ފެލުމުގަ. ކައުންޓާ ޓެރަރިޒަމް ސެންޓަރގެ ނަމުގަ އެލްޖީބީޓީގެ ވަބާ ފަތުރަން އުޅެފަ މިހާރު އެހެން ދިމާލަކަށް ދެމިގަތީ. މާރިޔާއާއި ޒަކަރިއްޔާ މަންސޫރުމެންމީ ގައުމަށް ޖެހިފަ އޮތް ވަބާއެއް.
އިންޑިޔާގެ ހަދިޔާ ދޮލަގު ލިބޭ މީހުން ވަރައްގިނަ ދެރަ
މިހާދަ މޮޅުގޮތެކޭ ، ސިފައިންގެ ވަޒީފާއިން ރިޓަޔަރ ކުރުމުން އެތަށް މިލިޔަން ރުފިޔާ އެތަން އެލަވަންސްތަކެއް ، މިހާރު ސަރުކާރު ކުއްފުއްޏެެއްގެ ޗެއަރމަން ، ރައްޔިތުންގެ ހަޒާނާ މިމީހުންގެ އަމިއްލަ ޖީބަށް ، ރާއްޖޭގައި މިފަދަ މީހުން މިރިޓަޔަރ ކުރަނީ އާދަޔާޚިލާފު މޮޅު ގޮތަކަށް ، ސަރުކާރުން ލިބޭ އާއްމުދަނީ ޑަބަލްވަނީ ކުރާނެ މަސައްކަތެއްނޯވޭ މީނަވެސް ގައުމަށްޓަކައި ހަޒާނާ ދަވާލީ