ކޭންޑް ކޮންޑެންސްޑް މިލްކު ނުވަތަ ގެރިކިރު ދަޅަކީ ދިވެހިންގެ ތެރޭގައި އަބަދުވެސް މަގުބޫލު އެއްޗެކެވެ. އަދި ހާއްސަކޮށް ފޮނި ކާއެއްޗެއް ތައްޔާރު ކުރާއިރު ގެރިކިރު ދަޅަކާ ނުލައި އެކަމެއް ފުރިހަމައެއް ނުވެއެވެ. އެންމެ ކުރީގެ ހަނދާންތަކަށް ބަލާލިއަސް މިގެރިކިރު ދަޅުގެ މަތިން އަބަދުވެސް އަހަރެމެން ހަނދާންހުރެއެވެ. ރޯދައަށްވެސްގޭގެއަށް ގަނޑުކޮށް މުދާ ގަންނައިރު ވެސް ގެރިކިރު ދަޅު ކޭހެއް ކޮންމެހެން ވެސް އިންނަން ޖެހެއެވެ. އެހެންކަމުން، އަހަރެމެން ދިވެހިންގެ ތެރޭގައި މިއީ ދެގޮތެއް ނުވެ ބޭނުންކުރަމުން އަންނަ އުފެއްދުމެކެވެ.

ދިވެހިންގެ ތެރޭގައި ގެރިކިރު ދަޅު މަޝްހޫރުވެގެން ދިއައީ 80ގެ ނުވަތަ 90ގެ އަހަރުތަކުގެ ތެރޭގައި ކަމަށް ލަފާކުރެވެއެވެ. ނަމަވެސް އޭރުގައި ރާއްޖެއިން ބޭރުން އެތެރެކުރަނީ ގެރިކިރު ދަޅުގެ މަދު ވައްތަރުތަކެކެވެ. އަދި ތަފާތު ވައްތަރެއްގެ ގެރިކިރު ދަޅެއްގެ ރަހަ ބަލާލުމަށް އޭރަކު މާގިނަ އޮޕްޝަނަން ތަކެއް ނޯވެއެވެ. އެހެންކަމުން، ދިވެހިންގެ ހިތް އަދިވެސް ހަރުލާފައި ވަނީ ބައެއް ކްލެސިކް ނުވަތަ އެންމެ ކުރިންވެސް ބޭނުންކުރި ބްރޭންޑުތަކަށެވެ. ނަމަވެސް، ޒަމާނަށް އައި ބަދަލާއެކު މިއަދު އެތައް ވައްތަރެއްގެ ގިނަ މުދާތައް އެތައް ވިޔަފާރިތަކަކުން ވަނީ ގެންނަން ފަށާފައެވެ. އެގޮތުން، ގެރިކިރު ދަޅުގެ ވެސް ގިނަ ވައްތަރުތަކެއް މިހާރު ބާޒާރުން ދަނީ ލިބެމުންނެވެ.

މިގޮތުން އެމް.ޔޫ ސްޓޯރުން އެތެރެކުރާ 'ކްރައުން ކޮންޑެންސްޑް މިލްކް' އަކީ ވެސް އެހެން ކްލެސިކް ގެރިކިރު ދަޅުތަކާ ބަލާފައި ބޭނުންކޮށްލަން ވަރަށް ރަނގަޅު އުފެއްދުމެކެވެ. މިއީ ކެއްކުމުގައާއި ފޮނި ކާތަކެތި ތައްޔާރުކުރުމުގައި ވެސް ބޭނުންކުރެވިދާނެ ރަނގަޅު ގެރިކިރެކެވެ. މުއްސަނދި ފޮނި ރަހައެއް އެކުލެވިގެންވާ މިބާވަތުގެ ގެރިކިރަކީ އަގުގެ ގޮތުންނާއި ރަހައަށް ބެލިނަމަވެސް އެހެން ބާވަތްތަކުގެ ގެރިކިރު ދަޅުގެ ބަދަލުގައި ބޭނުންކޮށްލަން އެންމެ އެކަށޭނެ އެއް އުފެއްދުމެވެ. އަދި މިވައްތަރުގެ ގެރިކިރުގައި ކެލްޝިއަމްއާއި ވިޓަމިންގ ޑީގެ ފައިދާތައް އެކުލެވިގެންވެއެވެ.

ވީމާ، ޒަމާނާ އެއްގޮތަށް އަހަރެމެންގެ ވިސްނުން ބަދަލުކުރަން ޖެހެއެވެ. ވިޔަފާރީގެ ބާޒާރުގައި ވާދަވެރިކަން ބޮޑުވެ، އަހަރެމެން ކަސްޓަމަރުންނަށް ތަފާތު އެކި އޮޕްޝަންތައް އެބަހުއްޓެވެ. އެހެންކަމުން، ކުރީގައި ހެން ދެތިން ވައްތަރެއްގެ މުދަލަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި ތަފާތު ޕްރޮޑަކްޓްތަކުގެ އަޖުމަ ބަލާލަން ޖެހެއެވެ. އެއީ މަރކެޓްގައި ލިބެންހުރި ވައްތަރުތައް ގިނަވެފައި އެއްވައްތަރު އަގުބޮޑުވުމުން ނުވަތަ ނުލިބުމުން ދެން ގަންނަންވީ ކޮން ވައްތަރެއްތޯ ވެސް އެނގިފައި އޮތުމުގެ ބޭނުމުގައެވެ. އެހެންކަމުން، ފެށުމުގެ ގޮތުން، އެމް.ޔޫ ސްޓޯރުގެ 'ކްރައުން ކޮންޑެންސްޑް މިލްކް' ގެ އަޖުމަ ބަލާލުންކިހިނެއް ވާނެތޯއެވެ.