ދިރާގާއެކު މިހާރު ކަސްޓަމަރުންނަށް އެފަރާތްތަކުގެ ހުރިހާ އިންޓަރނެޓް ބޭނުންތަކަށް އަންލިމިޓަޑް ފައިބަރ ހޯމް އިންޓަރނެޓް ހަލުވި ސްޕީޑްގައި ތަޖުރިބާކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނީ ރެސިޑެންޝަލް ކަސްޓަމަރުންނަށް ބްރައުސްކުރުމަށާއި ސްޓްރީމް ކުރުމަށާއި ގޭމް ކުޅެ ޑައުންލޯޑް ކުރުމަށްވެސް އަންލިމިޓަޑް ފައިބަރ ބްރޯޑްބޭންޑް ދެ ޕެކޭޖަކުން އިޚްތިޔާރު ކުރެވޭނެ ކަމަށެވެ. އެއީ ފައިބަރ 50އެމް އަންލިމިޓަޑް ޕެކޭޖް 1490 ރުފިޔާއަށް ނުވަތަ ފައިބަރ 100އެމް އަންލިމިޓެޑް އެންމެ 2800 ރުފިޔާއަށެވެ.

މި ޕެކޭޖްތަކުގެ އަންލިމިޓަޑް ޑޭޓާ އެލަވަންސާއެކު ކަސްޓަމަރުންނަށް އެންމެ ރަނގަޅު އަގުތަކުގައި ރާއްޖޭގެ އެންމެ ހަލުވި ނެޓްވަރކްގައި އެފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިކުރެވޭނެއެވެ.

ކަސްޓަމަރުންނަށް ދިރާގު އެޕް ނުވަތަ ދިރާގު މައިއެކައުންޓް މެދުވެރިކޮށް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށްލެވޭނެއެވެ. ދިރާގަށް އައު ކަސްޓަމަރެއްނަމަ މި ލިންކް މެދުވެރިކޮށް ދިރާގު އިންޓަރނެޓަށް އެޕްލައިކޮށްލެވޭނެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވަރކްއެވެ. އެގޮތުން ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުﷲ

    މި ސަރަހައްދުގެވެސް އެންމެ އަގުބޮޑުކޮށް އިންޓަރނެޓްގެ ހިދުމަތް ދޭބަޔަކީ ދިރާގާއި އޫރިދޫ. ދެބައިމީހުން ގުޅިގެން ޖަރީމާ ހިންގުމުގައި... ރައްޔިތުން ފެލަމުން...

    19