ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް ބޯޓިންގް އެވޯޑްސް 39 ފަރާތަކުން ހޯދައިފިއެވެ.

މިއަދު ހަވީރު ކުރުނބާ މޯލްޑިވްސް ރިސޯޓުގައި އޮތް މޯލްޑިވްސް ބޯޓިންގް އެވޯޑްގެ ހަފްލާ އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް، އިބްރާހިމް ފައިސަލްއެވެ. މިހަފްލާގައި ވަނީ މިދައިރާ ތަމްސީލު ކުރާ ގިނަ ކޮމްޕެނީ ތަކަކަށާއި ގިނަ ބަޔަކަށް އެވާޑް އަރުވާފައެވެ. އެގޮތުން އެއިންޑަސްޓްރީގައި މަސައްކަތް ކުރާ ކުންފުނީގެ ބައިންނާއި އަމިއްލަ ފަރާތްތަކުގެ ކެޓެގްރީން 39 އެވޯޑެއް ވަނީ ދީފައެވެ.

މޯލްޑިވްސް ބޯޓިންގް އެވޯޑް ހަފްލާގައި އެކި ކެޓިގަރީ ތަކަަކަށް ބަހާލައިގެން ވަނީ ގިނަ އެވޯޑްތަކެއް ދީފައެވެ. އެގޮތުން، ފާހަގަ ކޮށްލެވުނު ބައެއް އެޥާޑްތަކުގެ ތެރޭގައި ބެސްޓް ބިލްޓް ލައިވް ބޯޑް އޯ ޔޮޓުގެ އެ ވާޑް ލިބިފައިވަނީ ސަރެކްސްއަށެވެ. އަދި ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލްގެ 5- 10 މީޓަރ އެޥާޑް ލިބިފައިވަނީ ނާރެހި މަރިންއަށެވެ. އަދި ހަމަ އެ ކެޓަގަރީގެ 10- 15 މީޓަރ ގެ އެވާޑް ލިބިފައިވަނީ ގަލްފަ ކްރާފަޓް މޯލްޑިވްސް އަށް ކަމަށް ވީއިރު 12- 45 މީޓަރުގެ އެވާދު ލިބުނީ އަލް ޝާލި މެރިންއަށެވެ. މީގެ އިތުރުން ވެސް ބެސްޓް ބޯޓު ޑިޒައިން އޮފް ދަ އިޔާ ލިބުނީ ވެސް ނާރެހި މެރިންއަށެވެ.

މޯލްޑިވްސް ބޯޓިން އެވޯޑް 2023— ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

މި ކެޓެގްރީތަކުގެ އިތުރުން ވެސް ކުންފުނީގެ ބައިން އެމްޓީސީސީއަށް ވެސް ވަނީ ގިނަ އެވޯޑްތަކެއް ލިބިފައެވެ. އޭގެ ތެރޭގައި މެރިން އިންޖިނިއަރިން ސާވިސް ޕްރޮވައިޑާ އޮފް ދަ އިޔާ، ޑޮކްޔާޑް/ ސްލިޕްވޭ އޮފް ދަ އިޔާ، މޯސްޓް ޕްރިފާޑް މެރިން އިންޖީން ބްރޭންޑް އޮފް ދަ އިޔާގެ އިތުރުން ބެސްޓް ލޯކަލް ފެރީ ސާވިސް ޕްރޮވައިޑާގެ އެވޯޑް އެމްޓީސީސީއަށް ވަނީ ލިބިފައެވެ. އަދި އަމިއްލަ ފަރާތްތަކުގެ ކެޓެގްރީން ބެސްޓް އިންޖިނިއަރިން އެވޯޑް ވެސް ވަނީ އެމްޓީސީސީއަށް ލިބިފައެވެ.

މިހަފްލާގެ އެންމެ މުހިންމު އެވޯޑް ބޯޓިން ޕާސަނަލިޓީ އެވޯޑް ލިބުނީ އަމީން މަންސޫރަށެވެ.

މިއަހަރުގެ ބޯޓިން އެވޯޑުގެ މޯސްޓް ޕްރިފާޑް އިންޝުއަރެންސް ޕާޓްނަރަކަށް ހޮވިފައި ވަނީ އެލައިޑް އިންޝުއަރެންސެވެ.

މޯލްޑިވްސް ބޯޓިން އެވޯޑް 2023— ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

މި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައިސަލް ވަނީ އެވޯޑް ހާސިލް ކުރެއްވި ފަރާތްތަކަށް ހޫނު މަރުހަބާ ދަންނަވައި، މި ދާއިރާއިން އަދިވެސް ގިނަ ކުރިއެރުންތަކެއް ހޯދޭނެކަމަށް ވިދާޅުވެފައެވެ. އަދި މިހާރުގެ ސަރުކާރާއި ޓޫރިޒަމް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ކުރިޔަށް އޮތްތާގައި ވެސް މި ދާއިރާއަށް ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.

މޯލްޑިވްސް ބޯޓިން އެވޯޑް 2023— ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

މި ހަފްލާގައި ޝުކުރު އަދާ ކުރެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެންބީއެމްގެ ކުރީގެ ރައީސް އިސްމައިލް ހަމީދު ވިދާޅުވީ، މިދާއިރާގައި އަދި ވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އަދި މި ދާއިރާގެ މީހުން ސާބިތު ކޮށްދިނީ މި ދާއިރާގައި މަސައްކަތް ކުރާ މީހުންނަނީ ފިސާރި ކެރޭ ކުޅަދަނާ، ކަންކަމުގައި ފަސް ނުޖެހޭނެ ބައެއްކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ބޭރު ގައުމު ތަކުގެ މީހުންނަށް ވެސް މި ދާއިރާގައި ފުރުސަތުތައް އެބަހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު