ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނި ކުރި ކާބޯތަކެތި ވިއްކަމުން އަންނަ ކުކުޅު ފިހާރައިން ވިއްކާ ސީފުޑްމިކްސް އަގުހެޔޮކޮށްފިއެވެ.

ކުކުޅު ފިހާރަކީ މާލެ އާއި އަތޮޅު ތެރޭގެ އިތުރުން، ރިސޯޓްތަކަށް ފިނި ކުރި ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެންމެ ހިނގާ ކުންފުންޏެކެވެ.

އެ ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖާރ މާޝިޠާ އާދަމް ވިދާޅުވީ، ކުރިން 1،715ރ. އިން ވިއްކި ސީފުޑް މިކްސްޑް 1 ކޭޖީ 10 ޕެކެެޓް ކޭސްއެއް މިހާރު 1،590ރ. އަށް ލިބޭނެ ކަމަށެވެ.

ކުކުޅު ފިހާރައިން ސީފުޑްގެ ހުރިހާ ބާވަތެއް ލިބެން ހުންނަކަން ފާހަގަކޮށްލެވެެއެވެ. މީގެތެރޭގައި ސީފުޑް މިކްސްގެ އިތުރަށް ކަޓްލް ފިޝް، ޕްރައުންސްގެ 10 ސައިޒެއް ލިބެން ހުންނައިރު، ޝްރިމްޕްސް، ލޮބްސްޓަރ، ޖަމްބޯ ޕްރައުންސް، ރިނދަލި، ކްރެބް، ބޯވައިގެ 5 ސައިޒެއް އެ ފިހާރައިން ލިބޭނެއެވެ.

ކުކުޅު ފިހާރަ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ރަހަ މީރު ޖީބަށް ލުއި ތާޒާ ތަފާތު އެއްޗެހި ފޯރުކޮށް ދިނުމެވެ. ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުކުޅު ފިހާރައިން ވިއްކާ ކުކުޅުގެ އަގު ވެސް މިފަހަކުން ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.

ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.

މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން އަދި 9986575 އިން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު