ޝުވެކް ސިނަމާގެ ޓިކެޓްތަކެއް ލިބޭ ޕްރޮމޯޝަނެއް އެލައިޑް އިންޝޫރެންސް ކޮމްޕެނީން ފަށައިފިއެވެ.

އެލައިޑުން ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ އަހަރު ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެލައިޑުގެ ފޭސްބުކު ޕޭޖަށް ފޮލޯކޮށް، ޓިކްޓް ލިބޭ ޕޯސްޓަށް ލައިކެއްދީ، އޭގައި ތިން ރަހުމަތްތެރިން ޓެގު ކުރުމަށްފަހު ޕޮސްޓު ޝެއާ ކޮށްލުމުން ޕްރޮމޯޝަންގައި ބައިވެރިވެވުނީ ކަމަށެވެ.

މިގޮތަށް މިކަން ކޮށްގެން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ޝުވެކް ސިނަމާގެ ފިލްމަކަށް ދެ ޓިކެޓް ލިބިގެންދާނެ ކަމަށް އެލައިޑުން ވަނީ ބުނެފައެވެ.

އެލައިޑުން ބުނި ގޮތުގައި ގުރުއަތު ނެގުން އޮންނާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުއެވެ.