ދިވެހިންނަކީ ކޮންމެ ދުވަހެއްގެ ކޮންމެވެސް އެއް ގަޑިއެއްގައި އަބަދުވެސް ބަތްކެއުމަށް އާދަވެފައިވާ ބައެކެވެ. ޒަމާނުއްސުރެ ތައްޔާރުކުރަމުން އަންނަ ރިހަތަކާއި މިނޫން ވެސް އެކި ކަހަލަ ކާތަކެތި އާއްމުކޮށް ކައިއުޅެނީ ބަތާއެކީގައެވެ. ބަތް އާއްމުކޮށް ހާއްސަވަނީ މެންދުރާއި ރޭގަނޑުގެ ކެއުމުގެ ވަގުތަށެވެ. ކުރީގައި ގޭގޭގައި ހަރުހަނޑޫ ނުވަތަ އާދައިގެ ހަނޑޫ ބޭނުންކުރަމުން އައިނަމަވެސް މިހާރު ޒަމާން މިވަނީ ބަދަލުވެފައެވެ. ހަރުހަނޑޫގެ ސަބަބުން ސިއްހަތާ ގުޅޭ އެކި މައްސަލަތައް ދިމާވާ ފަރާތްތަކުން މިހާރު މިވަނީ ބާސްމަތީ ހަނޑޫ ފަދަ ލުއި ހަނޑޫތަކަށް ބަދަލުކުރަން ފަށާފައެވެ. މިގޮތަށް ވިއަސް ބަތަށް ހުންނަ ލޯތްބެއްގެ ސަބަބުން މީހުން ހަނޑޫ ދުލެއް ނުކުރެއެވެ.

'ބަންދާރީ ބާސްމަތީ' އަކީ ފާހަގަ ކޮށްލެވޭ ހަނޑުލުގެ ބްރޭންޑެކެވެ. ފުއްތަށް ދިގުވެފައި ކޮލިޓީ މި ހަނޑުލުގައި މީރު ވަހާއި ރަހަ ހިމެނެއެވެ. މި ބާސްމަތީ އަކީ އެހެނިހެން ސައިޑް ޑިޝްތަކާއެއްކޮށް ހުހަށް ކާލުމަށް ވެސް ވަރަށް މީރު ބަތެކެވެ. އަދި މީގެ އިތުރުން މި ބާސްމަތީގައި އާއްމުކޮށް މިހަދާ ބަތްގަނޑުގަނޑު ހަދާލަން ވެސް ރަނގަޅުވާނެއެވެ. އެގޮތުން ބިރިޔާނި، ފްރައިޑް ރައިސް އަދި ޓޮމާޓޯ ބަތް ވެސް ބަންދާރީ ބާސްމަތީގައި ތައްޔާރުކޮށްލުމުން އިތުރު ފުރިހަމަކަމެއް ލިބޭނެކަން ޔަގީނެވެ.

'ބަންދާރީ ބާސްމަތީ' އަކީ ސިއްހަތަށް ބަލައިގެން އުޅޭ އެންމެނަށް ވެސް ރަނގަޅު ޗޮއިސްއެކެވެ. އެއީ މި ހަނޑުލަކީ ފެޓްސް މަދު، ފައިބަރ ގިނަ އަދި ނިއުޓްރިޝަންގެ ބާވަތްތައް ހިމެނޭ ހަނޑުލަކަށް ވާތީއެވެ. އެހެންކަމުން، ބާސްމަތީ ބަތް ކާހިތްވާ މީހުންނަށާއި ސިއްހަތަށް ރަނގަޅު ބަތެއް ކާން ބޭނުންވާ މީހުނަށް ވެސް 'ބަންދާރީ ބާސްމަތީ' ހަނޑޫ މިއީ އެންމެ ރަނގަޅު އެއްވައްތަރެވެ. އަދި ރަހަ އާއި ކޮލިޓީއަށް ބަލާއިރު ވެސް މި ހަނޑުލަކީ ޚިޔާރުކުރަން ރަނގަޅު ހަނޑުލެކެވެ.

މީރު ވަހާއި، ދިގު ފުއްތަށް ހިމެނޭ މި ހަނޑުލުގެ އެކި ސައިޒްގެ ބޭގް މާކެޓުން ލިބެން ހުންނާނެއެވެ. އޭގެތެރޭގައި 1 ކިލޯ، 5 ކިލޯ އަދި 10 ކިލޯގެ ބޭގް ވެސް ހިމެނެއެވެ. ވީމާ، ގިނައިން ގޭގައި ހަނޑޫ ގަނެފައި ބަހައްޓާ ފަރާތްތަކަށާއި މަދުން ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް އޮޕްޝަން އެބައޮތެވެ. 'ބަންދާރީ ބާސްމަތީ' ރާއްޖެ އެތެރެކޮށް މާކެޓް ކުރަނީ އަޅުގަނޑުމެން އިތުބާރު ލިބިފައިވާ އެތައް ބާވަތެއްގެ އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ގެނެސްދީފައިވާ އެމް.ޔޫ ސްޓޯރުންނެވެ.

ކިޔުންތެރިންގެ ހިޔާލު