މި އަހަރުގެ މިހާތަނަަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަަަށް އަރައިފިއެވެ.

މި އަަހަރު ރާއްޖަށް 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަަމަށް އަންދާޒާ ކޮށްފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ ތަފާސްހިސާބުތައް ަދައްކާގޮތުން އެ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،703،204 ފަތުރުވެރިން އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، %12.9 ކުރިއެރެމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1،508،307 ފަތުރުވެރިންނެވެ.

މި އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ރަޝިޔާއިން 193،269 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އެ ލިސްޓުގެ ދެވަނައިގައި އޮތް އިންޑިއާއިން ރާއްޖެއަށް 185،987 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ލިސްޓުގެ ދެވަނައިގައި އޮތް ޗައިނާއިން 176،803 ފަތުރުވެރިން އައިސްފައި ވެއެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތައް ދަައްްކާގޮތުން މިހާރު ރާއްޖޭގައި 119 ރިސޯޓެއް ހިންގަމުން ދެއެވެ. އަދި 14 ހޮޓަލެއް މިވަގުތު އޮޕަރޭޝަނަށް ގެެސްފައިވާއިރު، 924 ގެސްޓް ހައުސް އަކާއި، 144 ސަފާރީ އޮޕަރޭޝަނަށް ގެެނެސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު