ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ' އަވަރ އޮފް ކޯޑް @ ލެޓްސް ކޯޑް އެމްވީ 2023' ބޭއްވުމަށް ހަމަޖައްސައިފިއެވެ.

'އަވަރ އޮފް ކޯޑް' އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިސެންބަރު މަހު ފާހަގަކުރާ އިންޓަނޭޝަނަލް ކޮމްޕިއުޓަރ ސައިންސް އެޑިއުކޭޝަން ހަފްތާ ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. އެގޮތުން މި ހަރަކާތް ރާއްޖޭގައި ކުރިއަށްދާނީ ވަކިން ޚާއްޞަކޮށް ސްކޫލް ކުދިންނަށް އަމާޒުކޮށްގެން، މިނިސްޓްރީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެއްބާރުލުމާއެކުއެވެ.

'އަވަރ އޮފް ކޯޑް 2023' ގެ އަޒުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 1000ދަރިވަރުންނާ ހަމައަށް ވަރޗުއަލްކޮށް މި ހަރަކާތް ގެނައުމެވެ. މިގޮތުން އެކި އުމުރުފުރާތަކަށް ބަހާލައިގެން، ޕްރީ ސްކޫލުން ފެށިގެން ހުރިހާ ތަޢުލީމީ ލެވެލްގެ ދަރިވަރުނަށްވެސް، ކުދިން ޝައުގުވެރިވާ އެކި ހަރަކާތްތައް ކުރިއަށް ދާނެއެވެ.

ދިރާގުން ބުނީ މި ހަރަކާތް ތަކުގެ މަގުސަދަކީ ސައިންސާއި ކޯޑިންގއަށް ލޯބި ޖައްސައި، މި ދާއިރާއަށްކުދިން އަހުލުވެރިކުރުން ކަމަށެވެ.

މި އަހަރުގެ 'ލެޓްސް ކޯޑް އެމްވީ @ އަވަރ އޮފް ކޯޑް' ގެ މައިގަނޑު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 ޑިސެންބަރު ވާ ހޮނިހިރު ދުވަހުއެވެ. އަދި 20 ޑިސެންބަރުގެ ނިޔަލަށް މި ޕްރޮގްރާމްގެ އެކި ފިޒިކަލް ސެޝަންތައް ކުރިއަށްދާނެއެވެ.

'އަވަރ އޮފް ކޯޑް' ގައި ބައިވެރިވުމަށް ޝައުގުވެރިވާ ކުދިންނަށް މި ލިންކް މެދުވެރިކޮށް ކުރެވޭނެއެވެ. އަމިއްލަ ގޮތުން، ސްކޫލްތައް، ޖަމިއްޔާތައް ނުވަތަ އިންސްޓިޓިއުޓްތައް މެދުވެރިކޮށްވެސް މި ޕްރޮގްރާމްގައި ދަރިވަރުންނަށް ބައިވެރިވެވޭނެއެވެ. އަދި މި ޕްރޮގްރާމްގައި މެންޓަރސްގެ ގޮތުގައި ދިރާގު، ވިމެން އިން ޓެކް މޯލްޑިވްސް އަދި ސްކޫލްތަކުގެ ޓީޗަރުން ހަރަކާތްތެރިވާނެއެވެ.

މި ޕްރޮގްރާމަކީ އެއްގަޑިއިރު ތެރޭގައި ކޮމްޕިއުޓަރ ޕްރޮގްރާމިންގއާ ބެހޭ މަޢުލޫމާތާއި ހަރަކާތްތައް ކުދިންނަށް ތަޢާރަފްކޮށްދޭ ޕްރޮގްރާމެކެވެ. ކޯޑް.އޯރގްއިން ތައާރަފްކޮށްފައިވާ މި ޕްރޮގްރާމަކީ 180 އަށް ވުރެ ގިނަ ޤައުމުތަކުގެ އެތައް މިލިއަން ދަރިވަރުންނާއިއެކުދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. ރާއްޖޭގައި ކޯޑް.އޯރގްގެ ހަރަކާތްތައް ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ ޕާރޓްނަރަކީ ވިމެން އިން ޓެކް މޯލްޑިވްސްއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއިން ދަނީ ކާމިޔާބުކަމާއެކު މި ހަރަކާތް ރާއްޖޭގައި ކުރިއަށްގެންދަމުންނެވެ.

"އަވަރ އޮފް ކޯޑް" އަކީ ހުރިހާ އުމުރުފުރައެއްގެ ދަރިވަރުން ކޯޑިންގ އަށް ތަޢާރަފްކޮށް ކޮމްޕިއުޓަރ ސައިންސަށް ޝައުޤުވެރިކަން އުފެއްދުމަށް ވަރަށް ރަނގަޅު ފުރުސަތެކެވެ. ޅަ އުމުރުގައި ކޮމްޕިއުޓަރ ސައިންސް ދަސްކުރަން ފެށުމަކީ 21 ވަނަ ގަރުނުގައި ކޮންމެ ދާއިރާއަކުންވެސް ކުރިއަށް ދިޔުމަށް ބިންގާ އެޅިގެންގޮސް، އެކުދިންގެއުފެއްދުންތެރިކަމާއި މައްސަލަ ހައްލުކުރުމުގެ ގާބިލުކަމާއި ހުނަރުވެސް އިތުރުވެގެންދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު