ސްޓޭޓް ޓްރޭޑިންގ އޯގަނިޒޭޝަން (އެސްޓީއޯ)ގެ އާ ޗެއާމަނަށް އާމިރް މަންސޫރު އައްޔަން ކުރައްވައިފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ އެ ކުންފުނީގެ އާ ޗެއާމަނަކަށް އާމިރް މަންސޫރު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އެސްޓިއޯގެ ބޯޑު މެންބަރު ކަމަށް މުހައްމަދު މުރާދު ވަނީ އައްޔަން ކުރައްވާފައެވެ.

އެސްޓިއޯގެ ބޯޑު މެންބަރު ކަމަށް މުހައްމަދު މުރާދު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޝިމާދު އިބްރާހިމެވެ.

އެސްޓީއޯގެ ބޯޑް މެމްބަރެއްގެ ގޮތުގައި ކުރިންވެސް ހުންެނެވި ޝިމާދު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ނޮވެމްބަރ 28 ވަނަ ދުވަހުއެވެ.

އަދި ޝިމާދު މަގާމާއި ހަވާލު ވުމަށް ފަހު ވަނީ، ގްރޭޓަރ މާލެ ސަރަހައްދުގައި މަސައްކަތްކުރައްވާ އެ މުވައްޒަފުންނާ ވަނީ ބައްދަލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުމަރު

    ހުސް ވިޔަފާރި ކުރާމީހުން ތިޔަތަނަށް ލީމަ އަމިއްލަ ޖީބް ބޮޑުކުރުން ނުން ކޮން ކަމެއް ކުރާނީ؟