ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ވިއްކާ އެސްޓީއޯއިން އަނެއްކާވެސް ތެލުގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 14.33ރ. އަށް ކަމަށާއި ޑީސަލް ލީޓަރެއް ވިއްކާނީ 14.62ރ. އަަސް ކަމަށެވެ.

ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 14،73ރ. އަށް އަށެވެ. ޑީސަލް ލީޓަރެއް ވިއްކީ 15.07ރ. އަށެވެ.

އެސްޓީއޯއިން ބުނީ މިރެެއިން ފެށިގެން ޑީސަލް ލީޓަރަކުން 0.45 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 0.40 ރުފިޔާ ހެޔޮކުރެވިއްޖެ ކަމަށެވެ.

މިއީ އެސްޓީއޯއިން މިއަހަރު ޖެހިޖެހިގެން ތެލުގެ އަގު ހެޔޮކުރި ތިން ވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު