ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ފަރާތްތަކަށް ޓެކްސީގައި ޑޮމެސްޓިކް ޓާމިނަލްއާ ހަމައަށް ދެވޭ ގޮތް ހަދަން ނިންމައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ ފުރަންދާ ފަސިންޖަރުންނަށް ލުއިފަސޭހަ ކުރުމަށް އަލަށް އައި މެނޭޖުމަންޓުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ޓެކްސީގައި ޑޮމެސްޓިކް ޓާމިނަލް އާ ހަމައަށް ދެވޭގޮތް މާދަމާއިން ފެށިގެން ހަދަން ނިންމާފައިވާ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ މިއީ ފަހު ވަގުތު ފުރަންދާ މީހުންނަށްވެސް ލުއިފަސޭހަ ވެގެންދާނެ ގޮތެއް ކަމަށެވެ.

މިހާރު ޓެކްސީގައި ފައިބަން ޖެހެނީ އިންޓަނޭޝަނަލް ޓާމިނަލްއާ ދިމާލަށެވެ. އަދި އެކަމާ ގުޅިގެން ގިނަ ބަޔަކު ޝަކުވާވެސް ކުރެއެވެ.

އޮފިޝަލް ވިދާޅުވީ ޑޮމެސްޓިކް ޓަމިނަލާ ހަމަޔަށް ޓެކްސީގައި ދެވުނު ނަމަވެސް ޓެކްސީއަށް އަރަން ޖެހޭނީ މިހާރުވެސް އެ ހިދުމަތް ދެމުން އަންނަ ސަރަހައްދުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އާދަން

    އަލްހަމްދުލިލްލާހި. ނިކަމެތި ބަލިމީހުން ކޮރުޖަހަމުންދާ ދުރުރާސްތާގެ މުސީބާތުން މިންޖުވާތީ.

    24
    5
  2. ޜައްޔިތުމީހާ

    ތިޔަކަމުގެ ސަބަބުން އެއާޕޯޓްގަ ވަރައްބޮޑެތި ޓްރެފިކް މައްސަލަތައް ނުކުންނާނެ

    18
    15
    • ޢަބްދުﷲ

      ބަލަގަ، ޓްރެފިކް މައްސަލަތައް ކުޑަވާނެހެން އެތަނުގަ ފަސޭހަ އިންތިޒާމްތައް ހަމަޖެހޭނެ. ދެން އޮތީ އެތަން މޮނިޓަރ ކުރަން މީހުން ބޭތިއްބުމާއި، ރައްޔިތުންގެ އެއްބާރުލުން. ރައްޔިތުންނަށް ފަސޭހަވާނެ ކޮންމެ ކަމަކަށް މަރުޚަބާ ކިޔަން ދަސްކުރަންވީ. މ.ޚ

  3. އަހްމަދު

    ކަމަކަށް ކަމެއް ކުރުމުގެ ކުރިން އެކަމަކުން ނުކުމެދާނޭ މައްސަލަތަކާއި ވާނޭ ފަސޭހަތައް ބަލައި ދާއިމީ ގޮތަކަށް އެކަން ކުރެވޭނޭ ގޮތެއް ހަމަޖެއްސުން މުހިންމު. މިހާރު އެކަން އެކުރަގޮތުން ފަސޭހައަށް ވުރެ ގިނައީ އުދަގޫތައް

  4. ފާޒް

    ތިޔަ ނިންމާލެވުނީ މެގަ ޕުރޮޖެކްޓެއް.

  5. ނާހިލް

    ކުރިންވެސް ތިކަންވީ ބޮޑު ގޯހަކައް، މިފަހަރު ކިހާވަރަކުން ދާނެބާ؟

  6. ލޯއަބް

    ޕޮލިހުން ކޯނު ބަހައްޓާނެ އޭރުން ހުރިހާ ކަމެއްނިމުނީ

  7. ބަރުގޮނު

    ފުރަންދާ މީހުންގެ ތެރޭގައި ، ޢުމުރުންދުވަސްވީ މީހުންނާ އެކިއެކި ސަބަބާ ހެދި ހިގާބިގާ ހަދަން ދަތި މީހުން ތިބޭ ފަދައިން އަންނަ މީހުންގެ ތެރޭގައިވެސް އެފަދަ މީހުން ތިބޭނެ. ފުރަންދާ މީހާއަށް ލިބޭ ފަސޭހަ އަންނަ މީހާއަށް ނުލިބޭނަމަ މިލުއިފަސޭހަކަން ދިނުމެކޭ ނުދިނުމެކޭ އެއްވަރު. ޑޮމިސްޓިކް ޓާމިނަލެއް އޮންނަކަން އަލަށް އައިި މެނޭޖްމަންޓަށް އެގުމަކީވެސް ފާހަގަކޮށްލެވޭ ރަގަޅު ކަމެއް.

  8. އުސްތާޒް

    ތިޖެހުނީ އަނެއް ހަކަންތަކާ ދެން ހުރިހާ ޕްރައިވެޓް ބޯޑުގަ ޓެކްސީކުރާމީހުން ރަތަށް އަރަންވީ، އެކަން ހައްލުކުރަން މަޖުލިސް އިންތިހާބުގެ ސަޕޯރޓް ސަރުކާރަށް. މިއޮތީވާ ބައެއް

  9. ބިދޭސީބޯއީ

    މަށަށް ފެނޭ އޭޕްރަނާ ހަމަޔަށް ދެވޭގޮތް ހަދަން.. މިއޮތީވާކަމެއް

  10. ޒާ

    ކީއްވެވތިކަން މިހުރިހާ ދުވަހު ނުކޮށް އޮތީ؟ އެއީ ތަފާތުކުރާލެއް ބޮޑުކަމުން. ހުރިހާކަމެއް ހުރީ ކުރީ ޒަމާނުގައި ކުޑަސިޓީ ގައި ޖައްސައިގެން މާލޭގާ އެމީހަކު ހުންނާނެ ގެއެއް ލިބުނިއްޔާ މާލެއާދެވޭ ގޮތަށް ރާއްޖެތެރޭ މީހުނަށް ކުރިޖެއްސުމާ ތަފާތުކުރުމާ އެއްގޮތަށް. ހުޅުލެއަށްވެސް ކުރިން އެރުނީ ފާހެއްގަނެގެން. މިހީވަނީ އަދިވެސް ބައެއްގެ އަޅުވެތިކަމުގާ ދިވެހިން އުޅެން ޖެހިފާ އޮތް ގައުމެއްހެން.