ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ފަރާތްތަކަށް ޓެކްސީގައި ޑޮމެސްޓިކް ޓާމިނަލްއާ ހަމައަށް ދެވޭ ގޮތް ހަދައިފިއެވެ.

މިއަދު ހެނދުނު ވެލާނާ އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވާ ދެއްވަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ މިއަދުން ފެށިގެން ވީއައިއޭއަށް ފުރަން ދާ މީހުން ގޮވައިގެން އަންނަ ޓެކްސީތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމަޔަށް ދެވޭނެ ކަމަށާއި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ވީއައިއޭއިން ޚިދުމަތް ހޯއްދަވަން އަންނަ ފަރާތްތަކަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން ކުރެވުނު ކަމެއް ކަމަށެވެ.

"އަޅުގަނޑަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދަކީ މިތަނަށް ހިދުމަތް ހޯއްދެވުމަށް އަންނަ ހުރިހާ ބޭފުޅުންނަށް ލުއި ފަސޭހަ ވާނެ ހުރިހާ ކަމެއް ވީ އެންމެ އަވަހަށް ކުރަން. މުސްތަގުބަލުގައި އިރާދަކުރެއްވިއްޔާ ޑިޕާޗާއަށް އަަންނަ މީހުންގެ އިތުރަށް އެރައިވަލް މީހުންނަށް މިތަނުން ޓެކްސީ ނެގޭނެ ގޮތްވެސް ހަދައިދޭނަން." ޝަރީފް ވިދާޅުވިއެވެ.

އެހެންނަމަވެސް ފުރަން އަންނަ މީހުންނާއި އެއާޕޯޓަށް އަންނަ މީހުންނަށް ޓާމިނަލް ކައިރިން ޓެކްސީ ނެގޭނެ ގޮތް ހެދޭނީ އެ ސަރަހައްދުގެ މަގުތައް ހަދައި ނިމުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޓެކްސީތަކަށް ވެލާނާ އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދެވޭ ގޮތް ހެދުމާއި ގުޅޭގޮތުން އެމްޑީ ޝަރީފް މައުލޫމާތު ދެއްވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"އަޅުގަނޑު ޔަޤީންކަން އަރުވަނީ ދުވަހެއް ދުވަހަކަށް އެމްއޭސީއެލުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ލުއި ފަސޭހަވާނެ ގޮތްތައް ހޯދުމުގައި އެމްއޭސީއެލް އާއި އެމްއޭސީއެލްގެ މެނެޖުމަންޓު އަދި އެންމެހާ މުވައްޒަފުން އަބަދުވެސް ދެމިތިބޭނެ ކަމަށް." ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ޓާމިނަލަށް އަންނަ ޓެކްސީތަކަކީ މެނޭޖްކުރެވިގެން ވަކި އިރުޝާދެއްގެ ދަށުން ހިންގޭ ކަންތައްތައް ކަމަށާއި މިހާރު ގެނެވުނު ބަދަލާއެކީ ޑޮމެސްޓިކް ޑިޕާޗާއަށް ޓެކްސީ އާއި ކާރަށް ދެވޭނެއެވެ. އެގޮތުން އެއްފަހަރާ ތިން ވެހިކަލް މަޑުކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ވަކި ރޫޓެއް އިންނާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މިއަދާއި ހަމައަށް ޓެކްސީގައި ފައިބަން ޖެހެނީ އިންޓަނޭޝަނަލް ޓާމިނަލްއާ ދިމާލަށެވެ. އަދި އެކަމާ ގުޅިގެން ގިނަ ބަޔަކު ޝަކުވާވެސް ކުރެއެވެ.

ޑޮމެސްޓިކް ޓަމިނަލާ ހަމަޔަށް ޓެކްސީގައި ދެވުނު ނަމަވެސް ޓެކްސީއަށް އަރަން ދާން ޖެހޭނީ މިހާރުވެސް އެ ހިދުމަތް ދެމުން އަންނަ ސަރަހައްދުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލުއައްޔު އިބްރާހީމް

    ލުއި ފަސޭހަ ގޮތް ހައްދަވަމުން ގެންދަވާއިރު ޕެންޝަން ފަންޑުގެ ހުރި ފައިސާގެ ތެރެއިން ކޮންމެވެސް މިންވަރެއް، އޭގެ ޙައްޤުވެރިންނަށް ލިބިގެން ދިއުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން.

    21
    0
  2. ޜައްޔިތުމީހާ

    ލުއިފަސޭކަމެއް ނަމަވެސް ތިޔަކަމުގެ ސަބަބުން އެސަރަހައްދު ތިއްޖެހި ދެންވާނެ އުންދަގުލައްވެސް ވިސްނަންވާނެ މާސަމާ ބަޔަކު ޑިމާންޑް ކުރަންފަސާފާނެ ފްލައިޓް ސިޑިއާހިސާބައް ޓެކްސީގަ ދިއުމައް

    6
    7
  3. ހަންޑިކުޑަ

    ލުއި ފަސޭހަ ގޮތް ހަދާއިރު ވިސްނާލިންތޯ ދިމާވެދާނެ ހިތާމަވެރި ހާދިސާ އަކަށް. ބޫން ބޫން ލާފައި ދުއްވާ ޒަމާމެއްގައި މަންޒަރެއް ރީއްޗެއް ނުވާނެ ޓާރމިނަލް ތެރެއަށް ކޮންޓްރޯލް ނުވެ ވަދެގެން ދިޔާއެއް.

    6
    6
  4. ދަތުރު

    މީ ވަރަށް ގޯސް ނިންމުމެއް. މައި އެއަޕޯޓުގެ މިހާ އެތެރެއަށް އާންމުންނަށް އެއވެސް ހުރަހެއްނެތި ވަދެވޭގޮތް ހެދުމަށްފަހު ދެން އެއަރޕޯޓުގެ ސެކިއުރިޓީ ކަށަވަރު ކުރަން ކީއްކުރާނީ؟ އެއްކޮޅުން ޓެރަރިޒަމްގެ ނުރައްކާ ނެތް ތަނެއް ނެތް. އަނެއްކޮޅުން ދިވެހިންނަކީ އެހާ ގޮތެއްފޮތެއް ނެތް މީހުން.

  5. ހަސަނުގ

    ސަޅި. އަދި ކިރިޔާ ތި ރަނގަޅުވީ. މިހުރިހާދުވަހު، ދޮން މީހުނަށް ހާއްސަ ކޮއްފަ އޮތް އެއަރޕޯޓެއްތީ.

  6. Anonymous

    ލުއިފަސޭހަކޮށްދެއްވާތީ .ޝުކުރުވެރިވެބަލަ
    އިދިކޮޅޭމެންނަށް ރަނގަޅު އެއްގޮތެއް ވެސް ނޯންނާނެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ
    ނިމިދިޔަ ސަރުކާރު ދިވެހި ރައްޔިތުނަށްވުރެ ގެރިމޯދީމެންނަށް މޮޅުކޮށްދިނީ އެންމެން ރުއްސަން އުޅުމަކީ ވެވޭނެ ކަމެއްނޫން ގިނަ ރައްޔިތުން ވޯޓްލައިގެން ބަދަލުކޮށްފައި މިއޮތީ. އެބަވަޔަކު ހަންދަމާނެ ގޮތަކަށް ރޮނޑުން ހަންދަމާނީ ދެންލަލާ