ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން އިއްތިހާދު އެއާވޭސް އާއެކު މުހިންމު ބައިލެޓަރަލް އިންޓަލައިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމާއެކު މޯލްޑިވިއަންގެ ޓިކެޓިން ނިޒާމު އިތުރަށް ފުޅާކުރެވި ދެފަރާތުން ވެސް ޓިކެޓް ވިއްކުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

މޯލްޑިވިއަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގައި ސޮއިކުރެވުމަކީ އެ ކުންފުނިއަށް ލިބުނު ފަހުރެއް ކަމަށާއި މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން ރަނގަޅު ޓިކެޓިން ނިޒާމެއް ގާއިމްކޮށް، ދަތުރުވެރިންނަށް ރާއްޖޭގެ އެކި ހިސާބުތަކުން ފަސޭހަކަމާއެކު ދަތުރުކުރުމަށް ބޭނުންވާ އެތައް މަންޒިލެއް ހޯދައި ދެވޭނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އިއްތިހާދުގެ ކަސްޓަމަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކުރެވިފައިވާ އެކިއެކި ހިދުމަތްދޭ މޯލްޑިވިއަންގެ ފުޅާ ނެޓްވޯކުން ޚިދުމަތް ހޯދުމަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ.

މޯލްޑިވިއަންގެ ފުޅާ ނެޓްވޯކުގެ ތެރޭގައި ހިމެނޭ މަންޒިލްތަކަކީ:

  • ދަރަވަންދޫ އައިލެންޑް (ޑީއާރުވީ)،
  • ފަރެސްމާތޮޑާ އެއާޕޯޓް (އެފްއެމްޓީ)،
  • ފުނަދޫ އެއާޕޯޓް (އެފްއެންޑީ)،
  • ފުވައްމުލަކު އައިލެންޑް އެއާޕޯޓް (އެފްވީއެމް)،
  • ގަން އައިލެންޑް އިންޓަނޭޝަނަލް (ޖީއޭއެން)،
  • ކޫއްޑޫ އައިލެންޑް (ޖީކޭކޭ)،
  • ހަނިމާދޫ އައިލެންޑް އެއާޕޯޓް (އެޗްއޭކިއު)،
  • ކުޅުދުއްފުށީ އެއާޕޯޓް (އެޗްޑީކޭ)،
  • ހޯރަފުށީ އެއާޕޯޓް (އެޗްއާރުއެފް)،
  • ކާޑެއްދޫ އައިލެންޑް އެއާޕޯޓް (ކޭޑީއެމް)،
  • ކާށިދޫ އައިލެންޑް (ކޭޑީއޯ)،
  • މަޑިވަޅު އެއާޕޯޓް (އެލްއެމްވީ)،
  • މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެންއެމްއެފް)،
  • މާވަޅު އެއާޕޯޓް (އާރުޔޫއެލް)،
  • ތިމަރަފުށީ އެއާޕޯޓް (ޓީއެމްއެފް)،
  • އިފުރު (އައިއެފްޔޫ) އެއާޕޯޓެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރު ކޮމާޝަލް އިބްރާހިމް ހަމްދާން މުހައްމަދު ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި މޯލްޑިވިއަންގެ ދާއިރާ ފުޅާކުރުމުގެ މަސައްކަތުގައި އިއްތިހާދު އެއާވޭސްއާއެކު މި އިންޓަލައިން ޕާޓްނަޝިޕްގެ ސަބަބުން މޯލްޑިވިއަންގެ އަގުހުރި ކަސްޓަމަރުންނަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ

އިއްތިހާދުގެ ޗީފް ރެވިއު އޮފިސަރު، އާރިކް ޑީ ވިދާޅުވީ މި އިންޓަލައިންގެ ސަބަބުން މުޅި ދަތުރުގައި ކަސްޓަމަރުންގެ ޖުމްލަ ތަޖުރިބާ މަތިކުރެވޭނެ ކަމަށާއި ރާއްޖެއަށް ދަތުރުކުރާ މެހެމާނުންނަށް ޗުއްޓީގެ މަގުބޫލު މަންޒިލްތަކަށް ފަސޭހަކަމާއެކު ދަތުރުރކުރެވޭނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް މޯލްޑިވިއަންގެ ހިދުމަތްތަކަށް އެއްވެސް ދަތިކަމެއް ނެތި ޑޮމެސްޓިކް އެއާޕޯޓްތަކަށް ދަތުރުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި އެއްބާރުލުމަކީ ޔޫއޭއީގެ ވެރިރަށް ޔޫއޭއީގެ މަޝްހޫރު މެހެމާންދާރީއާއި އެތައް ޝައުގުވެރިކަމެއްގައި ބައިވެރިވެ، އަބޫދާބީގައި މުއްސަނދި ސްޓޮޕްއޮވަރަކާއެކު ހުވަފެނީ ރާއްޖެ ތަޖުރިބާ ކޮށްލުމަށް ލިބިގެންދާނެ ފުރުސަތެއްކަމަށް އާރިކް ޑީ ވަނީ ވިދާޅުވެފައެވެ.

މި އެއްބަސްވުމަކީ ފަސިންޖަރުންނަށް ތަފާތު ދަތުރުތަކުގެ ތަޖުރިބާތަކާއި، ސީމްލޭސް ކަނެކްޓިވިޓީއާއި، އެއްވެސް ތަފާތު ކުރުމެއްނެތި ޚިދުމަތް ފޯރުކޮށްދިނުމަށް މޯލްޑިވިއަން އިން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު