ސްކޫލް ބަންދު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ އިތުރު ފްލައިޓްތަކެއް އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ބޭއްވުމަށް ނިންމައިފިއެވެ.

ކޮންމެ އަހަރަކުވެސް އަހަރު ނިންމުން ފާހަގަ ކުރުމަށް އާއްމުކޮށް ޗުއްޓީ ހޭދަ ކުރުމަށް ތަންތަނަށް ދިއުމަކީ އާއްމު ކަމެކެވެ. އަދި ސްކޫލް ބަންދުގެ ޗުއްޓީވެސް އަންނަނީ މި ދުވަސްވަރެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މި މަހުގެ 21 އަދި 22 ގައި އިތުރު ފްލައިޓްތަކެއް ބާއްވާނެ ކަމަށެވެ.

އަދި ފުވައްމުލަކަށްވެސް އިތުރު ފްލައިޓްތަކެއް ޑިސެމްބަރު 21 ވަނަ ދުވަހު ބާއްވާނެ ކަަމަށްވެސް މޯލްޑިވިއަންއިން ބުނެފައި ވެއެވެ.

މޯލްޑިވިއަނުން މީގެ ކުރިން އާއްމުކޮށްފައިވާ ޝެޑިއުލްގައިވާގޮތުން ހޯރަފުއްޓަށް އިތުރު ހަތަރު ފްލައިޓް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ފުނަދޫއަށް އިތުރު ތިން ފްލައިޓް ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު، މާވަރުލު އެއާޕޯޓަށް އިތުރު ތިން ދަތުރު ބާއްވަން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ތިމަރަފުއްޓަށްވެސް އިތުރު އެއް ދަތުރު ބާއްވަން ނިންމާފައި ވެއެވެ.

މޯލްޑިވިއަން އިން ރާއްޖޭގެ މައިގަނޑު ހުރިހާ މަންޒިލްތަކަށްވެސް ދަތުރު ކުރާއިރު، ރާއްޖެއިން ބޭރަށް ދަތުރުތައް ފުޅާ ކުރުމަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު