އާރޓް އެންޑް ކްރާފްޓަށް ހާއްސަކޮށް މާލޭގައި ހުޅުވި ފިހާރަ "ކްރާފްޓީ ވޯލްޑް" އިން ފުރަތަމަ ޓާމްގެ ޗުއްޓީއާ ދިމާކޮށް ކުޑަކުދިންނަށް ހާއްސަކޮށް ގަހަނާ ހަދަން ދަސްކޮށްދޭ "ކިޑްސް ޖްވެލަރީ މޭކިންގ" ކްލްާސްތަކެއް ބާއްވަން ނިންމައިފިއެވެ.

އެއްތަނަކުން އާރޓް އެންޑް ކްރާފްޓަށް ހާއްސަ، މަޝްހޫރު ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ލިބެން ހުންނަ ކްރާފްޓީ ވޯލްޑްއަކީ ދެ ފަންގިފިލާއަށް ހުންނަ އާރޓް ސްޓޫޑިއަކާއެކު ހިންގަމުންދާ ފިހާރައެކެވެ.

މީގެ ކުރިންވެސް ކްރާފްޓީ ވޯލްޑްގައި ތަފާތު ކްލާސްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

ކްރާފްޓީ ވޯލްޑް ފިހާރަ

ކްރާފްޓީ ވޯލްޑް އިން މައުލޫމާތުދިންގޮތުގައި، އުުމުރުން 9 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނަށް، 10 ދުވަސް ތެރޭގައި ގަހަނާ ހަދަން ދަަސްކޮށްދޭ މި ކޯހުގައި ކީޗެއިން ހަދަން ދަސްކޮށްދިނުމާއި، ފަށާއި ބްރޭސްލެޓާއި، ފައިގައި އަޅާ ފަށާއި އިޔަރ ރިންގް އަދި އޭގެ އިތުރުން އިސްތަށިގަނޑުގައި ބޭނުން ކުރާ ފަށާއި، މާސްކްގައި އަޅުވާ ފަށާއި، އައިނުގައި އަޅުވާ ފަށް ފަދަ ގަހަނާތައް ތައްޔާރު ކުރުން ފަދަ އެތައް ކަމެއް ދަަސްކޮށް ދޭނެއެވެ.

މި ކްލާސްތައް ފެށޭނީ ޑިސެމްބަރު 24 ވަނަ ދުވަހުއެވެ. މި ކްލާސްތައް ކުރިއަށްގެންދަނީ ލަވޭލިއާ.އެމްވީގެ ވެރިޔާއާ ގުޅިގެންނެެވެ. މި ކްލާސްތަކުގެ ފީއަކީ 1،000ރ އެވެ.

މި ފިހާރައަކީ ދިވެހި އާރޓިސްޓުންނަށް ކަމުދާ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތަކާއި ސްކޫލް ކުދިންނަށާއި، އޮފީސް ތަކަށް ހާއްސަ ސްޓޭޝަނަރީސްގެ އިތުރުން ޑީއައިވައި އުފެއްދުންތަކަށް ހާއްސަ ކޮށްގެން ހުޅުވި ފިހާރައެކެވެ.

ކްރާފްޓީ ވޯލްޑް

މި ފިހާރަ ހުންނާނީ މާލޭގެ ލޮނުޒިޔާރަތް މަގުގައި ހުންނަ ގ.ރިވަރިން ގައެވެ. ފިހާރައިގެ ނަމްބަރަކީ 7486661 އެވެ.

ކިޔުންތެރިންގެ ހިޔާލު