ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް 925 އެއާ ޓްރެފިކް މޫވްމެންޓާއެކު މިދިޔަ ހޮނިހިރު ދުވަހު އެއާޕޯޓުގެ އާ ރެކޯޑެއް ގާއިމްކޮށްފިއެވެ. މިއީ މިހާތަނަށް ވީއައިއޭގައި ރިކޯޑް ކުރެވުނު އެންމެ ގިނަ ޓްރެފިކް މޫވްމެންޓުކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރުވެސް ޖެނުއަރީ މަހު ރެކޯޑް ހަދާފައި ވެއެވެ. އެފަހަރު ރެކޯޑް ހެދީ 856 އެއާ ޓްރެފިކް މޫވްމެންޓާއެގައެވެ.

އޭގެ ފަހުން 861 އެއާ ޓްރެެފިކް މޫވްމަންޓްގެ ރެކޯޑެއް ހަދާފައި ވެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މިދިޔަ ހޮނިހިރު ދުވަހު ވީއައައިއޭގެ އެއާ ޓްރެފިކް މޫވްމަންޓްގެ އަދަދު 956 ގައި ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

އެމްއޭސީއެލްއިން ބުނީ ފްލައިޓް މޫވްމަންޓް އިތުރުވެފައިވަނީ ރާއްޖެއަށް ޖައްސަމުންދާ ޖެޓްތަކުގެ އަދަދު އިތުރުވެފައިވާތީ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 672 އަކީ ސީޕްލޭންގެ މޫވްމަންޓާއި އިންޓަނޭޝަނަލް 104 މޫވްމަންޓާއި ޑޮމެސްޓިކް 116 މޫވްމަންޓާއި ޖެޓްތަކުގެ 33 މޫވްމަންޓެވެ.

ވެލާނާ އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ތޮހާ ވިދާޅުވީ މިކާމިޔާބީއަކީ މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ

"މި ފަދަ ދުވަހެއް މަގުފަހިކޮށްދިނުމުގައި އެއާލައިންތަކާއި އޮޕަރޭޓަރުންގެ ފަރާތުން ލިބުނު ހާއްސަ އެއްބާރުލުމަށް ޝުކުރު ދަންނަވަން،".