މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ 58 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، އެއާޕޯޓުގެ ބައި ގަރުނުވީ ހަޔާތުގައި އެތަން އެންމެ ބޮޑަށް ބަދަލުކޮށްލާ އިންޓަނޭޝަނަލް ޓާމިނަލްގެ ބިޔަ މަޝްރޫއު ނިމުމަކާ ގާތްވަނީއެވެ. މި އަހަރުގެ ފަހު ކޮޅު އެ މަޝްރޫއު ނިންމައި އިންގިލާބީ ބަދަލުތަކާއެކު ހިދުމަތް ދޭން ތައްޔާރުވަމުންދާއިރު، އަދުގެ ސަރުކާރު އޮތީ ރާއްޖޭގެ މައި ދޮރާށީގެ ތަރައްގީ އެހާ ހިސާބުން ބަންދު ކުރާ ގޮތަކަށް ނޫނެވެ. ކުރިއަށް އޮތް 20 އަހަރަށް ވެސް އެތަނުގެ ބޮޑު މާސްޓާ ޕްލޭނެއް އެބަ އޮތެވެ.

އެއާޕޯޓުގެ ތަރައްގީގެ ދެވަނަ ފިޔަވަހީގެ ޕްލޭން އިފްތިތާހު ކުރުމަށް ޖެނުއަރީ 4 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، އާ ޕަސެންޖާ ޓާމިނަލާއެކު އަހަރަކު 7.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދޭން ފެށޭއިރު، މާސްޓާޕްލޭންގެ ދަށުން ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި އެ އަދަދު 25 މިލިއަނަށް އެރުވޭނެ ކަމަށެވެ. އެ މާސްޓާޕްލޭންގައިވާ ގޮތުން 20 އަހަރު ތެރޭގައި ޓާމިނަލް 218،000 އަކަ މީޓަރަށް ބޮޑުކުރާނެއެވެ.

އެގޮތުން 35،000 އަކަމީޓަރުގެ ބޮޑު ޑޮމެސްޓިކް ޓާމިނަލެއް ގާއިމްކުރުމަކީ އެ އެއާޕޯޓުގެ ތަރައްގީގެ ދެވަނަ ފިޔަވަހީގައި ހިމެނޭ މުހިންމު މަސައްކަތެކެވެ. މިހާރު ގަޑިއަކު 300 ފަސިންޖަރުންނަށް ހިދުމަތް ފޯރުކޮށްދެމުން އަންނަ ޑޮމެސްޓިކް ޓާމިނަލްގެ ބަދަލުގައި އާ ޓާމިނަލް ހުޅުވުމުން ގަޑިއަކު 2،000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ.

20 އަހަރުގެ ތަސައްވުރާ އެއްގޮތަށް އެއާޕޯޓު ތަރައްގީކުރުމުން އޮންނާނެ ގޮތުގެ ކުރެހުމެއް -- ފޮޓޯ: އެމްއޭސީއެލް

އާ ޑޮމެސްޓިކް ޓާމިނަލްގައި 8 ޑިޕާޗާ ގޭޓާއި އެއާލައިން ލައުންޖްތަކާއި، އޮފީސްތަކާއި، ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި، ކެފޭތައް ވެސް ހުންނާނެއެވެ. އޭގެ އިތުރުން ސެލްފް ސާވިސް ކިއޮސްކްތަކާއި، ބޭގް ޑްރޮޕްތައް ވެސް ގާއިމްކުރާނެއެވެ. ޑޮމެސްޓިކް އާ ޓާމިނަލްގައި އެންމެ ޒަމާނީ ގޮތްތަކަށް ޗެކިން ކުރެވޭ ނިޒާމުތައް ވެސް ހަމަޖެހިފައި ހުންނާނެއެވެ. އަދި އެ ޓާމިނަލުން ސީދާ މާލެއާއި ހުޅުމާލެ އަދި އެހެނިހެން ތަންތަނަށް ދަތުފަތުރު ކުރުމުގެ އިންތިޒާމުތައް ވެސް ލުއިފަސޭހަ ގޮތަކަށް ހަމަޖެހިގެންދާނެެވެ.

މި ޑޮމެސްޓިކް ޓާމިނަލް ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ މިހާރު އިންޓަނޭޝަނަލް ޓާމިނަލްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ސަރަހައްދުގައެވެ. އިންޓަނޭޝަނަލް އާ ޓާމިނަލެއް އެޅުމުގެ މަސައްކަތް މިހާރު ވެސް ވަރަށް ބާރަށް ހިނގަމުން އަންނައިރު، އަމާޒަކީ މި އަހަރުގެ ފަހުކޮޅު އިންޓަނޭޝަނަލް އާ ޓާމިނަލް ނިންމުމެވެ.

އެއާޕޯޓުގައި މިހާރު އާ ކާގޯ ޓާމިނަލެއްގެ ހިދުމަތް ފަށާފައިވާއިރު، އެތަނުން އަހަރަކު އެއް ލައްކަ ޓަނުގެ މުދާ އުފުލުމުގެ ކެޕޭސިޓީ ހުންނާނެއެވެ. 20 އަހަރު ދުވަހުގެ ތެރޭގައި ރާވާފައި ވަނީ އެ އަދަދު ތިން ގުނައަށް ބޮޑުކޮށް އަހަރަކު ތިން ލައްކަ ޓަނުގެ މުދާ އުފުލޭ ގޮތަށް ކެޕޭސިޓީ ބޮޑުކުރުމަށެވެ.

އޭގެ އިތުރުން އެންމެ ޒަމާނީ ފެންވަރަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ މެއިންޓެނެންސް، ރިޕެއާ، އޯވަހޯލް (އެމްއާރްއޯ) ފެސިލިޓީއެއް ގާއިމް ކުރުން ވެސް 20 އަހަރުގެ ތަސައްވުރުގައި ހިމެނެއެވެ. އެއާއެކު، މަތިންދާބޯޓުތައް މަރާމާތު ކުރުމާއި އިންޖިނިއަރިން މަސައްކަތް އެންމެ ރަނގަޅު ފެންވަަރުގައި ކުރެވިގެންދާނެއެވެ.

މިހާރު އެއާޕޯޓުގެ ފިއުލް ފާމްގެ ކެޕޭސިޓީ ވަނީ 15 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް ބޮޑުކޮށްފައެވެ. އެހެންނަމަވެސް، ކުރިއަށް އޮތްތަނުގައި އެ އަދަދު 100 މިލިއަން ލީޓަރަށް އަރުވަން ވަނީ މާސްޓާޕްލޭންގައި ހިމަނައިފައެވެ.

އެއާޕޯޓުގެ ފެންވަރު މުސްތަގުބަލުގައި އެހެން ހަރުފަތަކަށް ގެންދިޔުމަށް ރާވާފައިވާ މުހިންމު އަނެއް މަޝްރޫއަކީ މާލެ އާ ކައިރި ތަނެއްގައި އިތުރު ސީޕްލޭން ޓާމިނަލެއް އެޅުމެވެ. އެއާއެކު، ފަތުރުވެރިން އެންމެ މަތީ ފެންވަރުގައި އެ މީހުންގެ މަންޒަލުތަކަށް ގެންދެވޭނެ ހިދުމަތް ދެވޭނެއެވެ. އަދި ސީޕްލޭންގެ ހިދުމަތް މިހާރަށް ވުރެ އެތައް ގުނައެއް ފުޅާވެގެންދާނެއެވެ.

އޭގެ އިތުރުން، މިހާރު ފިއުލް ރައްކާ ކުރުމަށް ބޭނުންކުރާ ފުނަދޫ ހާއްސަ އިގްތިސާދީ ޒޯނެއްގެ ގޮތުގައި ތަރައްގީކޮށް އެތަން މޮނޮރެއިލްއިން ހުޅުލެއާއި މާލެއާ ގުޅާލާނެއެވެ. އެތަން ތަރައްގީ ކުރާނީ ޓްރާންސިޓް މަންޒިލެއްގެ ގޮތުގައެވެ. އެގޮތުން، އެތަނުގައި ޝޮޕިން ސެންޓަރުތަކާއި ކޮންވެންޝަން ސެންޓަރަކާއި، މުނިފޫހިފިލުވާ ތަންތަނާއި، ރެސްޓޯރެންޓުތައް ހުންނާނެއެވެ.

މުސްތަގުބަލުގައި ފުނަދޫ ތަރައްގީ ކުރާނެ ގޮތުގެ ކުރެހުމެއް -- ފޮޓޯ:އެމްއޭސީއެލް

ރައީސް ޑރ. މުއިއްޒުގެ 20 އަހަރުގެ ތަސައްވުރާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ރައީސްގެ ވިސްނުންފުޅަކީ ވަރަށް މަދު ބަޔަކަށް ނޫނީ ނުވިސްނޭނެ ގޮތެއް ކަމަށެވެ.

"މައިގަނޑުގޮތެއްގައި ތަނެއް ތަރައްޤީކުރާއިރު މި ބޭނުންކުރާ ސްޓެޓިސްޓިކަލް ހަމަތަކަކީ ލެގިންގ ޑޭޓާ ޔޫސްކުރުން. އެއީ ފާއިތުވި ތަނުގައި ބޭނުންކުރި އަދަދުތަކެއްގެ މައްޗައް ބިނާކޮށް މުސްތަގުބަލްގައި ތަނެއް ޕްލޭން ކޮށް މިހަދަނީ. ވަރަށް މަދު ބޭފުޅަކަށް މިޑޭޓާގެ ބޭރުން ވިސްނަވަން ކެރިވަޑައިގަންނަވާނީ ނުވަތަ އެގިވަޑައިގަންނަވާނީ. އިނގިރޭސިބަހުން ކިޔާކަށް ނޭނގެ ތިންކް އައުޓްސައިޑް ބޮކްސްއޭވެސް. އަޅުގަނޑަށް ފާހަގަވި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެ ކެޕޭސިޓީ އެބަހުރި، ޓު ތިންކް އައުޓްސައިޑް ދި ބޮކްސް. ލެގިންގ ޑޭޓާއަށް ބޭސްނުކޮށް މުސްތަގުބަލުގެ މިތަނުގެ ތަސައްވުރަކަށް ވާސިލުވެވަޑައިގަންނަވާނެ ގޮތްތައް ތަސައްވަރު ކުރައްވަން." އޭނާ ވިދާޅުވިއެވެ.

މާސްޓާޕްލޭނާ އެއްގޮތަށް އެއާޕޯޓު ތަރައްގީކޮށް ނިމޭއިރު، ބޭރުން ހަމައެކަނި އެތަނަށް ޒިޔާރަތް ކުރަން ވެސް މީހުން އަންނަ ވަރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރަހައްދީ ގޮތުން ވެސް ފާހަގަކޮށްލެވޭ އެއާޕޯޓަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"އޭގެ ތެރޭގައި އަޅުގަނޑުމެންގެ ވެލާނާ އެއާޕޯޓަކީ މިސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ އެއާޕޯޓަކަށް ބަދަލުވެގެންދާނެ. މިތަނަށް ޕަސިންޖަރުން އަންނާނީކީ އޭރުން ހަމައެކަނި ޑެސްޓިނޭޝަނަކަށްދާ ޓްރާންސިޓް ޕޮއިންޓަކަށް ނޫން. މިތަން އެކްސްޕީރިއަންސް ކުރަންް އަންނާނެ ފަސިންޖަރުން ދުނިޔޭގެ އެތައް މިތަނުގައި ތިބޭނެ. މިއާ ގުޅިފައިވާ ފްރީޒޯނާއި (އެކޮނޮމިކް ފްރީ ޒޯން) ނުނީ ޝޮޕިން، މިކަހަލަ ބައިވަރު އެކްސްޕީރިއަންސްތަކެއް ހިމެނޭނެ." އޭނާ ވިދާޅުވިއެވެ.

20 އަހަރުގެ ތަސައްވުރާ އެއްގޮތަށް އެއާޕޯޓު ތަރައްގީކުރުމުން އޮންނާނެ ގޮތުގެ ކުރެހުމެއް -- ފޮޓޯ: އެމްއޭސީއެލް

ޕްރައިވެޓް ޖެޓުތަކަށް ދެވޭ ހިދުމަތްތައް ފުޅާ ކުރުމުން އެފަދަ ޖެޓުތައް ރާއްޖެއަށް އައުމަށް އެއްވެސް ޖެހިލުމެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމްއާރްއޯ ފެސިލިޓީ ގާއިމްވުމުން ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމެއް ހައްލުވާނެ ކަމުގެ ޔަގީންކަން އޮންނާނެކަން ފާހަގަކުރެއްވިއެވެ.

"އޭގެ ސަބަބުން ބޯޓެއް މިތަނަށް އަންނާކަށް އެއްވެސް ކަހަލަ ޖެހިލުމެއް ނުވާނެ. ތިމަންނައަށް ޓެކްނިކަލް އިޝޫއެއް ދިމާވެއްޖެއްޔާ މިތަނުން ހައްލުވާނެ. އެހެންކަމުން މިކަހަލަ ތަފާތު ވިސްނުންތަކެއްގައި ރައީސް. ޑރ. މުޙައްމަދު މުޢިއްޒުގެ އެޕްލޭން އެއޮތީ. އެއީ ހަމަ ވަރަށް އެމްބިޝަސް އެކަމަކު ގައުމަށް ވަރަށް ބޭނުން އަދި ވަރަށް އެއާޕޯޓަކީ ތަފާތު ތަނަކަށް ވެގެންދާނެ މަޝްރޫއެއް." ޝަރީފް ވިދާޅުވިއެވެ.

އެއާޕޯޓުގައި މިހާރު އެއްފަހަރާ ޕާކުކޮށް ހިދުމަތް ދެވެނީ އެއްފަހަރާ 34 ޕްރައިވެޓު ޖެޓަށެވެ. އެހެންނަމަވެސް، 20 އަހަރު ތެރޭގައި 73 ޖެޓަށް ހިދުމަތް ދެވޭނެ ގޮތަށް އެތަން ފުޅާކުރަން ރާވާފައިވެއެވެ. އަދި ޖެޓުތަކުން އަންނަ ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ހާއްސަ ޖެޓު ޓާމިނަލެއް ވެސް ގާއިމްކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިބޫ ޖަހުލު

    20 އަހަރުގެ ތަސައްވަރަށް މަސައްކަތް ކުރެވޭނީ މުއިއްޒުކަހަލަ އިހުލާސްތެރިންނަށް.
    އެމްޑީޕީ އަދި ޑިމޮކްރެޓްސް އުޅުނީ އޮޅުވާލުމާ، ލާރި ޗާޕު ކުރުމާ، ދޮގު ވައުދުތަށް ބޭނުންކޮށްގެން ވެރިކަން ހިސޯރުކުރަން

    13
    2
  2. ވައިކާންޓް

    ވެލާނާ އެއާރޕޯރޓް ބޮޑުކުރުމަށް ޓަކައި ސީޕްލޭން ޓަރމިނަލް ތެޔޮ ފުނަދޫ އަށް ބަދަލު ކުރުމަށް ވުރެން މާބޮޑު ތަން ޚަރަދުކުޑަވާނެއޭ ފޭދޫ ފިނޮޅު އިރުން އޮތް ބޮޑު ފަޅު ހިއްކާ އެތަނާއި މާލެ އަދި އެތަނާއި ހުޅުލެ އާއި ދެމެދު ބްރިޖް އެޅިނަމަވެސް ސަބަބަކީ ތެޔޮ ފުނަދޫގައި ކޮށްފައިވާ އިންވެސްޓްމެންޓް ޓައިމް ވެލިއު ފޯރ މަނީގެ ތިއަރީ ދަށުން ހަދާނަމަ 1 ބިލިއަން ޑޮލަރަށް އަރާނެއޭ ތަނެއް ހަދާ އަދި ފުނަދޫ އަލަށް ހެދުން އެއީ ޚަރަދު ބޮޑުވެ ވަގުތުވެސް އެކަމަށް ދާނެއޭ ވަގުތު ދިގުވުމުން ސަރުކާރުގެ ބޮޑުންނަށް ހީވަނީ އެއީ މަޝްރޫއުގެ އަގުބޮޑު ނުވާނޭ ކަމަށް އެހެން ނޫނޭ ވާނީ މަޝްރޫެއުގެ އަގުބޮޑުވާނެއޭ އޭގައި އިންޓަރނަލް އަދި އެކްސްޓަރނަލް ކަންކަން ވަދެ އަދި ޓީވީއެމް ތިއަރީގެ ދަށުން ޓައިމް ވެލިއު ފޯރ މަނީ ހިސާބު ހެދުމުން ތެޔޮ ފުނަދޫ އެއާރޕޯރޓަށް އެނެކްސް ކުރުން އެއީ ފައިސާގެ ގޮތުން ދެކޮޅު ޖެހޭނެ ކަމެއް ނޫނޭ މުއިއްޒުގެ ސަރުކާރުން މިކަމަށް ބިޒްނެސް ޕްލޭނެއް ހަދާފައި ނެތް ކަން މަމެން ހުވާކޮށްގަައި ބުނަމޭ ވައި ކާންޓް އައި ބްރީދް ވެންއެވަރ އައި ތިންކް އެބައުޓް އިޓް ވައި ކާންޓް އައި ބްރީދް ވެންއެވަރ އައި ތިންކް އެބައުޓް އިޓް ވައި ކާންޓް އައި ބްރީދް ވައި ކާންޓް އައި ބްރީދް ވައި ކާންޓް އައި ބްރީދް ވައި ކާންޓް އައި ބްރީދް އޯއް އޯއް އޯއް އޯއް ބޭބީ އައި އޭމް ޑައިންގް އޯވަރ ހިއަރ ޑާންސް ޑާންސް ޑާންސް ޑާންސް...

    2
    1
  3. ހަސަން

    ތީ ޔާމީންގެ ދުރު ވިސްނުމުގެ ޕުލޭން އެއް ތި މަސައްކަތް ފެށީ ޔާމީން

    8
    4
  4. ވައިކާންޓް

    މީގެ 58 އަހަރު ކުރިން ވެލާނާ އެއާރޕޯރޓް ރައީސް ނާސިރު އާއި ކޮލި އަލިމަނިކު މެން ފެށުމުން އެއިރު ވެސް ލަންކާ އާއި އިންޑިއާ އިން ރާއްޖެ އަށް މަލާމާތް ކުރިއޭ އެމެން ބުނީ ދެން ހަކެނައިން ދަތުރު ކުރަން ކޮންމެހެން އެއާރޕޯރޓެއް ހަދައިގެން ނުހިންގޭނެ ކަމަށޭ ވެލާނާ އެއާރޕޯރޓު ފެެއްޓެވީ ރައީސް ނާސިރު ދެން އެއެއަރޕޯރޓް އެއީ ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހަދަން ފެށީ ރައީސް ޔާމީނޭ މީއޭ ވެލާނާ އެއަރޕޯރޓްގެ ދެ ބަތަލުންނަކީ ކެނެރީގެ ނަޝީދުވީ އެއަރޕޯރޓް ފުނޑާލި މީހަކަށޭ އޭނާގެ ތާރީޚް ލިޔާނަމަ ވެލާނާ އެއާރޕޯރޓް ގެ ބައި ލިޔެވޭނީ ކަޅު ހަސަން ރަސްގެފާނު ތާރީޚް ލިޔުނު ގޮތަށޭ އޭނާ އެއީ ރާއްޖޭގެ ރައްޔިތުންގެ އަދުއްވެކޭ އޭނާ އެއީ ބަތާހަރާމީ ހަރާމްކޯރެކޭ ކެނެރީގެ ނަޝީދު މިގައުމުގެ ވެރިކަމަށް ވޯޓް އިން ވައްކަންކޮށްގެން ފާނުވިނަމަ މިއަދު އިންޑިއާ އަށް ސަލާމް ޖަހަން ނުޖެހޭނެއޭ ދިވެހިން ވައި ކާންޓް އައި ބްރީދް ވެން އައި ސީ ދިސް ކެނެރީގެ އިޑިއަޓް ފޭސް ވައި ކާންޓް އައި ބްރީދް ވެން އައި ސީ ދިސް ކެނެރީގެ އިޑިއަޓް ފޭސް ވައި ކާންޓް އައި ބްރީދް ވެން އައި ސީ ދިސް ކެނެރީގެ އިޑިއަޓް ފޭސް ވައި ކާންޓް އައި ބްރީދް ވެން އައި ސީ ދިސް ކެނެރީގެ އިޑިއަޓް ފޭސް ވައި ކާންޓް އައި ބްރީދް ވައި ކާންޓް އައި ބްރީދް ވައި ކާންޓް އައި ބްރީދް ވައި ކާންޓް އައި ބްރީދް ވައި ކާންޓް އައި ބްރީދް ޑާންސް ޑާންސް ޑާންސް ޑާންސް...

  5. ވައިކާންޓް

    ވެލާނާ އެއާރޕޯރޓް ގައި އާންމު ހޮަޓަލަކަށް މިހުންނަނީ އެންމެ ހޮޓަލެކޭ އެއީ އެކަން ވާން ޖެހޭނެ ގޮތެއް ނޫނޭ އެއާރޕޯރޓް ގައި ހޮޓަލުގެ އުތުރުން އޮތް ބޭނުން ނުކުރާ ބޮޑު ބިން އެމްޓީސީސީ އަށް ދީގެން އެތަނުން 1 ހެކްޓަރު ބިން ނަގާ އެތަން 25 ބުރިއަށް ހަދާ އެތަނުގައި އާންމު ހޮޓާ ތައް ކޮންޓްރޯލް ކުރެވިފައިވާ އަގުތަކުގައި ޚިދްމަތް ދޭން ފަށާށޭ ރާއްޖެތެރޭން އަންނަ ނިކަމެއްޗަކު އެހޮޓަލަކަށް ވަދެ ބަތްތައްޓަކާއި ރިހަކޮޅެއް ކާލުމުން ދަވާލަނީ 100 ރުފިޔާގެ އަގުންނޭ މީ ސީދާ އައްޑޫ ބޮޑު ވަގު ބުރުޒު އަޒީ ވެލާނާ އެއަރޕޯރޓްގެ ބޮޑުންނަށް ތިބޭ ބޮޑެތި ވަގުންނާއި ގުޅިގެން އާންމުން ލޫޓުވަނީއޭ މިކަން ހުއްޓުވާށޭ ދިމްޔާތޭ ކަލޭ މިކަން ހުއްޓުވާށޭ ވައި ކާންޓް އައި ބްރީދް ވެންއެވަރ ދީސް ތީވްސް ފްރޮމް އައްޑޫ ލޫޓިންގް އަސް ވައި ކާންޓް އައި ބްރީދް ވެންއެވަރ ދީސް ތީވްސް ފްރޮމް އައްޑޫ ލޫޓިންގް އަސް ވައި ކާންޓް އައި ބްރީދް ވެންއެވަރ ދީސް ތީވްސް ފްރޮމް އައްޑޫ ލޫޓިންގް އަސް ވައި ކާންޓް އައި ބްރީދް ވައި ކާންޓް އައި ބްރީދް ވައި ކާންޓް އައި ބްރީދް ވައި ކާންޓް އައި ބްރީދް ވައި ކާންޓް އައި ބްރީދް އޯއް ބޭބީ އައި އޭމް ޑައިންގް އޯވަރ ހިއަރ ޑާންސް ޑާންސް ޑާންސް ޑާންސް....

  6. ވައިކާންޓް

    މާލޭގެ ކުދި ވިޔާފާރިން ފެށިގެން ގޮސް އެންމެ ބޮޑެތި ވިޔާފާރި އާއި ހަމައަށް ބަލާއިރު ޕޭޖް ހާރޑްވެއަރ ދެން ބީއެޗްއެމް ދެން ސޮނީ ނަގާފައި ހުރި ހުރިހާ ވިޔާފާރި ތަކަކީ އެއީ ބޮޑު އަގުގައި މާލޭން ތަންތަން ކުއްޔަށް ހިފައިގެން ވިޔާފާރި ކުރާ މީހުންނޭ އެހުރިހާ ވިޔާފާރިވެރިން ކުލީގެ ގޮތުގައި މާލޭގެ ގޯތީގެ އަހުލުންނަށް މަހަކު ދައްކާ އަދަދު 10 ބިލިއަން ރުފިޔާ އާއި ގާތްކުރާނެއޭ އެ ހުރިހާ ވިޔާފާރިތަކަށް ބިންދޭން ހުޅުމޭން ބިން ހިއްކާ ބިންތައް ކުޑަކުއްޔަކަށް ދޭން ވިސްނާށޭ ޒކާތް ފެށެން ޖެހޭނީ ގޭތެރެއިންނޭ މާލެ ސަރަހައްދުންނޭ ފުރަތަމަ ރާއްޖޭގެ އިގްތިސާދަށް ހައްލު ގެންނަން ޖެހޭނީ އެއިރުން ތަކެތީގެ އަގު ދަށްވެ ލިވިންގް ކޮސްޓް ދަށްކުރެވޭނީ ވައި ކާންޓް އައި ބްރީދް ވެންއެވަރ އައި ތިންކް އޮފް އިޓް ވައި ކާންޓް އައި ބްރީދް ވެންއެވަރ އައި ތިންކް އޮފް އިޓް ވައި ކާންޓް އައި ބްރީދް ވެންއެވަރ އައި ތިންކް އޮފް އިޓް ވައި ކާންޓް އައި ބްރީދް ވެންއެވަރ އައި ތިންކް އޮފް އިޓް ވައި ކާންޓް އައި ބްރީދް ވައި ކާންޓް އައި ބްރީދް ވައި ކާންޓް އައި ބްރީދް ވައި ކާންޓް އައި ބްރީދް އޯއް އޯއް އޯއް އޯއް ބޭބީ އައި އޭމް ޑައިންގް އޯވަރ ހިއަރ ޑާންސް ޑާންސް ޑާންސް ޑާންސް....

    1
    2