މުވައްޒަފުންގެ މެދުގައި ލޯތްބާއި ދުޅަހެޔޮކަށް އިތުރުކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ތަށި ބަރި މޫވްމެންޓް ފަށައިފިއެވެ.

އެމްއޭސީއެލްގެ އޮކިއުޕޭޝަނަލް ސޭފްޓީގެ ސީނިއާ އޮފިސަރު މަރިޔަމް އިފާ ވިދާޅުވީ ތަށިބަރި މޫވްމެންޓަކީ ރޯދަޔާ ގުޅިގެން އެ ކުންފުނިން ޕްލޭންކުރި ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެއް ކަމަށެވެ. މި ހަރާކަތުގައި އެމްއޭސީއެލްއިން މުޅިން އަލަށް ތަށިބަރި މޫވްމެންޓް އިފްތިހާހުކުރެވިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ތަށި މޫވްމެންޓްގެ ޝިއާރަކީ މިންހެޔޮ ހިތްހެޔޮ ތަށި ބަރިއެވެ.

"ތަށި ބަރީގައި އެންފަސައިޒް ކުރަނީ ވީހާ ވެސް ސިއްހަތަށް ރަނގަޅު ކާނާ ހިމެނުމަށް. މިސާލަކަށް ތެލުލި އެއްޗިހީގެ ބަދަލުގައި ފިހުނު އެއްޗހި ހިމެނުމަށް. ވީހާ ވެސް ތެޔޮ މަދުކޮށް ނޫނީ ލޮނު ވެސް މަދުކޮށްލާފައި. ފޮނި އެއްޗިހި ވެސް މަދުކޮށްލާ، ތަރުކާރީއާއި މޭވާ އޭގެ ތެރޭގައި ގިނައިން ހިމަނައިގެން މިންހަމަ ކެޔުމެއް އެންމެންގެ ތެެރޭގައި ޕްރޮމޯޓް ކުރުމަށް މި ހަރަކާތް ކުރިއަށް ދަނީ.". އިފާ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ތަށިބަރި ވޫމްވެންޓްގެ ތެރެއިން--

އިފާ ވިދާޅުވީ އުންމީދަކީ ތަށިބަރި ވޫމްވެންޓްގެ ޒަރިއްޔާއިން ވެސް ސިއްހީ ގޮތުން ދުޅަހެޔޮ މުވައްޒަފުންތަކެއް އެމްއޭސީއެލްގައި ބިނާވެގެން ދިއުން ކަމަށެވެ.

އޭގެ އިތުރުން އެމްއޭސީއެލްގެ އޮކިއުޕޭޝަނަލް ހެލްތްގެ ސީނިއާ އޮފިސަރު ފާތިމަތު އިނާޔާ އަހްމަދު ވިދާޅުވީ ތަށިބަރި މޫވްމެންޓްގައި މިންހެޔޮ މާނަކުރަނީ ބެލެންސް ޑައިޓަަކަށް ކަމަށެވެ. އެއީ ސިއްހީ ގޮތުން ފައިދާހުރި ކާނާ މިންހެޔޮ ގޮތެއްގައި ކެޔުމަށް ކަމަށްވެސ ވިދާޅުވިއެވެ. އަދި ހިތްހެޔޮ މާނަކުރަނީ މުވައްޒަފުންގެ އެއްބައިވަންތަކަން ކަމަށްވެސް ވިދާޅުވިއެވެ.

"އެމްއޭސީއެލްގެ މުވައްޒަފުންގެ ތެރޭގައި އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް އެގޮތަށް ހިތްހެޔޮ މާނަކޮށްފައި މި އިންނަނީ. އަޅުގަނޑުމެން އެންމެ ބޮޑަށް ޕްރޮމޯޓް މި ކުރަނީ ބެލެންސް ޑައިޓެއް ވިތްއަ ގުޑް ހާޓް އެގޮތަށް ޕާސް ކުރުމަށްޓަކައި. ދެން އެގޮތުން އެމްއޭސީއެލްއިން ސްޓާފުންނަށް ދޫކޮށްފައި މި އިންނަނީ ފަސް ތަށި ބަރި." އިނާޔާ ވިދާޅުވިއެވެ.

އިނާޔާ ވިދާޅުވީ މި ރޯދަ މަހު އެ ހަރަކާތް ކުރިއަށް ގެންދަނީ ހަމައެކަނި އެމްއޭސީއެލްގެ ސްޓާފުންނަށް ކަމަށެވެ. ނަމަވެސް އަމާޒަކީ ދެން އަންނަ ރޯދަ މަހެއްގައި ގިނަ ތަށި ބަރިތަކަކާއިއެކު މި ފަހަރަށްވުރެ ބޮޑު އޯޑިއަންސަކަށް އެ މޫވްމެންޓް ހިންގުން ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖާމުނަގަރް

    ސައްހަތު މިހާރުވެސް ވަރަށް ރަނގަޅު //

  2. ލަޑުމާ

    ތިހިން މިދިޔަ ސަރުކާރުގަ ސްކޫލް ކުދިންނައް ނާސްތާވެސް ދިން..ތިވެސް އެކަލަ އެއްޗެއް،،

  3. ޢަހު

    ރަނގަލހު ކަމެއް. ޢެކަމަކު ބައެއް މުވައްޒަފުމް އުޅެނީ އިތުރު ގަޑިއާ ސަލަމާ ނެގުމުގަ. ޢަދި ނުވިތާކަށް ތަނުގެ އެތެރޭ މަސްލަހަތު ނަގާޅެވޭނެ ހުރިހާ ކަމެއް ކުރޭ. ޢަދި އެކުވެރިކަން އާލަ ކުރުމަށް ކުރެވޭ ކަންކަމުފަ ފާލުކަން ބޮޑުކޮށް ދެކޮޅު ހަދަމުން ދަނީ.