ރާއްޖެއަށް އެންމެ ފަހުގެ ސްމާޓް ފޯނު ގެނެސް ވިއްކުމުގައި އާއްމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އެލް މޯބައިލް އިން ސެމްސަންގް އިން އެންމެ ފަހުން ނެރުނު ސެމްސަންގް އެސް24 ސީރީޒް ގެ ޕްރީ-އޯޑާއަށް ހުޅުވާލައިފިއެވެ.

ސެމްސަންގްގެ އެސް24 ސީރީޒްގެ ފޯނު ދުނިޔޭގެ ބާޒާރަށް ނެރެން ހަމަޖެހިފައި ވަނީ ޖެނުއަރީ 31 ވަނަ ދުވަހެވެ.

ސެމްސަންގް އެސް24 ސީރީޒްގައި 3 މޮޑެލް ހިމެއެވެ. އެއީ ސެމްސަންގް ގެލެކްސީ އެސް24، ސެމްސަންގް އެސް24 ޕްލަސްގެ އިތުރުން ސެމްސަންގް އެސް24 S24 އަލްޓްރާއެވެ.

އެލް މޯބައިލްއިން ބުނީ، ސެމެންސަންގް އެސް24 ސީރީޒްގެ ފޯނުތަކަށް މިހާރުން ފެށިގެން ޕްރިއޯޑަރު ކުރެވޭނެ ކަމަށެވެ. މިގޮތުން މިގޮތުން އެލްމޯބައިލްގެ ފިހާރަތަކަށް ނޫނީ ހޮޓްލައިން ނަމްބަރު 9360000، 7995709، 7774558 އަށް ގުޅައިގެން ނޫނީ ފިހާރައިގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖަށް މެސެޖްކޮށްގެން މި ފޯނަށް ޕްރި-އޯޑަރު ކުރެވޭނެއެވެ.

ސެމްސަންގް ގެލެކްސީ އެސް24 ގައި 8 ޖީބީގެ LPDDR5X ރެމެއް ހިމެނޭއިރު، ސެމްސަންގް ގެލެކްސީ އެސް24 ޕްލަސްގައި އާއި އަލްޓްރާގައި ހިމެނެނީ 12 ޖީބީގެ ރެމެކެވެ. އަދި ސެމްސަންގް ގެލެކްސީ އެސް24ގައި 128 ޖީބީ، 256 ޖީބީ ނުވަތަ 512 ޖީބީ (ޔޫއެފްއެސް 4.0) ސްޓޯރޭޖް ހިމެނޭ ފޯނުތައް ހިމެނޭއިރު، އެސް24 ޕްލަސްގައި ނަމަ 256 ޖީބީ އާއި 512 ޖީބީ ސްޓޯރޭޖް ހިމެނޭ ފޯނުތައް ލިބޭނެއެވެ. ސެމްސަންގް ގެލެކްސީ އެސް24 އަލްޓްރާގެ ފޯނުތަކުގައި 256 ޖީބީ، 512 ޖީބީ ނުވަތަ ހެފްޓިއާ 1 ޓީބީ ގެ ސްޓޯރޭޖެއް ހިމެނެއެވެ.

ސެމްސަންގްގެ އާ ފޯނުގެ އެންމެ ހާއްސަ ކަަމަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިމަނާފައި ވުމެވެ.

މިއީ އެންމެ ފަހުގެ ގެލެކްސީ އެސް މޮޑެލްތަކުގެ ތެރެއިން، ފޮޓޯ އެޑިޓިން، ލައިވް ޓްރާންސްލޭޓިން ކޯލްސް، ނޯޓްތައް ކުރުކޮށް، އަދި މިނޫންވެސް ގިނަ ކަންތައްތަކަށް އެހީތެރިވެދޭނެ ފޯނެކެވެ.

ކިޔުންތެރިންގެ ހިޔާލު