ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ގަނެފައިވާ އޭޓީއާރް މަރުކާގެ 4 ވަނަ ފްލައިޓް އޭޕްރިލް މަހު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

އޭވިއޭޝަން ހަބަރުތައް ގެނެސްދޭ އޭވިއާ މޯލްޑިވްސް އިން ބުނީ އެ ބޯޓުގެ ޓެސްޓް ފްލައިޓްތައް މިހާރު ފްރާންސްގައި ކުރިއަށްދާ ކަމަށެވެ.

ޓެސްޓް ފްލައިޓްތައް ނިމުމުން މި މަތިންދާބޯޓު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާއިރު، މިހާރު އަންދާޒާ ކުރާ ގޮތުގައި އޭޕްރިލް މަހުގެ ތެރޭގައި އެ މަތިންދާބޯޓު ރާއްޖެ ގެންނާނެ ކަމަށް މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވިއެވެ.

ފްލީޓް ޓްރާންސިޝަންގެ ދަށުން މޯލްޑިވިއަން އިން ޑޭޝް8އެސްގެ މުޅި ފްލީޓްގެ ބަދަލުގައި އާ އޭޓީއާރު މާރުކާގެ ބޯޓުތައް ގެންނަން ނިންމާފައިވާއިރު، މޯލްޑިވިއަންގެ އަމާޒަކީ 2025 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ އަށް އޭޓީއާރް ބޯޓު ގެނައުން ކަމަށްވެސް އެ ނޫހުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މެން

    ބޮޑެތި ބޮޓްތައް ގެނަސް މުހިންމު މައްޒިލްތަކައް ދިވެހި ފުލައިޓް ދަތިރިކުރުމަކީ އުފަލެއް ފަހުރެއް