އާ އެރައިވަލްސްއާއެކު ސޮއްޓިބިޒް އިން އެޕަލް ގަޑި ވަރަށް ބޮޑަށް އަގުހެޔޮކޮށްފިއެވެ.

ސޮއްޓިބިޒް އިން ވަނީ މި ގަޑީގެ ދެ މޮޑެލެއް ގެނެސްފައެވެ. މީގެ ތެރޭގައި އެޕަލް ވޮޗް ސީރީޒް 6ގެ 44 އެމްއެމް އާއި 40 އެމްއެމް ހިމެނެއެވެ. މި ދެ ގަޑިވެސް ސޮއްޓިބިޒް އިން ލިބެން ހުރީ މިވަގުތު ބާޒާރުގައި ހުރި އެންމެ ހެޔޮ އަގުގައެވެ.

އެ ފިހާރައިން މިހާރު 44 އެމްއެމް ގަޑިއެއް ލިބޭނީ އެންމެ 9،500ރ. އަށެވެ. އަދި 40 އެމްއެމް ގަޑިއެއް ލިބޭނީ 8،500ރ. އަށެވެ. އެހެންކަމުން ލޯބިވާ މީހަކަށް ހަދިޔާކޮށްލަން މި ގަޑި ރަނގަޅުވާނެއެވެ.

މީގެ ކޮންމެ ގަޑިއަކާއެކު ސޮއްޓިބިޒް އިން އެއް އަހަރު ދުވަހުގެ ވޮރެންޓީ ވެސް ލިބޭނެއެވެ. މި މުއްދަތުގެ ތެރޭގައި ގަޑިއަށް އެއްވެސް ކަމެއް ދިމާވެއްޖެނަމަ ސޮއްޓިބިޒް އިން އެސިސްޓް ކުރާނެއެވެ.

މި ގަޑީގައި ހިމެނޭ ހާއްސަ ފީޗާތަކުގެ ތެރޭގައި ސެންސަރެއްގެ އެހީގައި ލޭގެ އޮކްސިޖަން ލެވެލް ބަލާލެވުމާއި އީސީޖީ ޗެކު ކުރުމާއި ފިޓްނެސްގެ ކަންކަން ބަލާލެވޭނެއެވެ. އަދި ހިތުގެ ވިންދު ބެލުމާއެކު އާދަޔާ ހިލާފަށް ހިތު ވިންދު ޖަހާނަމަ އެކަން ނޮޓިފިކޭޝަންގެ ޒަރީއާއިން އަންގައިދޭނެއެވެ. ކުރުކޮށް ބުނާނަމަ މި ގަޑިއަކީ އަތުގައި އެޅުވޭ ސިއްހީ އެހީތެރިޔެކޭވެސް ބުނެވިދާނެއެވެ.

މީގެ އިތުރުން މި ގަޑި ބޭނުންކޮށްގެން ފޯނަށް އަންނަ މެސެޖުތަކަށް ރިޕްލައިކުރެވޭނެއެވެ. މި ގަޑިއަކީ ވޯޓާ ރެސިސްޓެންޓް ގަޑިއަކަށްވުމުން 50 މީޓަރު އަޑީގައި މި ގަޑި އަޅައިގެން އުޅެވޭނެއެވެ.

ސޮއްޓިބިޒް ފިހާރަ ހުންނާނީ ޗާންދަނީމަގު، ޖަލާލުއްދީން މިސްކިތް ކައިރީގައެވެ. އެ ފިހާރައިން ޑެލިވަރީގެ ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް 7750004އަށް ގުޅައިލުމުން އެ ހިދުމަތް ލިބޭނެއެވެ.