ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަރމާރކެޓް ޗެއިން؛ "ރެޑްވޭވް"އިން ކުރިއަށްގެންދިޔަ "ރެޑްވޭވް ރޯދަސޭލް 2021" ޕްރޮމޯޝަން ނިމި، ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.

މި ޕްރޮމޯޝަންގެ ރެޑްވޭވްގެ 12 ފިހާރައިގައި ކުރިއަށްގެންގޮސްފައި ވެއެވެ. ފެބްރުއަރީ އެއް ވަނަ ދުވަހުން 30 މެއިގެ ނިޔަލަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ލަކީޑްރޯ ކުރިއަށް ގެންގޮސްފައިވަނީ ރެޑްވޭވް މެގަމޯލް ގައެވެ. އަދި ރެޑްވޭވްގެ ފޭސްބުކް ޕޭޖުން މި އީވެންޓު ވަގުތުން ދައްކާފައިވެއެވެ.

މިޕްރޮމޯޝަންގައި ކަސްޓަމަރުންކުރި 500ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރިއެވެ. އެގޮތުން އެތައްހާސް ކޫޕަންގެ ތެރެއިން ރެޑްވޭވްގެ ބްރޭންޑްތަކުން 20 އިނާމް ހައްޤުވާ 10 ފަރާތެއްވަނީ ހޮވާފައެވެ. މީގެ އިތުރުންވެސް 10،000ރ ފައިސާގެ އިނާމް ހައްޤުވާ 5 ފަރާތެއްވަނީ ހޮވާފައެވެ. އަދި މުބާރާތުގެ އެންމެ އަގުބޮޑު އިނާމް؛ 100،000ރ ގެ ފައިސާގެ އިނާމް ލިބޭ ނަސީބުވެރި ފަރާތްވެސް ވަނީ މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ހޮވާފައެވެ. އެގޮތުން މި އިނާމްގެ ހައްޤުވެރިފަރާތަކަށް ވެގެންދިޔައީ "އަބްދުލް ބާރީ" (ކޫޕަން ނަމްބަރ: 0131069) އެވެ.

މި އިނާމްތަކުގެ އިތުރުން، ރެޑްވޭވް ރޯދަ ސޭލްގެ ތެރޭގައި ރެޑްވޭވްގެ ފޭސްބުކްގެޕޯސްޓްތަކަށް ލައިކް އަދި ޝެއަރކޮށް – ޓޮޕްފޭން ބެޖް ހޯދިފަރާތްތަކަށް، 5 ނަސީބުވެރި ފަރާތެއްވަނީ ހޮވާފައެވެ. އެގޮތުން 1 ވަނައަށް 55 އިންޗި ތޮޝިބާ ޓީވީއެއް ވަނީ ލިބިފައެވެ. މި އިނާމް ލިބިގެންގޮސްފައިވަނީ "ތާއިއު ރަޝީދަ"ށެވެ.

ރެޑްވޭވްއިން ބުނީ މިއަހަރުގެ ރެޑްވޭވް ރޯދަސޭލް ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުޚީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށް ކަމަށެވެ. އަދި މިހާރު ޔޫރޯއާއި ދިމާކޮށްގެންދާ އިންގެންދާ ހައިސެން ޕްރޮމޯޝަން ފަދަ އެތައް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާނެކަމުގައި ރެޑްވޭވުން ބުނެއެވެ.