ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ "ޕުޝް ނޮޓިފިކޭޝަން" ބީއެމްއެލްގެ އެޕަށް ލިބެން ފަށައިފިއެވެ.

ބީއެމްއެލް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ބީއެމްއެލް އިންޓަނެޓް ބޭންކިންގެ ހިދުމަތް ބޭނުންކޮށްގެން ކަސްޓަމަރުންގެ އަމިއްލަ އެކައުންޓްތަކުން ކުރާ މުއާމަލާތްތަކުގެ ނޮޓިފިކޭޝަން މިއަދުން ފެށިގެން ފޯނަށް ދާނެ ކަމަށެވެ.

މިއީ ބީއެމްއެލް އެޕް މެދުވެރިކޮށް ފޯނުގެ ނޮޓިފިކޭޝަން ސްކްރީނާއި، ބެނާ އަދި ލޮކް ސްކްރީނަށް އަންނަ ނޮޓިފިކޭޝަނެކެވެ. އެއަށް ކްލިކްކޮށްލުމުން އެ ނޮޓިފިކޭޝަން ގެއްލޭނެއެވެ. އެ ނޮޓިފިކޭޝަން ލިބޭ ޑިވައިސްތަކުގެ ތެރޭގައި، އެޕަލް އައިފޯން، އެޕަލް ވޮޗް، އެންޑްރޮއިޑް ފޯނު ހިމެނެއެވެ. އަދި ޓެބްލެޓްތަކަށް ވެސް މި ނޮޓިފިކޭޝަން ދާނެއެވެ.

މި ނޮޓިފިކޭޝަން ލިބޭ ހާލަތްތަކުގެ ތެރޭގައި އެއް އެކައުންޓުން އަނެއް އެކައުންޓައް ކުރާ ޓްރާންސްފާ އާއި އިންޓަނޭޝަނަލް، ޑޮމެސްޓިކް ޓްރާންސްފާ އާއި ބޭރަށް ފައިސާ ފޮނުވުމާއި ސްކޭން ޓު ޕޭ މެދުވެރިކޮށް ކުރާ މުއާމަލާތަތްތަކާއި އަމިއްލަ އެކައުންޓުން ވޮލެޓަށް ކުރާ ފައިސާ ހިމެނެއެވެ.

މި ހިދުމަތް ބައެއް ކަސްޓަމަރުންނަށް ލިބެން ފަށާފައިވާ އިރު، ބީއެމްއެލްގެ އިންޓަނެޓް ބޭންކިން ބޭނުން ކުރާ ހުރިހާ ކަސްޓަމަރުންނަށް ހިދުމަތް ލިބެން ކުޑަ ދުވަސްކޮޅެއް ނަގާނެއެވެ.

ބީއެމްއެލް އިން ވަނީ އީމެއިލް އެކައުންޓް ހެކްކޮށްގެން އޯޓީޕީ އަށް އެކްސެސް ވެގެން ހިންގާ ސްކޭމްތައް ހުއްޓުވުމުގެ ގޮތުން އީމެއިލް އަށް އޯޓީޕީ ފޮނުވުން ހުއްޓާލުމަށް އޯތެންޓިކޭޓާ އެޕްތައް ބޭނުންކުރެވޭ ގޮތް ވެސް ހަދައިފައެވެ. މިއާއެކު، އޯޓީޕީ މިހާރު ލިބޭނީ ފޯނަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަސްލު

    ޓްރާންސްފާކުރަން އެޕް ހުޅުވާއިރަށް އެންމެންނަށް ފެންނަގޮތަށް އެކައުންޓް ބެލެންސް ނުފެންނާނެގޮތަށް ހެދޭކަށް ނެތްތަ ؟ ޓްރާންސްފާކުރާއިރު ބައެއްފަހަރު ހާދައުނދަގޫވޭ ކައިރީގަތިބޭމީހުންނަށް ފެންނަގޮތަށް އިންނާތީވެ...

    • Anonymous

      ވަރަށް މުހިންމު