މަންމައަށް އޮޅިގެން ދަރިފުޅު ނިންދެވުމަށް އަވަނަށް ލުމުން އެ ކުއްޖާ މަރުވެފައިވާ ކަމަށް އެމެރިކާގެ ޕްރޮސެކިއުޓަރަކު ބުނެފިއެވެ.

މި މައްސަލައިގައި މިސޫރީގެ ކެންސަސް ސިޓީގެ މަރިއާ ތޯމަސްގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖެއްގެ ރައްކާތެރިކަމާއި ސަލާމަތަށް ނުރައްކާކުރުމުގެ ދައުވާއެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހު ތުއްތު ކުއްޖެއް ނޭވާ ނުލާ ކަމަށް ބުނެ ކުރި ރިޕޯޓަކަށް ފުލުހުން ވަނީ އެގެއަށް ގޮސްފައެވެ.

އެ ކުއްޖާ މަރުވި ސަބަބެއް ކަަމަށް ބަޔާނުގައި އޭނާގެ މަންމަ ބުނެފައި ވަނީ އެ ކުއްޖާ ފެނުނީ ފިހިފައި އޮއްވާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި މަންޒަރު ފެނުނު މީހަކާއި ހަވާލާދީ ބުނި ގޮތުގައި މަންމަ އަށް "އޮޅިގެން އެ ކުއްޖާ ނިންދަވަން، ކްރިބްގެ ބަދަލުގައި ލެވިފައި ވަނީ އަވަނަށް" ކަމަށެވެ.

އެކަމަކު އޭނާއަށް އެކަންވީ ގޮތް ތަފްސީލުކޮށް ފުލުހުންގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

ޖިނާއީ އަދުލުގެ ނިޒާމުން މި ނުރައްކާތެރި ހާލަތްތަކަށް އެކަށީގެންވާ ޖަވާބެއް ދޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން." ޖެކްސަން ކައުންޓީގެ ޕްރޮސިކިއުޓިން އެޓާނީ ޖީން ޕީޓާސް ބޭކަރ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނުގެ ދަރި ލަތީފް

    ޙޭބަލިވެފަބާ ހުރީ އަވަނެއް އެނދެއް ވަކިނުވީ ތިޔަވާނީ ހަމަ ގަަްދުގަ ކުރި ކަމަކަށް

  2. ޝަރުމަން

    އެމެރިކާ، އިންޑިޔާ މުޅިންވެސް ތިހާލެއްގަ