23:17

އިތިއޯޕިއާގެ ވެރިރަށް އަދީސް އަބާބާގައި ބޭއްވި 37 ވަނަ އެފްރިކަން ޔޫނިއަން ސަމިޓުން ނެރުނު ބަޔާނަށް ހަމާސް އިން މަރުހަބާ ކިޔައިފި.

ފަލަސްތީނު ޖަމާއަތުން ބުނީ އެ ބަޔާނުގައި ގޮވާލާފައި ވަނީ "އަޅުގަނޑުމެންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ހަރުކަށި އަމަލުތައް ހުއްޓާލުމަށާއި، އެންމެން ގުޅިގެން އަދަބު ދިނުމުގެ ސިޔާސަތާއި، ޖަރީމާ ހިންގުމުގެ ކުށާއި، ވަށާލުން އުވާލުމަށާއި، ޣައްޒާއާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކަށް ބޯލެނބުމަށް" ކަމަށް.

23:16

އިސްރާއީލުގެ ހިފާފައިވާ އިރުމަތީ ގުދުސްގައި ހުކުރު ދުވަހުގެ މެންދުރު ފަހު ދިން ބަޑީގެ ހަމަލާއެއްގައި އިސްރާއީލުގެ ދެ މީހަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ ފަލަސްތީނުގެ މީހެއްގެ ގެ އިސްރާއީލު ކަމާބެހޭ ފަރާތްތަކުން ބަންދުކޮށްފި.

23:16

ހޫތީންގެ ބާރުގެ ދަށުގައި ވާ ޔަމަނުގެ ސަރަހައްދުތަކަށް އެމެރިކާއިން "ސެލްފް ޑިފެންސް" ފަސް ހަމަލާއެއް ދީފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި.

އެ ގައުމުން ބުނީ ހޮނިހިރު ދުވަހު ތިން މޮބައިލް އެންޓިޝިޕް ކްރޫޒް މިސައިލާއި، ކަނޑުއަޑީގެ އުޅަނދަކާއި، ސާފޭސް އުޅަނދަކަށް ހަމަލާ ދީފައިވާ ކަމަށް

23:14

ޣައްޒާ ސިޓީއަށް އެހީގެ ޓްރަކްތައް ކައިރިއަށް އަންނަ ފަލަސްތީނު ރައްޔިތުންގެ ގަަޔަށް އިސްރާއީލު ސިފައިން ބަޑީގެ ހަމަލާތަކެއް ދީފި.

23:12

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގެ ނާސިރު ހޮސްޕިޓަލަށް އިސްރާއީލްގެ ނިރުބަވެރި ސިފައިން ވަދެ، އެ ތަނުން ކަރަންޓާއި ފެން ކަނޑާލުމާ ގުޅިގެން އެ ހޮސްޕިޓަލުން ޝަހީދުވި މީހުންގެ އަދަދު އަށަކަށް އަރައިފި

20:29

20:00

ތުލްކަރޭމް ކޭމްޕަށް އިސްރާއީލުން ދިން ހަމަލާ ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ކުށްވެރިކޮށްފި

 

19:59

ޣައްޒާގައި "ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް" އިނގިރޭސިވިލާތުގެ ލޭބާ ލީޑަރު ގޮވާލައްވައިފި

 

 

 

19:57

ރަފަހްގައި އިސްރާއީލުގެ އަސްކަރީ ގްރައުންޑް އޮޕަރޭޝަންތައް ފުޅާކުރުމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނަށް އިންސާނީ އެހީގެ ލައިފްލައިން ކަނޑާލުމުގެ ފުރުސަތު އެބައޮތް ކަމަށް ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) ގައި މަސައްކަތް ކުރާ ލޯކަލް އެންޖީއޯތައް ހިމެނޭ ގޮތަށް ޖަމިއްޔާޖަމާއަތްތަކުގެ ކަލެކްޝަނަކުން ބުނެފި

19:54

އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ޝަހީދުވި އާއިލާ މީހުންގެ ހިތާމައިގައި ދީރް އަލް ބާލާގެ ފަލަސްތީނު ރައްޔިތުން ބައިވެރިވަނީ

ފޮޓޯ: އަނަޑޯލް
ފޮޓޯ: އަނަޑޯލް
ފޮޓޯ: އަނަޑޯލް

19:28

ރަފަހްގައި ގެދޮރު ގެއްލިފައިވާ 1.5 މިލިއަން މީހުންނަށް އިސްރާއީލުން އެއްގަމު މަގުން އަރައިގަތުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އިނގިރޭސިވިލާތުން އުފެއްދި ޗެރިޓީން ބުނެފި.

އެކްސްގައި މުވައްޒަފަކު ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ރަފަހްގައި ތިބި މީހުންގެ މޫނުމަތިން ފެންނަނީ މާޔޫސްކަން ކަމަށާއި ހަމަލާތަކުގެ ބިރުވެރިކަމުން އެމީހުންގެ ސިކުނޑި ވަނީ ހަލާކުވެފައި ކަމަށް... އެންމެން ވެސް ތިބީ ބިރުންް.

19:26

އިސްރާއީލަށް ހަތިޔާރު ބަރުކުރަން ނުވަތަ އަންލޯޑް ކުރަން ދެކޮޅު ހަދާނެ ކަމަށްނއިންޑިއާގެ މުހިންމު 11 ބަނދަރެއްގައި 3،500 މަސައްކަތްތެރިން ތަމްސީލުކުރާ ވޯޓާ ޓްރާންސްޕޯޓް ވޯކާސް ފެޑެރޭޝަން އޮފް އިންޑިއާ އިން ބުނެފި

"[ބަނދަރުގައި މަސައްކަތް ކުރާ މީހުންގެ ހައިސިއްޔަތުން] ލޭބާ ޔޫނިއަންތަކުގެ ބައެއްގެ ގޮތުގައި ތިބެމެ އަބަދުވެސް އަންހެނުންނާއި ކުޑަކުދިން ފަދަ ކުށެއް ނެތް މީހުން ޝަހީދު ކުރުމާއިވެސް ދެކޮޅު،" އެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނެފައިވޭ

 

19:23

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން އިސްރާއީލުން ވަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށާއި މެޑިކަލް ކޮމްޕްލެކްސްތަކަށް ތަކުރާރުކޮށް ހަމަލާތައް ދީ ފަލަސްތީނުގެ އެންކްލޭވްގެ ސިއްހީ ހިދުމަތްތަކަށް ބުރޫ އަރާފައި.

ޑަބްލިއުއެޗްއޯގެ އެންމެ ފަހުގެ އެސެސްމަންޓްތަކަށް ބަލާއިރު ޣައްޒާގެ 36 ހޮސްޕިޓަލުގެ ތެރެއިން މަސައްކަތް ކުރަނީ 11 ހޮސްޕިޓަލެއް.

އާދީއްތަ ދުވަހު ޑަބްލިއުއެޗްއޯގެ ޗީފް ވިދާޅުވީ ޣައްޒާގެ ދެވަނައަށް އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ ނާސިރު ހޮސްޕިޓަލް މިހާރު ހިންގަމުން ނުދާ ކަމަށް

19:22

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ހާލަތުގެ ސަބަބުން އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމުކުރުމަށް ދިގު މުއްދަތުގެ ހައްލެއް ހޯދުމަށް ވަރަށް ބޮޑު ހުރަހެއް ކުރިމަތިވި ކަމަށް އީޔޫގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވެއްޖެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ބޮރެލް ވިދާޅުވީ ދެ ދައުލަތުގެ ހައްލަކަށް އޮތް ހަގީގީ ހުރަހަކީ ހުޅަނގު އައްސޭރި ކަމަށް.

 

19:22

ތުލްކަރޭމް ރެފިއުޖީ ކޭމްޕްގައި އިޒްރޭލު ސިފައިން ބަޑިޖަހައި ދެ މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފޖ.

މި ދެ މީހުންނަކީ ބޮލަށް ބަޑިޖަހައި ޒަހަމްކޮށްލި އުމުރުން 19 އަހަރުގެ ޒުވާން އައްތާ މުހައްމަދު އަމީރާއި އުމުރުން 36 އަހަރުގެ މުހައްމަދު އަހްމަދު ފާއިޒް އަލް އައުފީ.

17:19

އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ރަފާގައި ފީލްޑް ހޮސްޕިޓަލެއް ގާއިމުކޮށްފި - ފޮޓޯ: އަނަޑޯލް
އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ރަފާގައި ފީލްޑް ހޮސްޕިޓަލެއް ގާއިމުކޮށްފި - ފޮޓޯ: އަނަޑޯލް
އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ރަފާގައި ފީލްޑް ހޮސްޕިޓަލެއް ގާއިމުކޮށްފި - ފޮޓޯ: އަނަޑޯލް

17:15

ޣައްޒާގެ ބޯޑަރު ކައިރީގައި އޮންނަ ރަފާހުގައި މިސްރުން ބޮޑު ސިމެންތި ފެންސެއް ހަދަމުންދާއިރު، މިއީ ޣައްޒާއަށް އެހީ ލިބޭނެ "ލޮޖިސްޓިކް ޒޯން" އަކަށް ވާނެ ކަމަށް މިސްރުން ބުނޭ.

ނޯތު ސިނާއީގެ ގަވަރުނަރު ހޮނިހިރު ދުވަހު ވިދާޅުވީ ގާއިމުކުރަމުންދާ ސަރަހައްދުގެ ތެރޭގައި ޓްރަކާއި ގުދަންތަކާއި އިދާރީ އޮފީސްތަކާއި ޑްރައިވަރުންނަށް ތިބެވޭނެ ތަންތަން ޕާކިން އޭރިއާތައް ހިމެނޭ ކަމަށް.

ފަލަސްތީނުގެ ރަފާއަށް އިސްރާއީލުގެ އަސްކަރީ ހަމަލާއެއް ދީފިނަމަ ފަލަސްތީނުގެ ރައްޔިތުން ތިބޭނެ ސަރަހައްދެއް ޣައްޒާ ބޯޑަރުގައި ތައްޔާރުކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް މިސްރުން ދަނީ ތަކުރާރުކޮށް ދޮގު ކުރަމުން.

17:05

ފަލަސްތީނުގެ ދައުލަތެއްގެ ދަރަޖަ ދިނުމާއި ދެކޮޅު ހެދުމާ މެދު "ޑިކްލެރޭޓިވް ނިންމުމަކަށް" ވޯޓު ދޭނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި.

16:59

ހަނގުރާމަ ހުއްޓާލުމުން ގައިދީން އެނބުރި ގެއަށް އާދެވޭނެ ކަމަށް ގަތަރުން ގަބޫލުކުރާ ކަމަށް ގަރަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ ވިދާޅުވެއްޖެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ޕެނަލް ސެޝަނެއްގައި އޭނާ ވިދާޅުވީ "ފަލަސްތީނު މީހުން ޝަހީދު ކުރުމުގެ ވާހަކަ ދައްކާއިރު ފެންނަނީ ހަގީގަތާއި ހައްގާއި ނުބައިގެ އަސާސީ އުސޫލް ދޫކޮށްލާތަން" ކަމަށް.

16:55

ޚާން ޔުނިސްގެ އަލް އަމާލް ހޮސްޕިޓަލަށް ދިން ބޮމުގެ ހަމަލާއާ ގުޅޭ އިތުރު މައުލޫމާތަށް ބަލާއިރު، ރެޑް ކްރެސެންޓުން ބުނީ އިޒްރޭލު ސިފައިން ޖެހިޖެހިގެން 27 ވަނަ ދުވަހު ވެސް އެ ހޮސްޕިޓަލުގައި ވަށާލާފައިވާ ކަމަށް.

މިގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން އިމާރާތުގެ ހަތަރު ވަނަ ފަންގިފިލާއަށް ބޮން އެޅުމުގެ ސަބަބުން އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނޭ. އަދި ބޮމުގެ ހަމަލާގައި ސެންޓްރަލް މެއިންޓެނަންސް ރޫމެއް ހަލާކުވެފައިވާއިރު ބަޑީގެ ހަމަލާތަކުގެ ސަބަބުން ބަލި މީހަކު ތާށިވެ، އުނދަގޫތަކާއެކު އެތަނުން ނެރެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވޭ.

އަދި އިސްރާއީލުގެ އަސްކަރިއްޔާއިން އަމާޒުކޮށްފައިވަނީ ފިއުލް ޓޭންކްތަކަށް ކަމަށް ވެސް ބުނެފައިވޭ.

16:49

ޣައްޒާގެ ސިއްހީ ހާލަތު ވަރަށް ނާޒުކު ކަމަށާއި ލިބެން ހުރި ބޭނުންތަކާއި އެހީތެރިކަމުގެ ފަރަގު ބޮޑުވަމުން އަންނަ ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސްގެ ސެކްރެޓަރީ ޖެނެރަލް އަދި ސީއީއޯ ޖަގަން ޗަޕަގެއިން ވިދާޅުވެއްޖެ.

އަދި މި ހާލަތުގެ ސަބަބުން ނިކަމެތި އެތައް ބަޔަކަށް ޒަރޫރީ ބޭސްފަރުވާގެ ހިދުމަތް ތައް ނުލިބޭ ކަމަށް އޭނާ ވިދާޅުވި.

 

16:13

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދިރިއުޅޭ ގޭގެ ބޭރުގައި ހުންނަ ގުދުސްގެ މެދުތެރޭގެ ސްކޮއާއެއްގައި ހުންނަ ފައުންޓޭންގައި ރަތް ކުލަ ޖައްސައިފައި ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ދެކޮޅަށް ކަމަށް ޓައިމްސް އޮފް އިސްރާއީލުން ބުނެފި.

16:10

ލުބުނާނުގެ ދެކުނުގައި އޮންނަ ޔަރޫންގައި ހުންނަ ހިޒްބުﷲ ޖަމާއަތުގެ އިންފްރާސްޓްރަކްޗާއަށް ފައިޓާ ޖެޓްތަކުން ހަމަލާދީފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

މީގެ އިތުރުން ސިފައިން ވަނީ އަލްމާ އަޝް-ޝަބް އަދި ދައިރާގެ އަވަށްތަކުގައި ބަޑީގެ ހަމަލާތައް ދީފައި.

16:08

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 29،000 އާ ގާތަށް ޖެހިލައިފި.

15:14

ފަލަސްތީނުގެ ޣައްޒާގެ ދެވަނައަށް އެންމެ ބޮޑު ހޮސްޕިޓަލުން އެއްކޮށް ހިދުމަތް ކެނޑިފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެއްޖެ.

12:59

ޣައްޒާގައި ހުންނަ އަލް-އަމާލް ހޮސްޕިޓަލަށް އިސްރާއީލުން ބޮން އަޅާފައި.

12:34

ޣައްޒާގައި ހުންނަ އަލް-އަމާލް ހޮސްޕިޓަލްގެ ތިން ވަނަ ފްލޯ އަށް އިސްރާއީލްގެ ސިފައިން ހަމަލާދީފި. މިއީ ޣައްޒާގެ ދެކުނުން ހާން ޔޫނުސް ސިޓީގައި ހުންނަ ހޮސްޕިޓަލެއް.

11:08

އިސްރާއީލުގެ ކަނޑުގެ ސިފައިން ޣައްޒާގެ މަސްވެރިންނަށް ކޮންމެ ދުވަހަކު ހަމަލާތައް ދެމުންދާ ކަމަށް ޣައްޒާގެ މެދެތެރޭގައި ދިރިއުޅޭ މަސްވެރިން ބުނެފި.

11:07

އިރާނުގައި އުމުރުން 30 އަހަރުގެ މީހަކު އާއިލާގެ 12 މެންބަރުން ގަޔަށް ބަޑިޖަހައި މަރާލައިފި.

10:46

ނާބްލުސްގެ އިރުމަތީގައި އޮންނަ ބަލަތާ ކޭމްޕަށް ފަތިހުގެ ވަގުތެއްގައި ވަނުމަށްފަހު، ނިރުބަވެރި ސިފައިން ވަނީ ދެ ޒުވާނުން ކަމަށްވާ އެޒް އަލް ކާބީ އާއި ސަލާހު އަބޫ ޝަލާލް ހައްޔަރުކޮށްފަ.

10:43

ޣައްޒާގެ އުތުރުގައި އޮންނަ ޝެއިޚް ރަދުވާން އަވަށުގައި ހުންނަ ގެއަކަށް އަމާޒުކޮށް ނިރުބަވެރިން ދިން ވައިގެ ހަމަލާއެއްގައި އަލްއަފީފީ އާއިލާގެ 7 މީހަކު ޝަހީދުވެއްޖެ.

10:42

ހުޅަނގު އައްސޭރީގެ ނާބްލޫސްގެ އިރުމަތީގައި އޮންނަ އަޒްމުތު އަވަށަށް ނިރުބަވެރި ސިފައިންގެ ފައުޖެއް ވަދެފި.

10:41

ޤަލްޤިލިޔާގެ މަތިން ނިރުބަވެރިންގެ ރީކޯން މަތިންދާބޯޓުތައް ދަނީ މިވަގުތު އުދުހެމުން.

10:40

ޣައްޒާގެ ދެކުނުގައި އޮންނަ ރަފަޙްގެ އިރުމަތީ ސަރަހައްދުތަކަށް ނިރުބަވެރި ސިފައިން އާޓިލަރީ އިން ހަމަލާތަކެއް ދީފި.

09:55

އިސްރާއީލުން ރޭގައި ދިން ވައިގެ ހަމަލާއެއްގައި ވެސް 10 މީހަކު ޝަހީދުކޮށްލައިފި. މި ހަމަލާ ދީފައި ވަނީ މީހުން ދިރިއުޅޭ ގެއަކަށް އަމާޒުކޮށް.

09:54

ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިސްރާއީލްގެ ވެރިރަށް ތެލް އަވީވްގައި މުޒާހަރާ ކުރަނީ.

09:11

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން އަރައިގަނެ ހަމަލާތައް ދެމުން އަންނަތާ 135 ދުވަސްވެފައިވާ އިރު، ޣައްޒާގެ ރައްޔިތުން އަދިވެސް ދަނީ ކާބޯތަކެއްޗަށް އެދި ސަލާން ޖަހަމުންނެވެ. އެ ސަރަހައްދުގައި ފަސޭހަ އިން ބޯ ފެން އަދި ކާތަކެތި ލިބޭނެ ގޮތެއް ފަހިވެފައެއް ނުވެއެވެ. ހާއްސަކޮށް ޣައްޒާގެ އުތުރުގައި ދިރިއުޅެމުން އަންނަ ރައްޔިތުން ތިބީ ވަރަށް ހާލުގައެވެ. ޣައްޒާގެ އުތުރުގައި މިވަގުތު ވެސް 300،000 ފަލަސްތީނު ރައްޔިތުން ތިބި ކަމަށްވެއެވެ.

އެމީހުން ތަކުރާރުކޮށް ބުނަމުން އަންނަނީ ކާބޯތަކެތި ބޭނުންވާ ވާހަކައެވެ.

"ގާތްގަނޑަކަށް 300،000 މީހުން އުތުރުގައި އެބަތިބި. އަހަރެންނަކަށް ނޭނގެ އެމީހުން ސަލާމަތްވާ ގޮތެއް ވެސް،" އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އެޖެންސީގެ ހެޑެއް ކަމުގައި އެންޑްރިއާ ޑި ޑޮމެނިކޯ ވިދާޅުވިއެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ ޣައްޒާއާއި އިސްރާއީލާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.