ނިރުބަވެރި އިސްރާއީލުގެ ސިފައިން މީހަކު ފަލަސްތީނުގެ ޣައްޒާގެ ގެތައް އެންދުމަށްފަހު، އެއީ "ބާބެކިއު" އަކާއި އެއްގޮތްކޮށް ވާހަކަދައްކާ ވީޑިއޯއެއް އާއްމުކޮށްފިއެވެ.

އިސްރާއީލުގެ ސިފައިންގެ އިޒާޑޯ އެލްގަބްރިލް އޭނާގެ ޓިކްޓޮކް އެކައުންޓުގައި ކުރި ޕޯސްޓެއްގައި އޭނާ ވަނީ ޣައްޒާ ސިޓީގެ ޒީތޫން އަވަށުގައި މީހުން ދިރިއުޅޭ އިމާރާތްތަކުގައި ރޯކޮށްލި ހާދިސާއާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ.

އޭނާ ބުނާގޮތުން އިސްރާއީލުގެ އާބާދީތައް ދޮޅު އަހަރުން އެ ސަރަހައްދަށް އަންނާނެއެވެ. އަދި އެ ތަންތަނުގައި އިސްރާއީލުން ވަޒަންވެރިވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އޭގެ ފަހުން ކެމެރާއިން، ޣައްޒާ ސިޓީގައި އަލިފާން ރޯވެފައިވާ އިމާރާތްތައް އޭނާ ދައްކައެވެ.

"ކުޑަ ބާބަކިއުއެއް، މިއީ ވަރަށް މަޖާ ކަމެއް،". އެ ވީޑިއޯގައި އޭނާ ބުނާ އަޑު އިވެއެވެ.

ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން 3،000 ހައުސިން ޔުނިޓް އަންދާލާފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ޣައްޒާގެ މެދުތެރެއާއި އުތުރުގައިވާ ގެތައް ކަަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރެޓްޒްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގައި ހުސްވެފައިވާ ގެތައް އަންދާލުމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ކޮމާންޑަރުން ދަނީ އަމުރުކުރަމުންނެވެ.

"އިމާރާތުގެ އެތެރޭގައި ހުރި ހުރިހާ ތަކެއްޗާއެކު އަލިފާން ރޯކުރުމަށްފަހު، އެތަނަކީ ބޭނުން ނުކުރެވޭނެ ވަރުގެ ތަނެއްގެ ގޮތަށް ބަދަލުވަންދެން ބަހައްޓަން ޖެހޭ،". ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ހާރެޓްޒްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާ

    ތީއްޗަކު ބާބެކިއު ހެދޭތަން ވަރަށް ދެކޭހިތްވޭ

    13
  2. އަލީ

    ބާބެކިއު ފެންނާނެ ކަލެޔައް އަދި ރަނގަޅައް

    16
  3. އަލްޖިބްރާ

    ތިޔަ މަރުވީމަ ރަގަޅަށް ބާބަކިއު އަށް ވާނެ !

  4. ސީވީ

    އޭނަ އެބުނާ ދޮޅު އަހަރު ފަހުން ނަރަކައި ހޫނުގެ "މަޖާ" ކަން މި ޔަހޫދީ ކަލޭގެއަށް ދައްކަވާށި!

  5. ބޮލުރޮދި

    މި ބައިގަނޑުގެ ބޮޑު ބާބެކިއު އޮތީ ކުރިއަށް..... އިންޝާﷲ އެދުވަހުން ސަލާމަތެއް ނުވާނެ މީން އެކަތިވެސް............. މި ބައިގަނޑު ﷲގެ ކުށެއްނެތް މަޢުޞޫމް ބަޔަކަށް ދޭ އަނިޔާގެ 100 ގުނަ ބޮޑުކޮށް މި ބައިގަނޑަށް ﷲ ދައްކަވާނެ .......އިންޝާﷲ