ރަމަޟާން މަހުގެ ހަނދު ސްރީ ލަންކާއަށް މިއަދު ފެނުމާއި ގުޅިގެން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަން އިއުލާނު ކޮށްފިއެވެ.

ދުނިޔޭގެ މުސްލިމް ބައެއް ގައުމުތަކަށް އިއްޔެ ހަނދު ފެނިފައި ނުވާތީ، ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަަމަށްވެސް އިއްޔެ ކަނޑައަޅާފައި ވެއެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، މެލޭޝިއާ، ބްރޫނާއި އަދި އިންޑޮނޭޝިއާ ފަދަ ގައުމުތައް ހިމެނެއެވެ.

އެހެން ނަމަވެސް ސައުދި އަރަބިއްޔާ ފަދަ ބޮޑެތި ގައުމުތަކަށް އިއްޔެ ރަމަޟާން މަހުގެ ހަނދު ފެނިފައިވާއިރު، މިއަދަކީ އެ ގައުމުތަކަށް ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ.

ކޮލަމްބޯ ގްރޭންޑް މިސްކިތުން ވިދާޅުވީ، ރަމަޟާން މަހުގެ ހަނދު މިއަދު ފެނިފައި ވަނީ އެ ގައުމުގެ މުސްލިމުންނަށް ރޯދަ މަސް ފަށާނީ މާދަމާ ކަމަށެވެ.

ލަންކާގެ އިތުރުން އިންޑިއާއަށްވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ އެވެ.