އަވަށްޓެރި އިންޑިއާއާއި ޕާކިސްތާނަށް ވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ (އަންގާރަ) ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

އިންޑިއާއާއި ޕާކިސްތާނަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާކަން ކަނޑައަޅާފައިވަނީ އެގައުމަށް އިއްޔެ ރަމަޟާން މަހުގެ ހަނދު ފެނިފައި ނުވާތީއެވެ. އެހެން ކަމުން މި ދެ ގައުމުން ވަނީ ރަމަޟާން މަހުގެ ހަނދު ބެލުމުގެ ކަންކަން މިއަދު ކުރިއަށް ގެންގޮސްފައެވެ.

އިންޑިއާއާއި ޕާކިސްތާނުގެ އިތުރުން ވެސް ސްރީލަންކާ، އޮސްޓްރޭލިއާ، އިންޑޮނޭޝިއާ، ބްރޫނާއީ ފަދަ ގައުމުތަކުން ވެސް ވަނީ އެގައުމުތަކަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިހަފްތާގެ އަންގާރަ ދުވަސް ކަމަށް އިއްޔެ ކަނޑައަޅާފައެވެ.

މި ގައުމުތަކަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމަށް ކަނޑައަޅި ނަމަވެސް، ސައުދީ އަރަބިއްޔާ ފަދަ ބޮޑެތި ގައުމުތަކުން އިއްޔެ ވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިއަދުކަން ކަނޑައަޅައި، މިއަދު ރޯދަ ހިފާފައެވެ.