އިންޑިގޯ އެއާލައިންސްގެ މަތިންދާބޯޓެއް އިންޑިއާގެ ކޮލްކަތާ އެއާޕޯޓުގައި ޓެކްސީ ކުރަމުން ދަނިކޮށް މަޑުކޮށްފައި އޮތް އެއާ އިންޑިއާ އެކްސްޕްރެސް މަތިންދާ ބޯޓެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއާއެކު އިންޑިގޯ އެއާލައިންސްގެ ޕައިލެޓުން ޑިއުޓީން ނުނެރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ބުދަ ދުވަހު ވަނީ އަންގާފައެވެ. އަދި މި މައްސަަލައިގެ ތަފްސީލީ ތަހުގީގެއް ހިންގަން ވެސް އަންގާފައި ވެއެވެ.

ޑީޖީސީއޭގެ އިސް އޮފިޝަލަކު ވިދާޅުވީ އިންޑިގޯ އޭ320 ވީޓީ-އައިއެސްއެސް މަތިންދާބޯޓެއް ކޮލްކަތާގައި ޓެކްސީއެއްގެ ތެރޭގައި މަޑުކޮށްފައި އޮތް އެއާ އިންޑިއާ އެކްސްޕްރެސް 737 ވީޓީ-ޓީޖީޖީގައި ޖެހި ފައިވާ ކަމަށެވެ.

"މި މައްސަލަ ތަފްސީލުކޮށް ބަލަން އަންގާފައިވާނެ، އިންޑިގޯ އެއާލައިންސްގެ ދެ ޕައިލެޓުން ވެސް ވަނީ އޮފް ރޯސްޓާކޮށްފައި. އަދި ތަހުގީގަށް ގްރައުންޑް ސްޓާފުންނާ ވެސް ސުވާލު ކުރާނެ. އެ ދެ ފްލައިޓް ވެސް ވަނީ ތަފްސީލީ އިންސްޕެކްޝަނަށް ގްރައުންޑް ކޮށްފައި،". އޮފިޝަލް ވިދާޅުވިއެވެ.