މިދިޔަ އަންގާރަ ދުވަހު އާގުބޯޓަކުން ޖެހި އެމެރިކާގެ ބަލްޓިމޯ ކީ ބްރިޖު ވެއްޓުނު ހާދިސާގައި ހަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ މެރީލޭންޑް ސްޓޭޓްގައި ވަނީ ކުއްލި ހާލަތު އިއުލާން ކޮށްފައެވެ. އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ހާދިސާ ހިނގި ވަގުތު ބްރިޖުން ދަތުރުކުރަމުން ދިޔަ 20 މީހުން މޫދަށް ވެއްޓިފައިވާއިރު 6 މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި އެލްސަލްވަޑޯ، ހަންގޭރީ އަދި ގުއާޓެމާލާގެ އިތުރުން މެކްސިކޯއަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަން ފަށާފައިވާއިރު ތަހުގީގު ކުރާ ޓީމުތަކުން ވަނީ އާގުބޯޓުގެ ކަޅު ފޮށި ނަގައިފައެވެ.

މެރީލޭންޑް ސްޓޭޓްގެ ގަވަރުނަރު ވެސް މޫރޭ ވިދާޅުވި ގޮތުގައި، އާގުބޯޓު ބްރިޖުގައި ޖެހުނު ވަގުތު އެ ބޯޓުގައި ކަރަންޓެއް ނެތެވެ.

މެރީލޭންޑްގެ ބާލްޓިމޯރުގެ ފްރާންސިސް ސްކޮޓް ކީ ބްރިޖާއި ކޮންޓެއިނަރު ބޯޓެއް ޖެހި، އޭގެ ބައެއް ވެއްޓި، ކޮންސްޓްރަކްޝަން ބޯޓެއް ގެއްލިފައިވާއިރު، އޭގައި ތިބި މީހުން މަރުވެފައިވާ ކަމަށް ބެލެވެ އެވެ.

ސިންގަޕޫރުގެ ދިދަ ޖަހާފައިވާ ދާލީ ކާގޯ ބޯޓު ކޮލަމްބޯއަށް ދަތުރުކުރަމުން ދަނިކޮށް ބްރިޖުގެ އެއް ސަޕޯޓުގައި ޖެހުނެވެ. އެއާއެކު ބުރިޖު މެދުން ބިންދައިގެން ދިޔައެވެ. ބޯޓު ދިޔަގޮތަށް ގޮސް ބުރިޖުގެ މެދަށް ވަނެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ބޯޓު ބުރިޖުގައި ޖެހުމަށްފަހު ޕަޓަޕްސްކޯ ކޯރަށް ދެ މީހަކު ވެއްޓިފައިވާއިރު އެކަކު ހާލަތު ވަރަށް ސީރިޔަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބޯޓު ޖެހުނު ވަގުތު ބްރިޖު މަތީގައި އެތައް އުޅަނދެއް ހުރިއިރު، އޭގެ ތެރޭގައި ޓްރެކްޓަރ-ޓްރެއިލާ ސައިޒުގެ އުޅަނދެއް ވެސް ހިމެނެއެވެ. އޭގެ ތެރެއިން ބައެއް އުޅަނދު ކޯރަށް ވެއްޓުނެވެ.

އެމެރިކާގެ ކޯސްޓްގާޑުން ބުނީ ކޯރުން ފެނުނު ކޮންކްރީޓާއި ކުނިތަކުގެ ސަބަބުން ޑައިވަރުންނަށް ރައްކާތެރިކަމާއެކު ކަނޑުގެ ސަރަހައްދުގައި ދަތުރު ނުކުރެވޭތީ މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ބޮޑު މަސައްކަތެއް ހުއްޓާލާން ޖެހިދާނެ ކަމަށެވެ.

އެކަމަކު އެ މީހުންގެ ހަށިގަނޑު އެމީހުންގެ ގާތްތިމާގެ މީހުންނަށް ހޯދައިދިނުމަށް އޮފިޝަލުން ވަނީ ވައުދުވެފައެވެ. ބެލެވޭ ގޮތުގައި މި މީހުންނަކީ ބްރިޖުގެ މަސައްކަތް ކުރަމުން ދިޔަ ވަޅު މަރާމާތު ކުރުމުގެ ކްރޫއެއްގެ މެމްބަރުންނެވެ. އެއީ ލެޓިން އެމެރިކާގެ ގައުމުތަކުގެ ރައްޔިތުން ކަމަށެވެ.