ޕާކިސްތާނުގައި ބަހެއްގައި ދަތުރުކުރި ނުވަ މީހަކު ރަހީނުކޮށް މަރާލައިފިއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ޕާކިސްތާނުގެ ލަހޯރުގައެވެ.

ރިޕޯޓްތަައް ބުނާގޮތުގައި ޕާކިސްތާނުގެ ނޮޝްކީގައި ދަތުރުކުރަމުން ދިޔަ ބަހެއް 12 ވަރަކަށް މީހުން ވެގެން ހައިވޭއިން ހުއްޓުވިއެވެ. އެ މީހުންގެ އަތުގައި ބަޑި އޮތް ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

އެ ބަހުގައި ތިބި މީހުންނަށް ބިރުދައްކާ ނުވަ މީހަކު ރަހީނުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ. ރަހީނު ކުރުމަށް ފަހު އެ މީހުން މަރާލާފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ. އެ މީހުން މަރާލުމުގެ ކުރިން އެއީ ކޮންބައެއްތޯ ބެލުމަށް ކާޑުތައް ވެސް ޗެކްކުރިއެވެ.

މަރާލާފައިވާ ނުވަ ޕަސެންޖަރުންގެ ހަށިގަނޑު ބްރިޖެއްގެ ދަށުން ފެނިފައިވާއިރު އެ މީހުން ސާމާނު ވެސް ވަގަށް ގެންގޮސްފައިވާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ މީހުން ރަހީހުކުރި މީހުން އަދި ދެނެގަނެވިފައި ނުވެއެވެ. އަދި އެ މީހުން މަގްސަދު ނޭނގޭ ކަމަށް ޕާކިސްތާނުގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު