ޣައްޒާ އާއި އިންވެގެން އޮންނަ ސަރަހައްދުތައް އާރާސްތު ކޮށް ތަރައްގީ ކުރަން އިސްރާއީލުން ބޮޑު ހަރަދެއް ކުރަން ނިންމައިފިއެވެ.
ޣައްޒާ އާއި އިންވެގެން އޮންނަ ޔަހޫދީން ހިފައި އިސްރާއީލު ކަމުގައި ކަނޑައަޅައިގެން އުޅޭ ސަރަހައްދު އާރާސްތު ކޮށް، އިމާރާތް ކޮށް ވަރުގަދަ ކުރުމަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ފަސް ބިލިއަން ޑޮލަރު (19 ބިލިއަން ޝެކެލް) ހަރަދު ކުރަން އިސްރާއީލުގެ ކެބިނެޓުން ނިންމާފައިވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ ބުނެފައެވެ.
އެ ފައިސާ ހަރަދު ކުރާނީ އެ ސަރަހައްދުގެ ގެދޮރާއި، ތައުލީމާއި، ވަޒީފާއާއި، ސިއްހަތާއި އަދި އެހެނިހެން ދާއިރާތަކަށް ކަމަށް ނަތަންޔާހޫ ބުނެފައި ވެއެވެ.
"ހަމާސް ގެ ޓެރަރިސްޓުން ބޭނުންވީ އަހަރެމެން މުލުން ލުހެލަން، އެކަމަކު އަހަރެމެން އެމީހުން މުލުން ލުހެލައި، އަހަރެމެން މޫތައް ވަރުގަދަ ކުރާނަން." ނަތަންޔާހޫ ބުނެފައި ވެއެވެ.
"އަހަރެމެން އިސްރާއީލުގެ ބިން އާރާސްތު ކުރާނަން. އަދި އަހަރެމެންގެ ގައުމު ރައްކާތެރި ކުރާނަން." ނަތަންޔާހޫ އިތުރަށް ބުނެފައި ވެއެވެ.
ޣައްޒާގެ ކައިރީގައި ވާ ސަރަހައްދުތައް އާރާސްތު ކުރަން ޔަހޫދީގެ ޣައިރު ގާނޫނީ ދައުލަތުން ރާވަމުން ދާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާއިން ޣައްޒާ އަށް ދެމުންދާ ހަމަލާ ތަކުގައި މުޅި ޣައްޒާ ވަނީ ސުންނާފަތި ކޮށްލާފައެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުން ދަނީ ނަސްލު ނައްތާލުމުގެ ގަތުލު އާންމެެއް ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންްނެވެ.
އޭގެ އިތުރުން އިސްރާއީލުން ދަނީ ފަލަސްތީނުގެ ބިމުގެ އެކި ސަރަހައްދުތައް ގާނޫނާއި ހިލާފަށް ފޭރި، އަމިއްލަ ކޮށް، އެތަންތަނުގައި ޔަހޫދީން އާބާދު ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.
މާތް ﷲގެ ގަދަފަދަ ކޯފާއެއް ތިޔަ ޒަޔަނިސްޓު ދައުލަތަށް ފޮނުއްވާދޭނވެ އާމީން.
.މީނަގެ ބިމެއް އެބައޮތްތަ ފަލަސްތީނުގެ ބިން ފޭރިގަނެގެން މި ބޮޑު ޓެރަރިސްޓު މިކިޔަނީ ތިމަންނަމެންގެ ބިމޭ، ހަޔާތްވެސްކުދައޭ، ކަލެޔަށް ތިހެންވައްތަރުޖައްސާ އަބަދަކުނުހުރެވޭނެ އިގޭ، ވަރަށް ހިތިކޮށް ނިމިގެންދާ ޓެރަރިސްޓެއްމީ.
ލަދުހަޔާތް ކުޑަ ޖަނަވާރު މިދުނިޔޭމަތީގަ ގަދަފަދަ ކޯފާއެއް ލައްވާންދޭވެ ޔާﷲ އިބައިލާހުއީ ހުރިހާކަމެއް ބަށްލަވާވޮޑިގެންވާ އިލާހުއެވެ އާމީން.