ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން މިއަދު ހެނދުނު އީރާނަށް ދިން ހަމަލާއަކީ ނާކާމިޔާބީއެއް ކަމަށް އެގައުމުން ބުނެފިއެވެ.

ނިރުބަވެރި އިސްރާއީލުން މިއަދު ހެނދުނުގެ ވަގުތެއްގައި އީރާނަށް ޑްރޯން ހަމަލާތަކެއް ދީފައިވާކަން އެމެރިކާގެ އޮފިޝަލުންނާއި ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިންގެ މި ހަމަލާ އަމާޒުކޮށްފައިވަނީ އީރާނުގެ ސިޓީއެއް ކަމަށްވާ އިސްފަހަން ކައިރީގައި އޮންނަ އަސްކަރީ މަރުކަޒަކަަށެވެ.

މި ހަމަލާއާއި ގުޅިގެން އެއްވެސް ކަހަލަ "ބޮޑެތި" ގެއްލުންތަކެއް އީރާނަށް ވެފައި ނުވާ ކަމަށް ބައެއް ރިޕޯޓްތަކުން ބުނަމުން ގޮސްފައިވާއިރު، އީރާނުގެ ނޭޝަނަލް ސެންޓަރ ފޯ ސައިބާސްޕޭސްގެ ތަރުޖަމާނު، ހުސެއިން ޑަލިރިއަން ބުނެފައިވަނީ އިސްރާއީލުން އީރާނަށް މިސައިލް ހަމަލާތަކެއް ދެވިފައި ނުވާ ކަމަށެވެ.

އޭނާ ބުނެފައިވަނީ އިސްފަހާން ނުވަތަ އެގައުމުގެ އެކި ހިސާބުތަކަށް، ބޯޑަރުން ބޭރުން ވެސް ވައިގެ ހަމަލާއެއް ދީފައެއް ނުވާ ކަމަށާއި އިސްރާއީލަށް ކުރެވުނު ކަމަކީ ފެއިލްވުން ކަމަށެވެ.

"އިސްރާއީލުން ކުރީ ފެއިލްވެފަވާ ކަމެއް. އެމީހުން ޑްރޯންތަކެއް އުދުއްސާލީ، އެ ޑްރޯންތައް ވެސް މިހާރު ވަނީ ވައްޓާލާފަ" އެކްސްގައި ކުރި ޕޯސްޓެއްގައި އޭނާ ބުންޏެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ ރޭގެ ވަގުތެއްގައި އެގައުމުގެ ވައިގެ ދިފާއީ ނިޒާމު ހަރަކާތްތެރިވެފައިވާ ކަަމަށާއި އެކަމުގެ ސަބަބުން އެކި ސަރަހައްދުތަކުގައި ބާރު ގޮވުންތަކުގެ އަޑުއިވިގެން. ގޮސްފައިވާ ކަމަށެވެ. އަދި އެއިން އެއްވެސް މިސައިލެއް، ނުވަތަ ޑްރޯނެއް އެގައުމުގެ ފަސްގަނޑުގައި ޖެހިފައި ނުވާ ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ވެސް ވެފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް ރިޕޯޓްތަކުން ބުނާ އަސްކަރީ މަރުކަޒު ކައިރީގައި ހުންނަ ނިއުކްލިޔާ މަރުކަޒަށް ވެސް ނުރައްކަލެއް ނެތް ކަމަށާއި ރައްޔިތުންނަށް ވެސް ނުރައްކަލެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގިނި

    ތި ދެބައިމީހުންނަކ އެއ ބަޔެއް
    މުސްލިމުންގެ އަދުއްވުނ، އީރާނ ދަވްލަތަކ ބޭރުފުށުނ މުސްލިމުކިޔ ކާފިރ ރާފިޟ ދަވްލަތެއ ، އެތަނުގ މުސްލިމުންނ ސޫރިޔ އިރާގ ޔަމަނ ގައ މުސްލިމުނ މަރަމުންދ ބައެއ. ޔަހޫދީންނ އަގީދާއ އަމަކުގައިި ވައްތަރ ބައެއ
    ދ ދަވްލަތުނ ކޮންމެވެސ ޑީލެއ ނިންމަންވެގެ މީހުނ ލޯ ކުރިމައްޗަށ ދައްކ ޗަރުކޭހެއް

    2
    29
    • ކަލޯ

      ޑީލެއް ނަމަ އަދި އިޒުރޭލާ އީރާނަކީ އެއްބައެއް ނަމަ ދެން ކީއްކުރަން އީރާނާ ދެކޮޅަށް އިޒުރޭލާއި އެމެރިކާއާއި ހުޅަނގުން ޒަމާނުއްސުރެ ފެށިގެން އަޅާފަ އޮތްހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް.؟؟އަދި އިޒުރޭލުން އީރާނުގެ ޖެނެރަލުންނާ ސައިންސުވެރިން ސިއްރިއްޔާތުގަ އޮން ސްޕޮޓުގަ މަރާލަނީވެސް ޑީލެއްގެ ދަށުން ދޯ؟؟އަހަންނަށް ވަރިހަމަ ޝީޢީ ރާފިޟެއް ނޫން ބުދު ދީނުގެ މީހެއް ވިޔަސް އިޒުރޭލާ ދެކޮޅަށް އެމީހަކު ނުވަތަ އެބަޔަކު ތެދުވާނަމަވެސް އަހަރެން އެމީހަކަށް ސަޕޯޓުކުރާނަން.

      32
      1
    • ރަބަރޭ.

      ބޭރުފުށުން މުސްލިމުންނޭ ކިއައިގެންއުޅޭ ޔަހޫދީ މުނާފިގު ކުފުރުގެ ސަލަފީ ބައިގަނޑު އިޒްރޭލަށް އެހީވަނީ. ސައުދީ މުނާފިގުން.

      13
      1
  2. އަށްޒާމު

    ތިޔައީ ހުސް ކާފަރުން ސައިތާނުން އެންމެ ބޮޑު ޔަހޫދީ ކަލޭގެ އެހުރީ ސައޫދީ އަރަބިއްޔާގައި މުހަންމަދު ރަސްގަފާނު އެއީ ބޮޑު ކާފަރެެއް އެންމެ ފުރަތަމަ ބޮން އަޅަންވީ ސައޫދީ އަރަބިއްޔާ އޭ ކިޔުނު ޔަހޫދީ ދައުލަތަށް

    10
    2
  3. ކަލޯ

    ޑީލެއް ނަމަ އަދި އިޒުރޭލާ އީރާނަކީ އެއްބައެއް ނަމަ ދެން ކީއްކުރަން އީރާނާ ދެކޮޅަށް އިޒުރޭލާއި އެމެރިކާއާއި ހުޅަނގުން ޒަމާނުއްސުރެ ފެށިގެން އަޅާފަ އޮތްހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް.؟؟އަދި އިޒުރޭލުން އީރާނުގެ ޖެނެރަލުންނާ ސައިންސުވެރިން ސިއްރިއްޔާތުގަ އޮން ސްޕޮޓުގަ މަރާލަނީވެސް ޑީލެއްގެ ދަށުން ދޯ؟؟އަހަންނަށް ވަރިހަމަ ޝީޢީ ރާފިޟެއް ނޫން ބުދު ދީނުގެ މީހެއް ވިޔަސް އިޒުރޭލާ ދެކޮޅަށް އެމީހަކު ނުވަތަ އެބަޔަކު ތެދުވާނަމަވެސް އަހަރެން އެމީހަކަށް ސަޕޯޓުކުރާނަން.

    13
  4. ހުސޭނު

    އިޒުރާއީލުން މިސައިލް ހަމަލާ ދޭންވީ ސައުދީ އަރަބިއްޔާއަށް ސައުދީ އަރަބިއްޔާ ކަހަލަ ކާފަރު ޔަހޫދީ ގައުމަކަށް ސައޫދީ އަރަބިއްޔާގަ އެއޮންނަނީ އިސްލާމު ނަމެއްކިޔާ ޔަހޫދީ ދައުލަތެއް

    12
    3
    • ހމނޒ

      ރަނގަޅު ވާހަކައެއް. އެކަމް ސައުދީ އަށް ހަމަލާ ދޭން ގޮވާލުމަކީ ރަނގަޅު ގޮތެއް ނޫން. ސަބަބަކީ މިދުނިޔޭގަ ވާ އެންމެ މާތް ދެ ބިނާ ވަނީ އެ ފަސްގަނޑުގަ ކަމަށް ވާތީ. މަސްޖިދުލް ހަރަމް އަދި މަސްޖިދުލް ނަބަވީ. ސައުދީ ރަސްކަމުގަ ހުރިމީހާ ކިތަންމެ ގޯސްވިޔަސް އަހަރެމެންނަށް އެފަސްގަނޑަށް ދެރައެއް ލިބުމަކަށް ނޭދެވޭ. ﷲ ތަޢާލާ އަދި އެކަލާންގެ ރަސޫލާ ސއވ އަށްޓަކާ އެފަސްގަނޑު ދެކެ ވވވވވވ ލޯބިވޭ. އަހަރެންގެެ އުފަން މި ފަސްގަނޑަށް ވުރެންވެސް. އެހެންވެ އެ ތަނަށް ދެރައެއް ލިބުމަކަށް ނޭދެން. އިންޝާﷲ އެފަސްގަނޑަށް ދެވުމުގެ ހެޔޮ ނަސީބު ދެއްވާށި. އަދި އިސްލާމީ ވެރިންނަށް ހެޔޮ ވިސްނުން ދެއްވާށި. އާމީން

      3
      1
  5. ކަފުން.

    މުޅި އިސްލާމީ އުންމަތް މަގުފުރެއްދީ މުހައްމަދު ބިން ޢަބްދުލްވައްހާބާ އޭނާގެ ބަފާބެ މުހައްމަދު ބިން ސުޢޫދު. ދެން އެއަށްފަހު އެ ދެ ޝައިތާނުންގެ ދަރިން. މިއަދު އިސްލާމުނަށް ޖެހިފައިވާ ހުރިހާ މުސީބާތެއް ފެށެނީ ސައޫދީ ކިންގުޑަމް އުފަންވި ހިސާބާ.

    6
    3