ދެކުނު އެމެރިކާގެ ޤައުމެއް ކަމަށްވާ ޖެމެއިކާ އިން ފަލަސްތީނަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފިއެވެ.

ޖެމެއިކާގެ މައި ސަރުކާރުން މިއަދު ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ އެ ގައުމުން މި މުހިއްމު ނިންމުން ނިންމާފައި މިވަނީ ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާ އިންސާނީ އަނިޔާވެރި ޖަރީމާތަކުގެ ސަބަބުން ޖެމެއިކާ ފަލަސްތީނުގެ ރައްޔިތުންނާއި އެކު ތިބި ކަން ސާބިތުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ޖެމެއިކާ އިން ބުނެފައިވަނީ ފަލަސްތީނުގެ ޣައްޒާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ ވަރަށް ބޮޑު އިންސާނީ ޖަރީމާއެއް ކަމަށާއި ފަލަސްތީނުގެ އެތައް މިލިއަން ރައްޔިތުންގެ އިންސާނީ ޒަރޫރީ ހައްޤުތަކަށް ޔަހޫދީ އިސްރާއީލުން އަރައިގަނެފައިވާ ކަމަށެވެ.

" ޖެމެއިކާ ސަރުކާރުގެ މި ނިންމުމަކީ އެއްވެސް ހާލެއްގައި ސިޔާސީ ނިންމުމެއް ނޫން އަދި މިއީ ހަމަ އެކަނި ސަރުކާރުގެ ސިޔާސަތުތަކަށް ބިނާ ކޮށްގެން ނިންމި ނިންމުމެއް ވެސް ނޫން. މިއީ އދ އިން ކަނޑައަޅާފައިވާ ބައިނަލް އަޤްވާމީ ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއް. ބައިނަލް އަޤްވާމީ ޤާނޫނުތަކުގެ ދަށުން ފަލަސްތީނަށް ފަލަސްތީނުގެ ބިމުގައި ސުލްހަވެރިކަމާއި އެކީ ވަކި ދައުލަތެއް އުފެއްދުމުގެ ފުރިހަމަ ހައްޤު ލިބިގެންވޭ. އަދި އިސްރާއީލުގެ ރައްޔިތުން ގޮތަށް ފަލަސްތީނުގެ ރައްޔިތުންނަށް ވެސް އަމިއްލަ ސަރުކާރެއް ޤާއިމުކޮށް އަމިއްލަ އަށް ބަސް ބުނުމުގެ މިނިވަން ކަން ލިބިގެންވޭ" ޖެމެއިކާގެ ފޮރިންގް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެއެވެ.

ޖެމެއިކާގެ ފޮރިންގް މިނިސްޓަރު ކަމިނާ ޖޯންސަން ވިދާޅުވެފައި ވަނީ ޖެމެއިކާ އިން ދެކެން ބޭނުން ވަނީ އިސްރާއީލާއި ފަލަސްތީނުގެ ދެމެދުގައިވާ ދުވަސްވީ މައްސަލަ ސުލްހަވެރި މަޝްވަރާތަކުން ހައްލުވުން ކަމަށެވެ. އަދި ހަނގުރާމަ އަކީ އެއްވެސް ބަޔަކަށް ފައިދާވާނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ދެ ގައުމަށް ވެސް ލިބިގެންދާނީ ނުތަނަވަސްކަން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ޖެމެއިކާ އިން ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައިވާ އިރު ޔޫރަޕުގެ ގައުމުތައް ކަމަށްވާ ސުޕެއިން އާއި މަލްޓާ އަދި އައިލެންޑް އިން ވެސް ވަނީ ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަށް ނިންމާފައެވެ. އަދި މީގެ އިތުރުން ޕޮލެންޑް އަދި ބެލްޖިއަމުން ވެސް ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާއި މެދު ވިސްނަމުންދާ ކަމަށް އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަސަނާ

    ދިވެހިސަރުކާރުންވެސް މިފަދަ ނިންމުމެއް މިވަގުތުނިނމުން ވަރައްމުހިންމު...

    24
  2. ޙަސަނާ

    ދިވެހިސަރުކާރުންވެސް މިފަދަ ނިންމުމެއް މިވަގުތުނިނމުން ވަރައްމުހިންމު...ދިވެހިންފަލަސްތީނާ އެކުގަ..

    16
  3. ޖާނޭ

    ޖެމެއިކާއާއި ސައުތު އެފްރިކާއިން ފަލަސްޠީނުގެ ޙައްޤުގައި މަސައްކަތް ކުރާއިރު، އަރަބި، މުސްލިމު ދައުލަތް ދައުރު ތަކުގެ އަޑެއް ނެތް. ޚުދު %100 މުސްލިމު ދިވެހިރާއްޖޭގެ ދައުރެއްވެސް ނެތުމުން ވަރަށް ހިތް ދަތި، ވަރަށް ލަދުވެތި. މުސްލިމު ދައުލަތްތައް ވަރަށް މުއްސަދި. ޢެކަމަކު، ފިޑި. ލަދެއް ބިރެއް ނެތް ފިޑި ބައެއް

    17
  4. މުޙައްމަދު1

    ދިވެހި ސަރުކާރަށް ބުނެވޭނީ ކިހިނެތް. މަޖިލީހުން ދެ ފަހަރަށް ގަރާރު ނެރުނީމަވެސް އިސްރާއީލު ޕާސްޕޯޓު ވެސް އެއުޅެނީ ނުހިފޭއްޓިގެން

  5. ލަޠީފް

    ދިވެހިދައުލަތުން މާކުރިއްސުރެ ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގަ ޤަބޫލުކޮށްފަ. ދުވަހަކުވެސް އިޒްރޭލް އެއީ ދައުލަތެއްގެ ގޮތުގައެއް ޤަބޫލުކޮށްފައެއް ނުވޭ.

    • އަބްދުﷲ

      އިޒްރޭލު ދައުލަތެއްގެ ގޮތުގައި ގަބޫލު ނުކުރާހާ ހިނދަކު އިޒަރާއީލު ޕާސްޕޯޓުގައި އެމީހުނަށް ރާއްޖެ އެތެރެ ވެވިގެން ނުވާނެ ކަމަށް އަހުރެން ޤަބޫލުކުރަނީ.

  6. ހަންޑިކުޑަ

    ދިވެހި ސަރުކާރުން މިފަދަ ނިންމުން ނިންމަން ބިރު ގަންނާނެ! ސަބަބަކީ ޔަހޫދީން ކިޔާ ބައެއްގެ އަތުން ލިބޭ އެހީތައް ލިބުން ހުއްޓި ދާނެކަމަށް ލަފާ ކުރެވޭތީ!

  7. އޭނާ

    ސާބަސްކަނބުލޯ ކަނބުލޮމެންނަކީ އިންސާފައްލޯބިކުރާބައެއްކަން ތިސާބިތުކޮއްދިނީ. އަދިދެކުނުއެމެރިކާގެ އެހެންޤައުމުތައްވެސް ތީތިފޮލޯކުރާނެ