އިރާނުގެ ލީގުގައި ކުޅޭ ސެފަހަން އަށް ކޯޗުކޮށްދޭ ޕޯޗުގަލްގެ ކޯޗު ހޯސޭ މޮރައިސް އިސްލާމް ދީން ޤަބޫލުކޮށްފައިވާ ކަން އިއުލާން ކޮށްފިއެވެ.

ކޯޗު ހޯސޭ މޮރައިސް މިކަން އިއުލާން ކޮށްފައި ވަނީ އިރާނުގެ ލީގުގައި އެންމެ ފަހުން އޭނާގެ ޓީމު އެސްޓެގަލް މޮލަސަނީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

ކޯޗު ހޯސޭ އިސްލާމް ދީން ގަބޫލުކުރިކަން އިއުލާނު ކުރުމަށް ފަހު ކުޅުނު ފުރަތަމަ މެޗްގައި ސެފަހަން އިން ވަނީ 2-0 ގެ ނަތީޖާ އަކުން އެސްޓަގަލް މޮލަސަނީގެ މައްޗަށް ކުރި ހޯދާފައެވެ.

ކޯޗު ހޯސޭ އަކީ ޔޫރަޕުގެ ގިނަ ގައުމުތަކެއްގެ ދަށު ޑިވިޒަން ތަކުގައި ގިނަ ދުވަހު ކޯޗު ކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ. އޭނާ އިރާނުގެ ފުރަތަމަ ޑިވިޜަންގެ ސެފަހަން އާއި ހަވާލުވި ފަހުން އެ ޓީމު ދަނީ ލީގުގައި ރަނގަޅު ނަތީޖާތަކެއް ދައްކަމުންނެވެ.

ޕޯޗުގަލް އަށް އުފަން ހޯސޭ މޮރައިސް އަކީ ކުރިން ނަސޯރާ ދީން ޤަބޫލު ކުރަމުން އައި މީހެކެވެ. ނަމަވެސް އިރާނަށް އައި ފަހުން ފެނިގެން ދިޔަ އިސްލާމް ދީނުގައިވާ ހަމަހަމަ އުސޫލުތަކާއި އެންމެންނަށް އިންސާފު ލިބިދޭ ނިޒާމް އޭނާ އަށް ވަރަށް ކަމުދިޔަ ކަމަށް ހޯސޭ ވަނީ ބުނެފައެވެ. އިސްލާމް ދީނުގެ ހުރި މޫރިތިކަން ފެނި އިސްލާމް ދީނަށް ހިތްޖެހި އެ ދީނުގެ އެކި ކަންކަން އަމިއްލަ އަށް ދިރާސާ ކުރަން ފެށުނު ކަމަށްވެސް ކޯޗު ހޯސޭ ވަނީ ބުނެފައެވެ.

ކޯޗު ހޯސޭ މޮރައިސް ކޯޗު ކޮށްދޭ ޓީމު ކަމަށްވާ ސެފަހާންގެ މީޑިއާ މެނޭޖަރު ވެސް ވަނީ ހޯސޭ އިސްލާމް ދީން ޤަބޫލުކުރި ކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނަޝީދު

    އަލްހަމްދުﷲ

    47
    1
  2. އަހުމަދު ނާޖިހު

    އަލްހަމްދުﷲ.ހޯސޭ މޮރައިސް މާތް ﷲ ހެޔޮރަޙުމަތާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށިއެވެ.

    36
  3. ގިނި

    އިސްލާމްދީނ މަތ ލައްވާށ
    ރާފިޟ ޝީޢނގ ކިބައިނ ސަލާް ކުރައްވާށި

    15
    4
  4. ސާރާ

    ތިޔަވާނީ އަންހެނަކުދެކެ ހިތާވީކަމަށް!

    18
    • އަހަންމަދު

      އެހެންވިޔަސް ރަގަޅުތާ!

  5. Anonymous

    الحمدلله
    މަރްޙަބާ ލޮބުވެތި މުސްލިމްއަޙަށް
    ތެދުމަގުގައި ސާބިތުވެ ހުރުމުގެ ތައުފީޤް ދެއްވާށި އާމީން

    23
  6. ހުސެއިން

    އިސްލާމްދީން ގަބޫލު ކުރުމަކުން އަދި އުފަލެއްނެތް ސުންނީއެއްތަ ނޫނީ ޝަޔައީ އެއްތަ

    5
    11
  7. އަލީ

    ޝަޔައީ އިންނަކީ މުސްލިމުންނެއް ނޫން. ޝަޔައީ ބައިގަނޑަކީ ކޮންބައެއްކަން ހޯދާ ބަލާ

  8. ކޮސް

    ތިޔަ ވީނު؟