ރަޝިއާގެ އަސްކަރިއްޔާ އިން ދެމުންދާ ވަރުގަދަ ހަމަލާތަކަށް ކެތް ނުކުރެވިގެން ޔޫކުރޭނުގެ ފައުޖުތައް ހަނގުރާމައިގެ މައިދާނުން ފަހަތަށް ޖެހެމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ރަޝިއާ އިން ވަނީ ޔޫކުރޭނުގެ ފައުޖުތަކަށް އަމާޒުކޮށް ވަރަށް ވަރުގަދަ ހަމަލާތަކެއް މި ދެތިން ދުވަހު ދީފައެވެ. މިކަމުގެ ނަތީޖާ އަކަށްވީ ހިތްވަރާއި އެކު ހަނގުރާމަ ކުރަމުންދިޔަ ޔޫކުރޭނުގެ ފައުޖުތައް އެ ގައުމުގެ ތިން އަވަށް ރަޝިއާގެ އަސްކަރިއްޔާ އަށް ދޫކޮށްލާފައި ފަހަތައް ޖެހުމެވެ. ޔޫކުރޭނުގެ އަސްކަރިއްޔާ އިން ވަނީ ބާޑީޗޭ، ސެމެނިކާ އަދި ނޮވޮމީޚައިލްވިކާ އަވަށުން ފައިބާފައެވެ. މި ތިން އަވަށަކީ ފާއިތުވި ދުވަސްތަކުގައި ރަޝިއާގެ އަސްކަރިއްޔާ އިން ހިފަން މަސައްކަތް ކުރަމުންދާ 3 އަވަށެވެ.

ޔޫކުރޭނުގެ އަސްކަރިއްޔާގެ ވެރިޔާ ކާނަލް ޖެނެރަލް އޮލެސްކަންޑަރ ސްރިސްކީ އެ ގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ތިން އަވަށުން ޔޫކުރޭނުގެ ފައުޖުތައް ފޭބީ ޓެކްނިކަލް ރިޓަރީޓް އެއްގައި ކަމަށާއި އަލުން ހަނގުރާމައިގެ މައިދާނަށް ޔޫކުރޭނުގެ ސިފައިން ނިކުންނާނެ ކަމަށެވެ.

ޔޫކުރޭނުގެ ޑޮނެސްކު ސަރަހައްދުގައި ޔޫކުރޭނުގެ ބާރުގެ ދަށުގައި މިހާރު އޮތީ އެންމެ ދެ ސިޓީއެވެ. އެއީ ޕޮކްރޮވްސްކް އާއި ޚުރަޚޯވް އެވެ. ރަޝިއާ އިން ދަނީ މި ދެ ސިޓީ ހިފަން ވަރަށް ގަދަ އަށް ހަމަލާތައް ދެމުންނެވެ. ރަޝިއާ އިން ވަނީ މި ދެ ސިޓީ ފިޔަވައި ޑޮނެސްކު ސަރަހައްދުގެ ބޮޑެތި ހުރިހާ ސިޓީތަކަކާއި އަވަށް ތަކެއް އެ ގައުމުގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ރަޝިއާ އަށް އަދިވެސް އެ ގައުމުގެ ބާރުގަދަ އަސްކަރިއްޔާގެ ކުޅަދާނަ ކަން ދައްކާލަން ދަތި ވެގެން އުޅެނީ ރަޝިއާގެ މޮޅު ހަތިޔާރުތައް ޔޫކުރޭނުގެ ތެރޭގައި ހަނގުރާމަ ހިނގާ ސަރަހައްދުތަކަށް ފޯރުކޮށްދިނުމުގައި ދަތި ތަކެއް ކުރިމަތިވަމުންދާތީ ކަމަށް އެމެރިކާގެ ހަނގުރާމަތަކާއި ބެހޭ ކަންކަން ދިރާސާ ކުރާ ޖަމިއްޔާ އެއް ކަމަށްވާ އިންސިޓިއުޓް ފޯ ދަ ސުޓަޑީ އޮފް ވާރް އިން ވަނީ ބުނެފައެވެ.

ރަޝިއާގެ އަސްކަރިއްޔާގެ އަމާޒު މިހާރު ހުރީ އެމެރިކާ އިން ޔޫކުރޭނަށް ދޭ 60 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ އައުމުގެ ކުރިން ޑޮންބަސް ސަރަހައްދުގައި ހަރަކާތްތެރިވާ ޔޫކުރޭނުގެ އަސްކަރިއްޔާގެ ފައުޖުތަކުގެ ސަފުތައް ފޫއަޅުވާލުން ކަމަށް ރަޝިއާގެ އަސްކަރިއްޔާ އާއި ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އޭނާ

    ޔުކްރެއިންގަ ހަނގުރާމަކުރަނީ ހަމައެކަނި ޔުކްރެއިންމީހުނެއްނޫން. ނޭޓޯގެ ކުލީސިފައިންވެސް ޔުކުރެއިންސިފައިންނާއެކީ ހަނގުރާމަކުރޭ. ކުރުގޮތަކައްބުނަންޏާ 32 ޤައުމާ ރަޝިއާއެހަނގުރާމަކުރަނީ. ރަޝިއާކުރަމުންމިދާހަނގުރާމަ ވެގެންދާނީ ވޯލްޑްއޯޑަރ ބަދަލުކޮއްލާނެހަނގުރާމައަކަށް. ދާދިއަވަހައްޔުކުރެއިންކަންތައްނިމޭނެ. ޒެލެންސްކީފިލާނެ ނޫނީޔޫރަޕްގެ ކޮންމެވެސް ޤައުމަކުން އެސައިލަމްދޭނެ.

    40
    • 123

      ޒެލެންސްކީ މިހާރުވެސްްއެހުރީ ރައީސްކަމުގެދައުރުނިމި އެކްސްޕެއަރވެފަ.

  2. ހުސޭނުބޭ

    ހުނ! މާދަމާ ޔުކްރެއިންގެ ރައީސް އިޢުލާންކުރާނެ މިދިޔަ ހަފުތާގައި ރަޝިޔާގެ 90000 ސިފައިން މަރާލެވިއްޖެކަމަށް!

  3. އިސްޢާފް ސަލީމް

    އެއްކޮޅުގައި އެއްފަރާތަކުން އެހީނުލިބި ރަޝިޔާ އެކަނި!!!! އަނެއްކޮޅުގައި ޔޫކުރެއިން ، އެމެރިކާ ، ޔޫކޭ ، އިޒްރޭލް ނޭޓޯ ގެ ފައުޖުތަކާ ހަތިޔާރު! މިވަރުންވެސް ޔޫކްރެއިނަށް ހިންދެމިނުލެވޭހިނދުވެސް މުޅި ޤަވްމު ބެއތިލްމާލު ތި ތަޅާ ބުރުއްސަނީ އެމެރިކާއަށް ދީގެން! ރީއްޗެއްނު؟

  4. Anonymous

    ގިއްގަޅުވާލާފަ ރާކަނިމަސް ކާންދީފަ ބައިތިއްބާ..އެމެރިކާއާއި ނޭޓޯ ބަލިވެ ނިކަމެތިވުން އެދެނީ..ފަލަސްތީނަށް އެހަދާލާގޮތް ބަލާބަލަ ނިކަން..އަޑީގަ އެމެރިކާ ނޭޓޯ..