އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހްއަށް އަރައިފި ނަމަ އިސްރާއީލަށް ޒަމާނުއްސުރެ ފޯރުކޮށްދެމުން އަންނަ ހަތިޔާރުތައް ފޯރުކޮށްދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ދީފިއެވެ.

ސީއެންއެންއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބައިޑަން ވިދާޅުވީ، އިސްރާއީލުން ރަފާހްއަށް އަރައިފި ނަމަ އެމެރިކާއިން އެ ގައުމަށް ޒަމާނުއްސުރެ ފޯރުކޮށްދެމުން އަންނަ ހަތިޔާރުތައް ފޯރުކޮށްދިނުން ހުއްޓާލާނެކަން ވަރަށް ސާފުކޮށްދީފައިވާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށްދިނިން، އެ މީހުން ރަފާހްއަށް އަރައިފި ނަމަ، އަދި އެ މީހުން ރަފާހްއަށް ނާރާ، އެ މީހުން ރަފާހްއަށް އަރައިފި ނަމަ މި މައްސަލައާ ގުޅިގެން އިސްރާއީލަށް ޒަމާނުއްސުރެ ފޯރުކޮށްދެމުން އަންނަ ހަތިޔާރުތައް ފޯރުކޮށްދިނުން ހުއްޓާލާނެ ކަމަށް،" ބައިޑެން ވިދާޅުވިއެވެ.

އެ އިންޓަވިއުގައި ބައިޑަން ވަނީ ފުރަތަމަ ފަހަރަށް އެމެރިކާއިން ފޯރުކޮށްދޭ ބޮންތައް ބޭނުންކުރުމުގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުން ޝަހީދުވަމުންދާ ކަމަށް އެއްބަސްވެފައެވެ. އަދި އިސްރާއީލުން އާބާދީ ބޮޑު ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ގޮތުން ވެސް އާންމުން ޝަހީދުވާ ކަމަށް އޭނާ އެއްބަސްވިއެވެ.

އޮކްޓޯބަރު ހަތެއްގެ ހަމަލާއަށްފަހު އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން އެމެރިކާއިން ދަނީ އާޓިލަރީ ޝެލްތަކާއި ބޮންތައް ފޯރުކޮށްދެމުންނެވެ.

އިއްޔެ އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޮސްޓިން ވެސް ވަނީ އިސްރާއީލުން ޣައްޒާގެ އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުނުކޮށް ރަފާހްއަށް އަރާފާނެތީ، ބޮމުގެ ޝިޕްމެންޓެއް ނުފޮނުވައި އެމެރިކާއިން ލަސްކުރިކަން ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް، އޭނާ އަދިވެސް ވިދާޅުވަނީ، އިސްރާއީލުން އަމިއްލައަށް ދިފާއުގައި މަސައްކަތް ކުރުމުުގެ ހައްގަށް އެމެރިކާއިން ތާއީދުކުރާ ކަމަށެވެ.

ބައިޑަންގެ ސަރުކާރުން ގެންދިޔައީ މިލިއަނެއްހާ އާންމުން ރައްކާތެރިކަން ހޯދުމަށް ގޮސްފައިވާ ރަފާހްއަށް އިސްރާއީލުގެ ސިފައިން އަރައިފި ނަމަ އިންސާނީ ކާރިސާ އިތުރަށް ފުޅާވެގެންދާނެ ކަމަށް ބުނެ އެކަން ނުކުރުމަށް ކުރިން ވެސް ބާރު އަޅަމުންނެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުންގެ ސަބަބުން އިންސާނީ ކާރިސާއެއް އުފެދިފައިވާއިރު، ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލަން ބައިޑަންގެ ސަަރުކާރަށް ދަނީ ޕްރެޝަރު އަމާޒުވަމުންނެވެ. އެގޮތުން، ޑިމޮކްރެޓިކް ޕާޓީގެ ތެރެއިން ވެސް ޕްރެޝަރު ކުރިމަތިވަމުން އަންނަ އިރު އެމެރިކާގައި އާންމުންނާއި ކޮލެޖު ދަރިވަރުން ދަނީ އެކަމަށް ގޮވާލައި ބޮޑެތި މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަވާސާ ހަމީދު

    ނުވާނެތިކަމެއް ބައިޑަންޖެހޭނީ ހަތިޔާރުދޭން! ބައިޑަންއަކީވެސް މުނާފިގެއް!

    33
    0
  2. Anonymous

    އެމެރިކާ ތިޔަހުތިހާ ކަމެއްގެ އަޑީގަ އޮންނަނީ ، މީހުން ލޯކުރިމަތީ ތިޔަހެން ބުނެފަ ފުރަގަހުގަ ހުރިހާ ނުބައެއް ހަދާނެ.

    24
    1
  3. ޜައްޔިތުމީހާ

    މިހާރު ހަތިޔާރުތައްވަނީ ފޮނުވާނިމިފަ ފަލަސްތީނު ސުންނާފަތިކުރުމުގަ އެމެރިކާގެ ހިއްސާއެންމެބޮޑީ ފަލަސްތީން ސަރަހައްދުންފެނުނު ނެޗުރަލްގޭސްވަޅުތައް ހިސޯރުކުރެވުމުންނޫނީ ހަމަލާތައް ހުއްޓާނޫލާނެ

    20
  4. މޫސަބޭ

    ބައިޑަން މުނާފިގަކަށް ވާނީ އިސްލާމެއްކަމަށް އިޢުލާނުކުރުމަށްފަހުގައި ނޫނޫންތޯއެވެ. ބައިޑަންއަކީ ޒުވާން ދުވަސްވަރުއްސުރެ ފާޅުގައި އިޒްރާއީލަށް ތާޢީދުކުރާމީހެކެވެ. އެނގިފާވާ ގޮތުގާ އެއީ ނަޞާރާއެކެވެ.
    ޙަޤީގަތުގާ ކާރީގައި ތިބި މުސްލިމު ޤައުމުތަކުގެ ވެރިން ބައިޑަން މެނަށްވުރެން މާނުބައި ކަމުގާ ނެވިދާނެއެވެ.

    17
  5. ��ނުވާނެ

    " ނަމަ" އޭ ، ބަލަ މިހާރު ރަފަހް އަށް އަރާ ކީއްތަ އެކުރަނީ ؟؟

    11
  6. ޓިނު

    ބައިޑަންތީ ނަތަންޔާހޫ އައްވުރެ ހަގުނަ ނުބައި ނުލަފާ މީހެއް.