އެމެރިކާގެ ނިއުޔޯކުގެ އެއާޕޯޓުން މައިސޫރީގެ އެއާޕޯޓަށް ދަތުރު ކުރަމުން ދަނިކޮށް ވެއްޓިފައި ވަނީ ކުޑަ މަތިންދާ ބޯޓެކެވެ. މި ހާދިސާގައި މަރުވެފައި ވަނީ ބައްޕަ އާއި އޭނާގެ ދަރިފުޅެވެ. މަތިންދާ ބޯޓު ވެއްޓިފައި ވަނީ މައިސޫރީ އެއާޕޯޓަށް ޖައްސަން އުޅުނު ވަގުތު އެވެ. ކަމާއި ބެހޭ ފަރާތަކުން ބުނާ ގޮތުގައި މަތިންދާ ބޯޓް ވެއްޓުމުގެ ހާދިސާ ހިނގަން މެދުވެރިވީ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.

މަތިންދާ ބޯޓު ވެއްޓުމުގެ ކުރިން ވަނީ ކުއްލި ހާލަތުގައި ރަންވޭ މަތީގައި ޖައްސުމަށް ފަހު އަލުން އުދުއްސާލާފައެވެ. އަދި ބޯޓު ވެއްޓުމުގެ ކުރިން ޕައިލެޓް ވަނީ ރިމޯޓް ކޮންޓްރޯލްގެ އެހީގައި ރަންވޭގެ ލައިންޓް ޖައްސާލާފައެވެ.

އެމެރިކާގެ ވައިގެ ދަތުރުތަކާއި ބެހޭ އިދާރާތަކުން ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެގޮތުން މި ހާދިސާ ހިންގުމުގައި އެއާޕޯޓުގެ އިހުމާލެއް އޮތްތޯ ދަނީ ތަހުގީގު ކުރަމުންނެވެ.

މަތިންދާ ބޯޓް ވެއްޓުމުގެ ހާދިސާތަށް ފަހަކަށް އައިސް އެމެރިކާގައި އިތުރުވަމުންދާއިރު މީގެ ހަތަރުމަސް ކުރިން އެމެރިކާގެ ނިއުޔޯކްގެ ލަގާރޑިއާ އެއަރޕޯޓުން ފުރައިގެން ޑަލަސްއަށް ދަތުރުކުރި އެމެރިކާގެ ސައުތުވެސްޓް އެއަރލައިންސްގެ މަތިންދާ ބޯޓެއްގެ އެއް އިންޖީނު ގޮވައި، އަންހެނަކު ވަނީ މަރުވެފައެވެ.

ސައުތުވެސްޓް އެއަރލައިންސްގެ ބޮއިންގ 737 ގެ ފްލައިޓް 1380 ގެ އިންޖީނު ގޮވީ ލަގާރޑިއާ އެއަރޕޯޓުން ފުރިތަނާއެވެ. އެ ހާދިސާ ހިނގިއިރު، ބޯޓުގައި ތިބި ބައެއް މީހުންވަނީ ފޭސްބުކް ލައިވް-ސްޓްރީމް ވެސް ކޮށްފައެވެ. އެ ހާދިސާ ހިނގުމާއެކު ބޯޓް ވެއްޓިދާނެ ކަމަށް ބަލާ މަތިންދާ ބޯޓްވަނީ ކުއްލި ހާލަތުގައި ފިލަޑެންފިއާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑޮންޑޮން

    މައިސޫރީއެއް ނޫން، މިޒޫރީ

  2. ސަޒުނާ

    ވަރަށް ދެރަވެއްޖެ. އެދެބަފައިންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި . އާމީން.