އޮސްޓްރޭލިއާ އަށް ގެއްލުން ބޮޑު ބިޔަ ސުނާމީއެއް އަރާނެ ކަމުގެ އިންޒާރު ސައިސްވެރިން ދީފިއެވެ.

ސައިންސްވެރިން ލަފާކުރާގޮތުގައި ކައިރި މުސްތަގުބަލެއްގައި އިންޑިއާ ކަނޑަށް ގިނިހިލައެއް ވެއްޓި، އެއަށްފަހު އަންނަ ބިންހެލުން ތަކުގެ ސަބަބުން ބޮޑު ސުނާމީއެެއް އޮސްޓްރޭލިއާގެ އައްސޭރިފަށަށް އެރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ސައިންވެރިން ބުނާގޮތުން މީގެ ކުރިންވެސް ބޮޑެތި ސުނާމީ ތަކެއް އޮސްޓްރޭލިއާއަށް އަރާފައިވާކަމުގެ ހެކިތަށް ތާރީހުން ފެންނަކަމަށެވެ. އެގޮތުން 1491 އިފެދުނު 60 މީޑަރުގެ ބިޔަ ސުނާމީއެއް އެގައުމުގެ އަސޭރި ފަށުގެ 50 ކިލޯމީޑަރު އެތެރެއަށް އަރާފައިވާކަމަށެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މި ފަދަ ހާދިސާއެއް ތަކުރާރުވުމުގެ ފުރުސަތު އަދިވެސް އެބައޮތެއެވެ. އިންޒާރެއް ނެތި އުފެދޭ މި ފަދަ ބިޔަ ސުނާމީގެ ސަބަބުން އޮސްޓްރިއާގެ އައްސޭރިފަށުގެ ސިޓީތަށް ސުންނާފަތި ކޮއްލާނެ ކަމަށް ސައިންވެރިން ބުނެއެވެ.

ފަހުގެ ތާރީހެއްގައި އުފެދުނު އެންމެ ބިޔަ ސުނާމީ އުފެދުނީ 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން މުޅި އިންޑިއާ ކަނޑަށް އައި ސުނާމީއެވެ. މި ބިންހެލުމުން އުފެދުނު ސުނާމީ 30 މީޓަރ ނުވަތަ 100 ފޫޓު ހުރިކަމަށް ރެކޯރޑް ކުރެވިފައި ވެއެވެ.

މި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމާއި އަދި އޭގެ ސަބަބުން އުފެދުނު ސުނާމީގައި 200,000 މީހުން ވަނީ މަރުވެފައެވެ.

ބިންހެލުންތަކުގެ ސަބަބުން ކަނޑުގައި ބިޔަ ރާޅުތަކެއް އުފެދެއެވެ. މި ބާވަތުގެ ބޮޑުރާޅަށް ސުނާމީ އޭ ކިޔައެވެ. ''ސުނާމީ" މި ބަސް ނެގިފައިވަނީ ޖަޕާނުބަހުންނެވެ. ސުނާމީ ބައެއް ފަހަރު ކަޑު ހުރަސްކޮށް ގަޑިއަކު 500 ކިލޯމީޑަރު ބާރު މިނުގައިވެސް ދަތުރު ކުރެއެވެ.