އިންޑިއާގެ ސްކޫލެއްގައި ކިޔަވަމުން ދިޔަ އަންހެން ކުދިންތަކަކަށް ހަމަލާ ދީފިއެވެ.

އިންޑިއާގެ ބިހާރު ސްޓޭޓުގައި ހުރި އަންހެން ކުދިންގެ ސްކޫލެއް ތެރެއަށް ބަޔަކު ވަދެގަނެގެން ވަނީ އެ ސްކޫލުގައި ކިޔަވަމުން ދިޔަ 36 ކުދިންނަށް ހަމަލާ ދީފި އެވެ.

އުމުރުން ހަގު އަންހެންކުދިންތަކެއް ތިބި ކުދިންނަށް ބަޔަކު ހަމަލާ ދިނީ އެކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމަށް ފަހުގަ އެވެ. މި ހަމަލާ ދިނުމުގައި ބައިވެރިވީ، ފިރިހެން ކުދިން ތަކަކާއި އެކުދިންގެ ބެލެނިވެރިންނެވެ.

މި ހަމަލާއާ ގުޅިގެން ބިހާރުގެ ފުލުހުން ވަނީ ހަ ފިރިހެން ކުއްޖަކާއި ތިން އަންހެނުން ހައްޔަރުކޮށްފަ އެވެ.އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އެސްކޫލަށް ދާ ކުދިންނަށް އާއްމުކޮށް ފުރައްސާރައާ ކުރިމަތިލާން ޖެހެ އެވެ.

މި އިސްކޫލިގެ ޑިސްޓްރިކްޓު އެޑިއުކޭޝަން އޮފިސަރު ޖަގަތްޕަޓީ ޗޯދުރީ ވިދާޅުވީ އެ އަންހެން ކުދިން ސްކޫލު ތެރޭގައި ތިއްބާ ފިރިހެން ކުދިންތަކެއް ގޮސް ޖިންސީ ފުރައްސާރަ ކުރަން މަސައްކަތް ކުރި ކަމަށާއި އެހަމަލާގެ ސަބަބުން ސްކޫލުގެ ކުދިން ތިބީ ޝޮކެއް ގައި ކަމަަށެވެ.

" ހަމަލާ ދިނުމުގެ ސަބަބުން އުމުރުން 10 އަހަރާއި 16 އަހަރާ ދެމެދުގެ އެކުދިންނަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ , އަންހެންކުދިން އެމީހުންނާ ކުރިމަތިލައި، ތަޅާ ހެދި. އޭގެ ފަހުން އެފިރިހެން ކުދިންނާއި އެކުދިންގެ ބެލެނިވެރިން ގޮސް އަންހެންކުދިންނަށް ހަމަލާ ދިނީ،" އޭނާ ވިދާޅުވިއެވެމ

އިންޑިއާގެ ރޭޕް ކުރުމާއި އަންހެންކުދިނަށް ޖިންސީ ފުރައްސާރަ ކުރުން އާންމުވެފައިވާއިރު، ކޮންމެ 15 މިނެއްޓަކު ކުޑަ ކުއްޖެއް ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކަމަށް ޖަމާއަތްތަކުން ލަފާކުރެ އެވެ. އިންޑިއާ ފާހަގަވެފައި އޮންނަނީ އަންހެނުންނާއި ކުޑަކުދިންނަށް މުޅި ދުނިޔެއިންވެސް އެންމެ ނުރައްކާ ގައުމުުގެ ގޮތުގައެވެ. އަދި އެއީ ދުނިޔެއިން ރޭޕްގެ މައްސަލަތަށް ތިންވަނައަށް އެންމެ ގިނައިން ފެންމަތިވާ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗެންޕިއަން

    އެއްވަނަ ދެވަނަ ވެސް ހޮވާ އިނާމުވެސް ދެމާ ދޯ.