ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެޤައުމުގެ ބޮޑުވަޒީރުކަމާއި ޙަވާލުވެ ވަޑައިގެންފިއެވެ. ރާޖަޕަކްސަ ދާދި ދެންމެއަކު ވަނީ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައެވެ.
ރާޖަޕަކްސައަށް ލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އައްޔަންކޮށްފައި ވަނީ ރައީސް ސިރިސޭނަގެ ޕާޓީ، ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) އިން ކުރީގެ ބޮޑުވަޒީރު ރަނިލްގެ ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އާއި އެކު ހަދާފައިވާ ވެރިކަން ކުރާ ކޯލިޝަނުން ވަކިވުމާއި ގުޅިގެންނެވެ. ރަނިލް ބޮޑުވަޒީރުކަމުން ދުރުކުރީ ރައީސް އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސިރިސޭނައެވެ.
ދާދި ދެންމެއަކު ރާޖަޕަކްސަ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ސިރިސެނާ އާއި ސްރީލަންކާ ސަރުކާރުގެ އިސް ވެރިން އަދި ރާޖަޕަކްސައަށް ތާއީދުކުރާ އެޤައުމުގެ ސިޔާސީ އިސް ބޭފުޅުންވެސް ވަނި ބައިވެރިވެ ވަޑައިގެންފައެވެ.
ޔޫޕީއެފްއޭ އާއި ޔޫއެންޕީ ގުޅިގެން ކޯލިޝަނެއް އުފައްދާފައިވަނީ ރާޖަޕަކްސަ ލަންކާގެ ވެރިކަމުގައި ހުންނެވިއިރު، އެ މަޤާމުން ރާޖަޕަކްސަ ދުރުކުރުމުގެ ބޭނުމުގައެވެ. ރާޖަޕަކްސަގެ ދިހަ އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އެ ކޯލިޝަން ގުޅިގެން ކުރި މަސައްކަތުން ކޯލިޝަންގެ ވެރިކަމެއް ފަސޭހަކަމާއި އެކު ގެނެވުނު ނަމަވެސް، ފަހުން ވަނީ މައްސަލަތަކެއް އުފެދި ކޯލިޝަން ބައިބައިވާން ފަށާފައެވެ.
ސިރިސޭނަ ވެރިކަމުން ދުރުކުރުމަށް ރަނިލްގެ ޕާޓީން ކުރިން މަސައްކަތް ކޮށްފައިވެއެވެ. ސިރިސޭނަ އަށް ތާއީދުކުރާ އެޤައުމުގެ ޕާލިމެންޓް މެމްބަރުން ވަނީ ދާދިފަހުން ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ހުށަހަޅާފައެވެ. އެހެން ނަމަވެސް އެ ވޯޓުން ރަނިލް ވަނީ ސަލާމަތްވެ ވަޑައިގެންފައެވެ.
ސިރިސޭނަ އާއި ރާޖަޕަކްސަ ގުޅިވަޑައިގަތުމުން، ލަންކާގެ ޕާލެމެންޓުން އާ ކޯލިޝަން ސަރުކާރުކާރަށް ތާޢީދުކުރާ 95 މެމްބަރުން ތިއްބަވާނެއެވެ. ނަމަވެސް 106 ގޮނޑިއާއި އެކު އަދިވެސް ޕާލެމެންޓުގެ މެޖޯރިޓީ އޮތީ ރަނިލްގެ ޔޫއެންޕީއަށެވެ.
ލަންކާގެ ސަރުކާރަށް މިރޭ މިހައިބޮޑު ބަދަލެއް ގެނެވުނުއިރު، ބޮޑުވަޒީރުކަން ގެއްލިވަޑައިގަތް ރަނިލްގެ ޕާޓީން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މިރޭ ލަންކާގެ ބޮޑުވަޒީރުކަމަށް ހުވާކުރެއްވި ރާޖަޕަކްސަ ކުރިން ވެރިކަމުގައި ހުންނެވިއިރު، މިހާރުގެ ރައީސް ސިރިސޭނަ އަކީ އެމަނިކުފާނުގެ ކެބިނެޓު މިނިސްޓަރެކެވެ. ރާޖަޕަކްސަގެ ވެރިކަމުގައި ހެލްތު މިނިސްޓަރުކަމުގައި އުޅުއްވަމުން ސިރިސޭނަ ސަރުކާރުން ވަކިވެވަޑައިގަތީ ވެރިކަމަށް ކުރިމަތިލެއްވުމަށެވެ.
މިއީ ދުނިޔޭގެ ކަންކަން ހިގަމުންދާގޮތް މިކަމުންވެސް އިބުރަތް ލިބިގަތުން ރަނގަޅު ރާޖަޕަކްސަރގެ އިސްތަށިފުޅުގައިވެސް ކޮރަޕްޝަންގެ ތުހުމަތުތަށް އަޅުވައި ލަންކާގެ ތަރައްގީއަށް ކޮށްދެއްވި މަސައްކަތް ފުނޑުފުނޑު ކޮށްލަން އޭރުގެ އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރި އަދި އެމީހުން ވެރިކަމަށް އައިސް ކުރެވުނު ކަމެއް ރައްޔިތުންނަށް ނުދެއްކުމުން މިއަދު އެމީހުން ހެދި ދޮގު ތައްޔިތުންނަށް ފަޅާއެރީ
މިވަރުގެ ބޮޑު ނިއުމަތެއް މި ގައުމަށްވެސް ދައްކަވާފާނދޭވެ! އަންނިއާއި އޭނާގެ ބައިވެރިންގެ ކިބައިން މި ގައުމު ސަލާމަތްކޮށް، އެބައިމީހުންނަށް އިބަސުވާމީންގެ ކޯފާ ލައްވަފާނދޭވެ!
ކޮބާ ތިޔައީ މުސްތަގުބަލުގައި ދިވެހިރާއްޖޭން ފެންނާނެ މަންޒަރެއް ރާޖްޕްކްޝާ ވައްކަންކުރަނީޔޭ ގައުނު ޗައިނާއަށް ވިއްކަނީޔޭ މިއީ ލަންކާގެ އޭރު އިދި ކޮޅުޕާޓީން ގޮވަމުންއި ގޮވަލިފަތި އާހިރުގައި އެމީބުން ދެއްކިވާހަ ދިމަލެއްނުވި މިހާރުމިއޮތީ ރާޖްޕަކްޝާއަށް ވެރިކަން ލިބިފަ މީގެން ދިވެހީން އިބުރަތް ހާސިލް ކުރަން ޖެހޭނެ އަދި ރައިސް ޔާމިން ނެތިގެން ރޯންޖެހޭ ދުވަސް އަންނާނެ.
ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ވޯޓްވަގޭ ތަމެންގެ ބޮޑޭ އިހަށް ދުވަހު ރަނިލް އާއި ބައްދަލު ކުރި މިހާރު އެކަލޭގެ އެހެރީ އެކްސްޕޯރޓް އަރުވާލާފައި އިނގޭތޭ ތަމެން ދެން މަަހަށް ދޭބަލަ ރަނިލޭ މަހަށްދޭބަލަ ދެން މަހަށް މަހަށް މަހަށް މަހަށް ދޭބަލަ މަހަށް ދޭބަލަ ދެން...
ލަންކާގެ ބޮޑު ވަޒީރު ކަމުން ރަނިލް ވަކި ކޮށް ރާޖާ ޕަކްސާ އަށް ބޮޑު ވަޒީރު ކަން ދިނުން އެއީ މަމެން އުފާ ކުރާ ކަމެކޭ ބްލަޑީ އިންޑިއަނޭ މެންގެ ދުވަސް ޖެހޭނެއޭ ދުއްވާލަން އިންޑިއާ މީހުންނަށް ލަންކާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭނިގަންނަން އެއްގޮތަކަށް ވެސް ފުރުސަތު ދީގެން ނުވާނެއޭ ތިޔާއީ އެމެރިކާ އަޑީގައި އޮވެގެން އިންޑިއާ ލައްވާ ލަންކާގެ ސިޔާސީ މަޝްރަހު ފުނޑު ފުނޑު ކޮށްލާ ލަންކާގެ އިގްތިސާދު ފުނޑާލަނީއޭ ޖަސްޓް ގޮނާ ސްޓޭންޑް ދެއަރ އެން ހިއަރ މީ ކްރައި ދެޓްސް އޯލް ރައިޓް ބިކޮޒް އައި ލަވް ދަވޭ ޔޫ ޑޫ އިޓް ލަވް ދަވޭ ޔޫ ޑޫ އިޓް ލަވް ދަވޭ ޔޫ ޑޫ އިޓް....
ރާޖަޕަކްސާ ޗައިނާގެ އެހީގަ ލަންކާޔައް ކޮއްދިން ތަރައްގީ ފުންޑާލާ އިދިކޮޅު އެންމެން ކޯލިސަން ހަދައިގެން. އިދިކޮޅުން އިންތިހާބު ކާމިޔާބުކުރަން ކީލަވަޔަކީ:
* އަނިޔާވެރި ކަން
* ގައުމުދަރު ވާލުން
* މުޅި ގައުމުގަ ކޮރަޕްސަން
ކޯލިސަނައް އެއްބާރު ލުންދިނީ އިންޑިޔާ، އީޔޫ، އެމެރިކާ، އިންގިރޭސި ވިލާތް
ކޯލިސަނުން ވެރިކަމައް އައިސް މުޅިންވެސް ބެލީ ރާޖަޕަކްސާ އާއި އޭނަގެ އާއިލާ އެކިނަންނަމުގަ ދުވަސްދުއްވާލުން.
ގައުމު ރައްޔިތުންނައްވީ ފައިދާއެއްނެތް ގައުމު ދިޔައީ އެއްއަހަރުން އަނެއް އަހަރު ފަހަތައް. ކަންކުރާނެ ގޮތްނޭގި އަމިއްލަ ޕާޓީ އާއި ކޯލިސަން ވެރިކަމުގެ ބާރުގަ ތިބެވޭނެ ކަމައްހީކޮއް ލައްކަކަންތައްކުރި.
ކަންނިމެމުން އަންނަގޮތް ރާއްޖޭގެ ހުރިހާ ރައްޔިތުން ގާތުންބަލާ އިބްރަތް ހާސިލް ކުރަން ރަގަޅުފިލާވަޅެއް.
ދިވެހިންނަށް ރައީސް ޔާމީންގެ މުހިނަމުކަމަައެވަރެންނެތިގެން ރޯންޖެހޭ ހިތާމަކުރާނެދުވަހެއް ލަހެއްނުވެ ފެންނާަނެ އިދިކޮޅުމީހުން އެމަނިކުފާނުގެ ބޮލުގައަޅުވާަ ދޮގު ތުހުމަތުތަކާ ވަގުބަދުނާމުތަށް ބޭޒާރުވެ މުޅިރައްޔިތުން ނުކުމެ އަލަންއަންނަ ސަރުކާރު ފަހާބޭރުކުރާނެ ދުވަސް ލަހެއްނުވެ ދަށްކަވާނެ
ރަނިލް ބޮޑު ވަޒީރު ކަމުން ވަކި ކުރިކަން އެއީ މަމެން އުފާ ކުރާ ކަމެކޭ ސަބަބަކީ އޭނާ މަސައްކަތް ކުރަނީ އިންޑިއާގެ ޕަޕެޓެއްގެ ގޮތުގައި ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިންނޭ ޗައިނާ އަށް ދޭން ނިންމާފައި އޮތް 300 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ދޭން ލަންކާގެ ކެބިނެޓް އިން ނިންމާފައި ވަނި ކޮށް ރަނިލް އަށް އިންޑިއާ އާއި ގުޅިގެން އިންޑިއާގެ ކުންފުންނަކަށް އެމަސައްކަތް ދޭން ނުނިންމޭނެއޭ އެއީ ބޮޑު ގޯހެކޭ ތިއޮތީ ވަކިކޮށް ނަގާ އެއްލާލާފައި ތަމެންދެން މަަހަށްދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...
އެދުވަހެއް ދެން ނައަންނާނެ، ހާސްބައި ތަފާތު!
ރަނިލް ވަކިކޮށް ލަންކާގެ ބޮޑު ވަޒީރު ކަމަށް ރާޖަޕަކްސާ އައްޔަން ކޮށް ފިނަމަ އެކަމަކީ އެއީ މަމެން ޕިންކީން އުފާ ކުރާ ކަމެކޭ އެއިން ދެން ޔަގީނޭ މަމެން ޕިންކީން ނަށް ވަރަށް ގިނަ ފައިދާ ތަކެއް ކުރާނެއޭ ކޮބާ އެމެރިކާ ތަމެން އަޑީގައި ތިބެގެން އިންޑިއާ މެދުވެރިކޮށް ލަންކާގެ ސިޔާސީ މަޝްރަހު ގޯސް ކުރަން އުޅެން ހަދައިގެން ހުންނާނެއޭ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި ތަމެންނަށް ދެޓްސް އޯލް ރައިޓް ބިކޮޒް އައި ލަވްދަވޭ ސިރިސޭ ޑޫ އިޓް ލަވް ދަވޭ ދޭ ޑޫ އިޓް
އަނގޮޓި ވަގުންނަށް މިކަން ހަމަ މިގޮތަށް ވާނެ ޔަގީން ކަމެއް ބަލަންތިބެމާ ބަހީ ރައީސް ޔާމީން އަދި ވެރިކަމަށް ގެންނާނަން .
މާލަހެއް ނުވެތިދުވަސް، އަންނާނެ،.
ޕުއާ އިންޑިއަން
ރާޖަޕަކްސަ ރައީސްކަމުން ވަކިކުރެވުނު މޮޔަ ހީވެހީވެ ލަންކާގެ ރައްޔިތުންވެސް ތިބީ. ސަބަބަކީ ބައެއް ކޮމެންޓްތަކުގައި ފާހަގަކޮށްފައި ވާފަދައިން ބާރު ސްޕީޑްގައި ގައުމަށް އަންނަމުން ދިޔަ ތަރައްގީ ކުއްލި އަކަށް ހުއްޓިގެންދިޔުމެވެ. އައު ސަރުކާރު އައި ފަހުން އަދި މިހާތަނަށްވެސް ތަރައްގީގެ އެއްވެސް ފިޔަވަޅެއް އެޅިފައެއް ނެތުމެވެ. ސަބަބަކީ އިންޑިއާގެ ނުފޫޒުގައި ލަންކާ ޗައިނާޔާ ދުރުކުރަން ކުރި މަސައްކަތެވެ. އެހެންނަމަވެސް ޚުދު އިންޑިއާވެސް ސިއްރުސިއްރުން ދުވަނީ ޗައިނާގެ ފަހަތުންނެވެ.