ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ އަރަބިޔާގެ ކޮންސިއުލޭޓުގެ ތެރޭގައި މަރާލި ސައުދީ އަށް އުފަން ނޫސްވެރިޔާ، ޖަމަލް ޚަޝޯޤީގެ ހަށިގަނޑުގެ ގުނަވަންތައް ވަކިކުރުމަށްފަހު، އެސިޑުގެ ތެރެއަށް ލައިފައިވާކަމަށް ބެލެވޭކަމަށް ތުރުކީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެޤައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ އެޑްވައިޒަރެއްކަމުގައިވާ ޔާސިން އަކުތޭ ވިދާޅުވެފައިވަނީ، ހަށިގަނޑުގެ އެއްވެސް ނިޝާނެއް ފެނިފައިވާ ނުވާއިރު އެންމެ ވުން ގާތްކަމަށް ބެލެވޭ ކަމަކީ މިއީކަމުގައެވެ. އެހެންނަމަވެސް، ޚަޝޯޤީގެ ހަށިގަނޑުގެ ބައިތައް، އެސިޑުގެ ތެރެއަށް ލައިފައިވާކަން ޔަޤީންކޮށްދޭ އެއްވެސް ފޮރެންސިކް ހެއްކެއް ފެނިފައިވާ ނުވާކަމަށް މައުލޫމާތު ލިބެއެވެ.

"އެމީހުން ޚަޝޯޤީގެ ހަށިގަނޑު ބުރިބުރި ކުރި ހަމައެކަނި ސަބަބަކީ އެސިޑުގެ ތެރެއަށް ލައި ނައްތާލަން ފަސޭހަކުރުމަށް." ތުރުކީގައި ނެރެމުންދާ ހުއްރިއްޔަތު ނޫހަކަށް މައުލޫމާތު ދެމުން، އެޑްވައިޒަރު ޔާސިން ވިދާޅުވެފައިވެއެވެ.

ޚަޝޯޤީގެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރަމުންދާއިރު، މިއީ މީޑިޔާ އަށް ތިލަވެފައިވާ މި މައްސަލައިގެ އިތުރު ނަޒަރިއްޔާއެކެވެ. އެހެންކަމުން، މިކަންވެސް ތަހުގީގު ކުރަމުންދާކަމަށް ބެލެވެއެވެ.

ނޫސްވެރިޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ސައުދީގެ ޓީމުތަކުންވެސް ހަރަކާތްތެރިވަމުންދާއިރު، ޚަޝޯޤީ އަކީ ހައްދުފަހަނަ އަޅާފައިވާ ނުރައްކާތެރި މީހެއްކަމަށް، ސައުދީގެ ވަލީ އަޙުދު، މުޙައްމަދު ބިން ސަލްމާން ވިދާޅުވެފައިވާކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އެގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބި ދަރިފުޅު، ޖަރެޑް ކުޝްނާ އަދި ޓްރަމްޕްގެ ސެކިއުރިޓީ އެޑްވައިޒަރު، ޖޯން ބޮލްޓަންއާ ވަލީ އަޙުދު ވާހަކަ ދެއްކިއިރު، އެއީ މުސްލިމް ބްރަދަރހުޑް ޖަމާއަތުގެ މީހެއްކަމަށް ބުނެފައިވާކަމަށްވެއެވެ. ބްރަދަރހުޑް އަކީ ނިރުބަވެރިކަމަށް ކަނޑައަޅާފައިވާ ޖަމާއަތެކެވެ.

މި މައްސަލައިގައި ސައުދީގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވިފައިވީނަމަވެސް، ސައުދީ ޝާހީ އާއިލާއިން ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރަމުންދާކަމުގައެވެ.

ޚަޝޯޤީ އަށް އިންސާފު ހޯދައިދިނުމަށް، އެތައް ފަރާތަކުންދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރުޒާނާ ޗޮއްޕަޓު

  އެމީހާ މަރުވެފަވާނަމަ މި ދުނިޔެއިން އޭނައަށް އިންސާފު ހޯދައި ދެވޭތަ؟ އެމްޑީޕީ މީހުން ކަހަލަ ބައެއްް މިވެސް.

 2. އުރުދުޣާން

  މި ދުވަސްވަރު ދިވެހި ރާއްޖެ އައިސިއްޔާ އިންސާފު ލިބިދާނެ. މިހާރު މިތަނުން އިންސާފު ލިބެން އެބަހުރި.

 3. ޙިތަ

  އޭނައަށް އިންސާފު ހޯދައިދޭގޮތް ކަލެއަށް ނޭގެނީ

 4. ލޮލް

  މި ރާއްޖެ މީ ބޭކާރު ގައުމެއް! ހުރިހާ ވަޒީފާ ތަކުގަ ބޭރު މީހުން... ޟި ބަންގާޅީން ގެ ވަޒީފާ ގެ ކިއްލާ އެއް! ރިސޯޓް ތަކަުގަ ހުސް ބަންގާޅީން ވަޒީފާ ތަކުގަ!

 5. ފދފަސ

  ޚަޝޯޤީ މަރުގެ ތަހުގީގު ކަސޯޓީގެ ސިލްސިލާއެއްގޮތަށް ދެމިގެންގޮސް އެއްމެފަހުން ވާނުވާއެއް ނޭންގި ނިމޭނީހެން ހީވަނީ .... ބޮޑަށް ބެލެވޭ ގޮތުގައި އެމެރިކާގެ ސީއައިއޭ އާވެސް ސައުދީން ގުޅިގެން ކުރިކަމަކަށްވާނީ..