ދުނިޔޭގެ ކޮންމެވެސް ހިސާބަކަށް ގެއްލުން ބޮޑު ބިންހެލުމެއް އަތުވެދާނެ ކަމުގެ އިންޒާރު ދީފިއެވެ.
ސައިންސްވެރިން ލަފާކުރާގޮތުގައި މި ހަފްތާގައި ދުނިޔެއަށް ބިންހެލުމުގެ ނުރައްކާ ބޮޑުވެފައި ވަނީ، ދުނިޔެ ހިމެނޭ ސޫރުދަ (ސޯލާ ސިސްޓަމް) ނިޒާމުގައިވާ އެހެން ގުރަހަ (ޕްލެނެޓް)ތައް ދައުރުވުމުގައި ދުނިޔެއާއި ދިމާވެ މި ދުވަސްތަކުގައި އެއް ރޮނގަކަށް އަރާތީއެވެ.
މިގޮތުން ދައުރުވާ ވުމުގައި ދުނިޔޭގެ ބިމަށް ދަމާ ބާރަށް ބަދަލު އައުމުގެ ފުރުސަތު އޮތްއިރު އެފަދަ ހާލަތެއްގައި ބިމުގެ އަޑީގައިވާ ޕްލޭޓްތައް ތެޅި ބާރުގަދަ ބިންހެލުމެއް އައުމުގެ ފުރުސަތު ބޮޑުވާކަމަށް އެފަރާތްތަކުން ބުނެއެވެ.
ދިރާސާވެރިން ބުނެފައިވަނީ، ދުނިޔެއަށް ބިނެހެލުމެއް އަންނާނެ ވަގުތެއް ސީދާ ބުނަން އެނގޭ އެއްވެސް ގޮތެއް ނޯންނަ ނަމަވެސް، ކުރިޔަށް އޮތް ދެ ދުވަހަކީ ދުނިޔެއަށް ބޮޑު ބިންހެލުންތައް އައުމަށް މެދުވެރިވާ ބައެއް ކަހަލަ ކަންކަން ހިނގާނެ ދެ ދުވަސް ކަމަށެވެ. މިގޮތުން އަންނަ ބިންހެލުމެއްގެ ބާރު މެގްނިޓިއުޑް މިންގަނޑުން 7.0 ނުވަތަ 8.0 އަށްވުރެ މަތިވާނެ ކަމަށް އެފަރާތްތަކުން ލަފާކުރެއެވެ.
ކުރިޔަށް އޮތް ވަގުތުތަކުގައި ދުނިޔެއަށް ބާރުގަދަ ބިންހެލުންތަކެއް އަންނާނެ ކަމަށް ތަޖުރިބާކާރުން ބުނެފައިވާއިރު، މި ބިންހެލުން އަންނާނެ ކަމަށް އިންޒާރު ދީފައި މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ ބާރުގަދަ ބިންހެލުންތައް އާދަޔާއި ޚިލާފަށް އިތުރުވެފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.ފާއިތުވެދިޔަ އަހަރުތަކުގެ ރެކޯޑުތަކާއި މިއަހަރުގެ ރެކޯޑުތައް އަޅައިކިޔާލާއިރު އެކަން ސާފުވެގެންދެއެވެ.
އެއްވެސް އެއްޗެއް އެނގޭ ބައެއް ނޫން
މާތްﷲ އެފަދަ މުޞީބާތެއް އަޅަމެންނަށް ކުރިމަތި ކުކުރައްވައިފާނދޭވެ
ޢާމީން. ދުއާއަކީ މތްﷲއެފަދަ މުސީބާތަކުން މިދުނިޔޭގެ އެންމެހާ މީސްތަކުން ސަލާމަތްކުރައްވާ ރައްކުތެރިކުރެވުން. ނަމަވެސް ދުނިޔޭގެހާލތުމިދަނީ އެއްދުވަހުންއަނެއްދުހަވަހައް ބަދަލުވަމުން . ވަކިންޚާއްސަކޮށް ދުނިޔޭގެ ކަންކޮޅުތަކުގަ ނިކަމެތިހާލުގަ ދިރިއުޅެމުންދާމުސްލިމުން ނައްޢަިރުދީންތަކުގެ އެކިގައުމުތަކާ އަދިމުސްލިމުން މުސްލިމުންނާމެދުހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލްތައް ފާހަގަކޮށްލަންޖހޭ. ހަމައެއާއެކު މިކުޑކުޑަ ދިވެހިރާއްޖޭގެ ހާލަތުވެސް މިދަނީ ހިތާމަހުރި ދެރަކަންކަން އަމިއްލަމަސްލަހަތުއިސްކޮށް ހިންގާ ގަސްދުގަ ބޭރުގެޢައިރުދީންތަކުގެ އެކިއެކިފަރާތްތައްމެދުވެރިކުރުވާ މިރާއްޖޭގަ ދެކޮޅުވެރިކަމާނަފްރަތާ ހަސަދަ އުފައްދާ ރައްޔިތުންގެ މެދުގަބައިބައިވުން އފައްދަމުން. މިހާލަތުގަ ވީނަމަކިތަންމެބޭނުން ނުވީނަމަވެސް އިސްލާމީތާރީޚުން ލިބިދޭ ދަރުސްތަކުގެއަލީގައިނަމަ މުޅިއުންމަތްވެސްމިވަނީ މުސީބާތްތައްކުރިމަތިވެ އމުސީބާތުގެސަބަބުން އެއަށްތުރެ ބިރުވެރިނާމާން ދެވަނަމުސީބާތާއި ކުރިމަތިލާންޖެހޭހާލަތައް އިންސާނުންގެ އަމަލްތަކުން ކުރިމަތިވާހާލަތައް ގޮސްފާކަމާމެދު ޝައްކެއްނެތް. ވަﷲޢަޢްލަމް
މުސްލިމުންނާ މުސްލިމުން ތަޅާފޮޅާ ވަހަކަ ބުނާއިރު އެބަޖެހޭ އެނގެން ﷲގެ ޝަރީއާގެ މައްޗަށް ޑިމޮކްރަސީ އިސްކޮށް ދުނިޔޭގެ ބޮޑެތި ކާފަރުންގެ ރުހުން ހޯދައިގެން ޤައުމު ހިންގާ ބަޔަކަށް ނުކިޔޭނެ މުސްލިމުންނެކޭ ..އެފަދަ ބަޔެއް ޖެހޭނީ ވެރިކަމުން ދުރުކޮށް ހަމައެކަނި ﷲ ގެ ދީން ނަގަހައްޓާ ބަޔެއް ބައިތިއްބަން...އެކަން ކުރަން ތެދުވާ ބަޔަކާ ދިމާލަށް ނުބުނެވޭނެ އެއީ މުސްލިމުންނާ ދެކޮޅަށް ތެދުވިބަޔެކޭ... ޤައުމު ތެރޭ އެކަކު އަނެކަކަށް ވަޅިޖަހާ މަރާ ވާހަކަ ތިޔަބޭފުޅާ ތިބުނި ކަންތަކު ތެރެއަށް ވަންނާނީ.
ޙާމިދު ތަންކޮޅެއް ވިސްނައިގެން ކޮމެންޓް ކޮށްބަލަ. ޤުދުރަތީ ބޮޑު މުޞީބަތެއްގެ ވާހަކަ ސައްިންސް ވެރިން ބުނާބުނަކާ ދެކޮޅު ހެދޭހާ ހިތްވަރު ހާމިދުގެ ހުރިނަމަ އެކަން ދުނިޔެއަށް އަންގަދީފަ ދެންތިކިޔާ ވާހަކަތަށް ކިޔާދީބަލަ
ކުރަންހެޔޮވެސް ނުވާ ނެ މިކަހަލަ ދުޢާ??
އަޅަމެން އެފަދަ މުސީބާތްތަކުން ސަލާމަތް ކުރައްވާނދޭވެ.
އިރާދަ ކުރެއްވިޔާ މިހަފުތާގަ ނާންނާނެ ބިންހެލުމެއް
ހައްދަވާ ގެންގުޅުއްވަ އިލާހު. އަޅަމެންނަކީ އިނބް ސުވާމީންގެ ޙަޟްރަތުން ފިޔަވަ އެއްވެސް ފަރާތެއްގެ ރައްކަތެރިކަމެއް ނެތް ބަޔެކެވެ، ފަހެ ބިންހެލުމާއި، އަލިފާންފަރުބަދަގޮވުމާއި، ގަދަވަޔާއި ވިއްސާރައިގެ ޠޫފަންތަކާއި، ފެންބޮޑުވުމާއި ސުނާމީ އާއި ރާޅުބޮޑުވުމާއި އުދައެރުންފަދަ ހުރިހާ ބުރުވެރި ޙާދިސާތަކާއި ކާރިސާތަކުން މި ނިކަމެތި ދިވެހިރާއްޖޭގެ ހުރިހާ ރަށްތަކާއި ބިންތަކާއި، ކަނޑުތަކާއި އެތަންތަނުގައި ދިރިއުޅޭ ހުރިހާ ދިރުންތަކަކާއި ވަކިްނ ޚާއްޞަކޮށް އެތަންތާގައި ދިރިއުޅެމުންދާ އިންސާނުންނަށް ދާއިމީ ސަލާމަތްތެރިކަމަކާއި ރައްކަތެރިކަމެއް ދެއްވަވާދޭވެ. އާމީން