އިޓަލީގެ ވައިގެ ސަރަޙައްދުގައި ހިނގި އެކްސިޑެންޓެއްގައި ފްލައިޓެއް ވެއްޓިއްޖެއެވެ. މިކަން ހިނގާފައިވަނީ އެޤައުމުގެ ފަރުބަދަމަތީ ސަރަޙައްދެއްގައެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި އެކްސިޑެންޓްވީ ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓަކާއި، ހެލިކޮޕްޓަރެކެވެ.

މި ޙާދިސާގައި މިހާތަނަށް ހަ މީހަކު މަރުވެފައިވާކަމަށް ބެލެވޭކަމަށް މައުލޫމާތު ލިބެއެވެ.

އިޓާލިއަން އަލްޕްސް ސަރަޙައްދުގެ ވަލް ޑައޮސްޓާ ގައި މިކަން ހިނގާފައިވާއިރު މަތިންދާބޯޓާއި ހެލިކޮޕްޓަރު ޖެހިފައިވަނީ ބިމުން ފެށިގެން 10،000 ފޫޓު މަތީގައިކަމަށް ނޫސްތަކުން ބުނެއެވެ. އެހެންނަމަވެސް، ޖެހެން މެދުވެރިވި ސަބަބުން އަދި ނޭނގެއެވެ.

ކަމާ ބެހޭ ފަރާތްތަކުން ދަނީ މިހާރު މިކަމަށް އިޖާބަދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޭޓަރ

    އަހަރުންނަށް ކީތްތަ އިޓަލީ ބޯޓެއް ވެއްޓުނަސް... ކާފަރުން ގިނަވާނީ

    • ޫުުުުުުުުޔޔުު

      އެވެސް އިންސާނުން...?????